ހުޅުމާލެ ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތައް:

  • ހިޔާ ޓަވަރު 5، 6، އަދި 7
  • ވިނަރެސްގެ 10 ޓަވަރު
  • އަމާން ދޯދި 12، 13، 14، 15، އަދި 16
  • އަމާން އުދަރެސް 5، އަދި 6
  • އެމްޕީއެލް ޓަވަރުތައް

މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ. 

އެމްޕީއެލްއިން ފަހުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.