ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ.
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ދައުލަތުގެ ބައެއް އެހެން އިސްވެރިންނެވެ.
އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސައި ދިނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދަތުރުފުޅަކީ މިދިޔަ ފެބްރުއަރީ މަހު ހަމަޖައްސަވާފައިވާ އޮތް ދަތުރުފުޅެކެވެ.
ރައީސްގެ ދެ ކަނބަލުން އުމްރާގެ އަޅުކަމުގެ އިތުރުން ހައްޖުގެ އަޅުކަން ވެސް އަދާކުރައްވާފައިވެ އެވެ.