ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި 621 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ރޭ ކުރި އިއުލާނެއްގައިވާ ގޮތުން މި އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް އަތޮޅުތަކުގައި 321 ފޮށި ބަހައްޓާނެ އެވެ.
ވޯޓުފޮށި ބަހައްޓާ އިތުރު ތަންތަން:
- މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގެ މީހުން ވޯޓުލުމަށްޓަކައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި.
- ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ފޮށި، ރިސޯޓުތަކުގައި 50 ފޮށި.
- ރާއްޖެ އިން ބޭރުގައި ދެ ވޯޓުފޮށި (ސްރީ ލަންކާ، މެލޭޝިއާ)
އީސީން ބުނީ، މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.
ވޯޓު ދިނުމުގެ ހައްގު ލިބެނީ 294,937 މީހަކަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.