ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

އެ އޮފީސް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ޕީއެންސީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ. ނަމަވެސް މިހާރު އަލަށް ހުޅުވާފައި ވަނީ ހ. ވެޔޮވެލާ (އާޓިފިޝަލް ބީޗު ކުރިމަތީގަ) އެވެ.

ޕީއެނއްސީގެ އޮފީސް ރަސްމީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްުޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި ޕީޖީ ލީޑަރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މައުލުމާތުތަކަށް ބަލާއިރު މިވަގުތު މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުންގިނަ ޕާޓީ އަކީ ޕީއެންސީ އެވެ. އެގޮތުން އެ ޕާޓީގައި 74،048 މެންބަރުން ތިބި ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިބީ 43،784 މެމްބަރުންނެވެ.