އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ރާއްޖެއިން މިރޭ ގޮވާލައިފި އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން ހަމަލާދޭން ފެށީ އިޒްރޭލާއި މެދު އިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އެކަމާ ގުޅިގެން މެދު އިރުމަތީގެ ގައުމުތަކުގައި ބޮޑު ހަމަނުޖެހުމެއް ވަނީ އުފެދިފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ހުރިހާ ގައުމުތަކުގެ ހަމަލާތައް ހުއްޓާލަން ގޮވާލާ ކަމަށެވެ. އަދި ހުރިހާ ގައުމަކުން ވެސް ސުލްހަވެރިކަން އިސްކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ހުރިހާ ގައުމުތަކުން ވެސް އެހެން ގައުމުތަކުގެ މިނިވަން ކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުމަކީ ދުނިޔޭގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ގިނަ ގައުމުތަކުގެ ވައި ސަރަހައްދު ބަންދު ކުރުމުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ގިނަ ޓޫރިސްޓުންތަކެއް ވަނީ ތާށިވެފަ އެވެ. އަދި ރާއްޖެ އަންނަން ހުރި ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.