ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ އާމްދަނީން ޓެކުހުގެ ގޮތުގައި ނުދައްކާ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާ އިން އާންމުކޮށްފި އެވެ.
މީރާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން އެ 25 ފަރާތުގެ ތެރޭގައި ބައެއް ކުންފުނިތަކާއި މީހުން ވެސް ހިމެނެ އެވެ.
މީރާއިން އާންމުކުރި ލިސްޓް: https://www.mira.gov.mv/extended/NonCompliers?act=3
އިންކަމް ޓެކްސް ނުދައްކާ ފަރާތްތައް:
- އަހުމަދު ލަސާން މުހައްމަދު (ނިއު ޒީލް، ގދ. ތިނަދޫ)
- އަލީ ޒާހިރު (ހ. އިރުވެލިގެ)
- އަމްލޮގް ޕްރައިވެޓް ލިމިޓެޑް
- އެޓޮއްލޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް
- ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް
- އީއާރުއައި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް
- އައިއެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
- އިބްރާހިމް ހަބީބް (ކުންނާރުގަސްދޮށުގެ، ނ. ހޮޅުދޫ)
- އައިއެމްޕީ ޕްރައިވެޓް ލިމިޓެޑް
- ޖޭ ބްރަދާސް ލިމިޓެޑް
- ޖާހު ޕްރައިވެޓް ލިމިޓެޑް
- ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް
- ކޭއެސްޖީ އޯވަސީސް
- މެޕްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެމްއެފް ޓްރޭޑިން ހައުސް ޕްރައިވެޓް ލިމިޓެޑް
- މުހައްމަދު ސަދާން ޖައުފަރު (ވަގުތު، ހދ. ކުޅުދުއްފުށި)
- އޮޕްޓިމާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
- ޕްރިސްވޯޓާ ޕްރައިވެޓް ލިމިޓެޑް
- ޝޮޓް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސިއެރާ ސްޓާ ޖޭވީ
- ޓިމްބާ ސްޓޯރު ޕްރައިވެޓް ލިމިޓެޑް
- ޔޯމަން އެޖެންސީސް މޯލްޑިވްސް
އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރީ، މީރާއިން ބުނި ގޮތުގައި ފޯނުން ގުޅައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދިނުމަށް ފަހު އެވެ.
ދައުލަތަށް ދައްކަން ޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތު ކުރުމެއް ނެތި އަޅަމުންދާނެ ކަމަށް މީރާއިން ބުންޏެވެ.
އެހެންކަމުން މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.