އެސެސް ފައުންޑޭޝަނުން "ގައިޑެޑް ކޮންވަޒޭޝަން" ގެ ނަމުގައި ޒުވާނުންނަށް އެކި ކަންކަމުގައި މަޝްވަރާކޮށް މަގު ދެއްކުމަށް މެންޓާޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ.
އެސެސް ފައުންޑޭޝަނުން ބުނީ އެއީ ޒުވާނުންނާއި ތަޖުރިބާކާރުން ގުޅުވައިދޭ ޕްރޮގްރާމެއް ކަމަށެވެ.
ތަޖުރިބާކާރުންގެ އަމިއްލަ ތަޖުރިބާ އާއި ކަންކަމުގައި ލިބުނު ފިލާވަޅުތައް ޒުވާނުންނަށް ކިޔައިދީ، މަގު ދެއްކުމަށް އެހީތެރިވެދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެެވެ.
ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކަތަކުން ޒުވާނުން ކުރިއަށް ދިއުމަށް ހިތްވަރު ލިބުމާއި އެ މީހުންނަށް ދާންވީ މަގުތައް އެނގުމުގެ އިތުރުން އަމިއްލަ މަގްސަދު ވެސް ދަސްވާނެ އެވެ.
ޒުވާނުންނަށް ގައިޑްކޮށްދޭ، މި ޕްރޮގްރާމުގައި އެކި ދާއިރާތަކުގެ ތަޖުރިބާ ހުރި 16 މެންޓާ އިން މައުލޫމާތު ދޭނެ އެވެ.
އެ ފައުންޑޭޝަނުން ބުނީ ވިޔަފާރި އާއި ހޮސްޕިޓަލިޓީ އާއި އޭވިއޭޝަން އާއި ކްރިއޭޓިވް އާޓްސް އާއި ޓެކްނޮލޮޖީ އަދި ވެލްނެސްގެ އިތުރުން ތިމާވެށީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ޒުވާނުންނަށް މަގު ދެއްކުމުގައި ބައިވެރިވާނެ ކަމަށެވެ.
މައުލޫމާތު ދެއްވާނެ ބޭފުޅުން:
- ޕްރޮފެސާ ހަސަން އުގައިލް - ވިޝުއަލް ކޮމްޕިއުޓާ އެންޑް އޭއައި
- އަހުމަދު އަފްއާލް - ހެލްތު، ވެލްނެސް އެންޑް ފިޓްނެސް
- މަރިޔަމް ވަހީދާ - ކްރިއޭޓިވް އާޓްސް އެންޑް މީޑިއާ
- މުހައްމަދު މުންތަސިރު (މުންކޮ) - ކްރިއޭޓިވް އާޓްސް އެންޑް މީޑިއާ
- ޝާހީނާ އަލީ - ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަނަމަންޓް
- އަހުމަދު ސިރާޖު - ފައިނޭންސް އެންޑް ގަވާނަންސް
- އިބްރާހިމް ޝިއުރީ - ޓޫރިޒަމް، ހޮސްޕިޓަލިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަން، ސްޕޯޓްސް އެންޑް ޕާފޯމަންސް ކެރިއާ
- މަރިޔަމް ޝަފިއްޔާ - ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ / ޕާސަނަލް ޑިވެލޮޕްމަންޓް އެންޑް ލީޑަޝިޕް
- އައިމިނަތު ހަމީދު - ކަލިނަރީ އާޓްސް
- ނާއިލް އަބްދުއް ރަހްމާން - ޓެކްނޮލޮޖީ އެންޑް ޑިޖިޓަލް ކެރިއާސް
- ރީޝާ އަބްދުލް މުންނިން - ވިމެން އިން އޭވިއޭޝަން
- އަމިނަތު ސޫޒަން - ޕާސަނަލް ޑިވެލޮޕްމަންޓް އެންޑް ލީޑާޝިޕް
- އަމިނަތު ޝިފާނާ - އިންޖީނިއަރިން އެންޑް ވިމެން އިން ކޮންސްޓްރަކްޝަން
- ރީމާ ރަޝީދު - ޕާސަނަލް ޑިވެލޮޕްމަންޓް އެންޑް ލީޑަޝިޕް
- މުހައްމަދު ޖައިލަމް - ޓެކްނޮލޮޖީ އެންޑް ޑިޖިޓަލް ކެރިއާސް
- މާއިދަތު ހަލީލް - ހެލްތު، ވެލްނެސް އެންޑް ފިޓްނަސް
އެސެސް ފައުންޑޭޝަނުން ބުނި ގޮތުގައި އެ އިން ކޮންމެ މެންޓާއަކީ ވެސް އެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ވަރުގަދަ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ވަގުތާއި އިލްމު ފޯރުކޮށްދީގެން އަންނަން އޮތް ޖީލަށް މަގު ދެއްކުމުގައި އެހީތެރިވާނެ ކަމަށް ބުންޏެވެ.
ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ އެމީހަކު ބޭނުން ދާއިރާއަކާއި މެންޓާއެއް އިހުތިޔާރުކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އަދި ވަން-އޮން-ވަން ސެޝަން ނެގުމުގެ ފުރުސަތު ވެސް ލިބެ އެވެ.
އެ ޕްރޮގްރާމަށް އެސެސް ފައުންޑޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.