ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މޫސާ ރަމީޒު މިއަދު އަވަހާރަވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ހާއްސަކޮށް، ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިއްމު ހިދުމަތްތަކެއް ކުރެއްވި ރަމީޒު އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. 

އޭނާ ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވައިފަ އެވެ. 

ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ރަމީޒު ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްކަން އޭނާ ކުރެއްވި އެވެ.