ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަންނަވަނީ. އޭނާ މަޖިލީހަށް ހާޒިރު ނުކުރި ސަބަބެއް ފުލުހުން ނުބުނޭ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 އެޕްރީލް 2017 - 12:18
ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި މިހާރު ހައްޔަރު ކޮށްފައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، މިއަދު އޮތް މަޖިލީހުގެ ޖަލްސާ އަށް ފުލުހުން ހާޒިރު ކޮށެއް ނުދިނެވެ.
ސަރުކާރާ ދެކޮޅު ހަރަކާތްތައް ލީޑް ކުރެއްވި ގާސިމް ހައްޔަރުކޮށް، މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ހަ ދުވަސް ޖެހީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރު ދޭ ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަން ގާސިމް ދޮގުކުރައްވަ އެވެ.
ފުލުހުން ބުނީ މަޖިލީހުގެ ޖަލްސާ އަށް ގާސިމް ހާޒިރު ނުކުރާނެ ކަމަށެވެ. ނަމަވެސް ގާސިމް މަޖިލީހަށް ހާޒިރު ކޮށްނުދޭން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަވާ މެމްބަރަކު މަޖިލީހަށް ހާޒިރުކޮށްދޭން ފުލުހުންނަށް ޖެހޭނެ އެވެ. އެކަމަކު ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެމްބަރަކަށް މަޖިލީހަށް ހާޒިރެއް ނުކުރެވޭނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރީ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު ހަނި ކުރުމަށްޓަކައި ގަވައިދަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރުކުރީ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން މިނިވަންކުރަން މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ "އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފފފ
10 April 2017
ދުވާލަކު ކިތައް ޤާނުނާ މިމީހުން ޚިލާފުވޭ؟ އަދި ޤާނޫނު އަސާސީއާ ޚިލާފާށް ކިތައް ކަންތައް ފާސްކުރޭ؟ އޭގެ އާރޓިކަލްއެއްވެސް ލިއެލަަބަލަ. ތާރީޚާށްޓަކާވެސް. ގައިމު ދަރިން ކިޔާނެތަ.
ހުސޭނުބެ
10 April 2017
މަޖްލިހުގެ އިމްތިޔާޒްގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ށ)، 11 ވަނަ މާއްދާގެ (ހ)، 13 ވަނަ މާއްދާގެ (ނ) އަދި 16 ވަނަ މާއްދާ ސްޕްރިމް ކޯޓުން ވަނީ ބާޠިލްކޮށްފަ!! އެހެންވީމަ މިމާއްދާތަކަށް ޢަމަލުކުރާކަށް ނުޖެހޭ!! މިހެންވުމާއެކު މަޖްލީހަށް ގާސިމް ހާޒިރުކުރަން ޖެހޭނެބާ؟
ހޭލާ
10 April 2017
ކޯޓް އަމުރެއްގެ ދަށުން ކަމަށްވެދާނެއެވެ. ހުރިހާއެއްޗެއް އެއްއަތުގައި އޮންނައިރު އެކަތި އަނެކެއްޗާ އޮންނާނީ އެކުވެފައެވެ. ގާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ކުރަން އޮއްވާ އެނޫން ގޮތަކަށް ކުރުމަކީ ގާނޫނީ ކުށަކަށް ނުވާނެއެވެ.
މޮހަން
10 April 2017
ގާސިމް މިއަދު ކުޑަގޮޅިއަށްލީމަވެސް އޭނަގެ ހަރަދުގައި ކެމްޕޭންކޮށްކޮށް މަޖިލިހަށް ހޮވުނު މެންބަރުންވެސް ލަދުގެ ކަންފުޅެއްވެސް ނެތީމަ ވަރަށް ދެރަވޭ ،
ހަނީރު
10 April 2017
ގާނޫން ނަގަހައްޓާ ދަމަހައްޓަން މިއަދު ތިބި ފުލުހުން މިއަދުމިދަނީ ގާނޫނާ ހިލާފުވަމުން، ކުޑަމިނުން ގާސިމް ހާޒިރުނުކޮށްދިން ސަބަބުވެސް ބުނާކަށްނުކެރުނު، ގާނޫނާ ގަވާއިދުގެ ހަމައެއްނެތީމަ ބުނާނެ އެއްޗެއްނެތިގެން ނުބުނީ، ކިހާރީތި މަންޒަރެއް ރައްޔިތުންނަށް ފެނިގެން މިދަނީ
ޤާނޫނު
10 April 2017
ދެން ފުލުހުން ޤާނޫނީ އިމުގެ ތެރޭން އެއްވުން ބާއްވަން ގޮވާލީމާ ރައްޔިތުން އެއަށް ޢަމަލު ކުރަންޖެހޭނެތަ؟ ދެން ފުލުހުން ވެސް ޤާނޫނުގެ ވާހަކަ ނުދެއްކެވުން ރަނގަޅުވާނެ.
ވަރަށް ދެރަވޭ
10 April 2017
މައަދު ޤާނޫނެއް ނެތް ޤަވާޢިދެއްނެތް. ބާރުހުރި މީހާ ބޭނުންކަމެއް ކުރުމަކީ އެއީ ޤާނޫނު އެއީ ޤަވާޢިދު. މާތްﷲ އާއި ވަކީލް.
ހަސަނު
10 April 2017
ކީއްކުރަންހޭ ކުރަނީ. ބޮޑުލާރިދީފައި މެމްބަރުން ގަނެ ވޯޓަށް މީނަ ބޭޏުންގޮތަކަށް ނުފޫޒު ފޯރުވަންޏާ މިރާއްޖޭގައި އޮންނާނީ ކޮން ޑިމޮކްރަސީ އެއް ހެއްޔެވެ. މީނަ އެބަޖެހޭ ޗަމްޕާމެން ޔުިނވާސަލޭމެންހެން އުޅެން ދަންނަން.