އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ
12 އެޕްރީލް 2017 - 13:23
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ އޭނާއަށް ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، މިދިއަ ބުރާސްފަތިދުވަހުން ފެށިގެން، ހުންނަވަނީ ދޫނިދޫ ޖަލުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ދިން ހަ ދުވަސް މިއަދު ހަމަވާނެ އެވެ.
"ގާސިމް އަކީ ކުރީގެ މިނިސްޓަރެއް، މަޖިލިސް މެމްބަރެއް އަދި ގިނަ ބަޔަކަށް ވަޒީފާ ދޭ ދީލަތި ބޭފުޅެއް. އޭނާ ބަންދުކުރުމަކީ ނުހައްގުން ދޭ އަނިޔާއެއް،" އެއީ، ލަދުވެތިކަމެއްކަން ސިފަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ގާސިމަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.
އޭނާގެ މައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޖަލުގައި ގާސިމް އިންނެވި ތަނުން ވައި ދައުރު ނުވުމާއި އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ މައްސަލަ އިދިކޮޅު ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޕު
12 April 2017
އަނހާތަކުރާ! އެވޫކެހެނަކުން. "ގާސިމް އަކީ ކުރީގެ މިނިސްޓަރެއް، މަޖިލިސް މެމްބަރެއް އަދި ގިނަ ބަޔަކަށް ވަޒީފާ ދޭ ދީލަތި ބޭފުޅެއް. އޭނާ ބަންދުކުރުމަކީ ނުހައްގުން ދޭ އަނިޔާއެއް،" ނަޝީދުގެ ވެރިކަމުގައި ގާސިމު ހައްޔަރުކުރިއިރު މިއިން ކަމެއް ގާސިމުގެ ނެތީތާ.
ރަދީފް
12 April 2017
ސިޔާސީ ބޭނުމަށް މަހުޖަނުން ހައްޔަރުކުރުން އެއީ ދުނިޔޭގަ ވަރަށް ގިނައިން ހިނގާކަމެއް.މިކަމުގެ އެންމެ ފުރިހަ މިސާލެއް ފަހުގެ ތާރީހެއްގަ ފެނިގެންދިޔައީ ރަޝިޔާއިން.ރަޝިޔާގެ މަހުޖަނު މީކާއިލް ހޮދޮކޯވްސްކީ ޔޫކޯސްގެ ޓެކްސް އަދި އެހެނިހެންކަންތައްތަކުގަ މަކަރުހެދި ކަމުގެ ތުހުމަތުގަ ހައްޔަރު ކޮށް އެތައްދުވަހެއްވަންދެން ޖަލުގެ ތޭރިތަކުގެފުރަގަހުގަ ބެހެއްޓި. ނަމަވެސް މިވަގުތުވަނީ ޖަލުން ސަލާމަތްވެފަ.ދިރިއުޅެމުންދަނީ ސްވިޒަލޭންޑްގަ. ގާސިމްވެސް ސަލާމަތްވާނެ.އިންޝާﷲ
އާދިލް
12 April 2017
ނަޝީދުގެ ވެރިކަމުގައި އޭނާ ބަންދުކޮށްގެން ގެންގުޅުން އެއީ ދެއްވި ހަދިޔާއެއް އަދި ލައްޒަތެއް ދެއްތޯ؟ އެނުވާނެ ތޯ އަނިޔާއަކަށް؟
ކީއްވެތޭ
12 April 2017
ގާސިމް ބަންދު ކުރުމަކީ ދޭ އަނިޔާއެއް ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ އޭނާގެ ޕާރޓީ އާއި އަދި ގާސިމްގެ ޕާރޓީ ވެގެން ރާއްޖެ އަށް އަންނަން އޮތް ސައުދީ އިންވެސްޓްމަންޓް އަށް ހުރަސް އަޅާ އަދި ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވަން އޮތް ފުރަމާނަ ޒިޔާރަތަށް ހުރަސް އަޅާ މިކަން ކުރުމުން ރާއްޖެ އަށް ގެއްލިގެން ދިޔަ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއީ ކިހާ ބޮޑު ގެއްލުމެއް ނޫންތޭ. އެވާހަކަ ނުދައްކަނީ އެއީ ކީއްވެގެންތޭ ކެނެރީގެ ނަޝީދު.
ދެކުނުތަރި
12 April 2017
ތަރައްޤީ އަކީ ވައްކަން ކުރުމެއް ނޫން. ރައްޔިތުންނަށް އެއްވެސް އެއްޗެއް ނާންގާ އަޑިއަޑިން ހަދާ ޑީލްތަކަކީ ވައްކަންކުރުން. ތަރައްޤީ އަށް މަރުޙަބާ ނުކިޔާނެ އެއްވެސް ރައްޔިތެއް ނުހުންނާނެ. ސައުދީއަށް މިލްކުވަގޮތަށް ތަންތަން ވިއްކުމަކީ ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން އެއްވެސް ޙާލެއްގަ ރުހެވޭނެ ކަމެއްނޫން. އެމްޑީޕީ ސަރުކާރުގަ އެއާރޕޯރޓް ހިންގަން ބޭރުބަޔަކާ ޙަވާލުކުރި ކުރުންވެސް އަޅުގަނޑު ބަލައެއް ނުގަނަން. ސަރުކާރުން ވައްކަން ނުކުރާނަމަ ރައްޔިތުންނަށް ދެފުއް ފެންނަގޮތަށް ތިކިޔާ ސައުދީ ޑީލްވެސް ކުރިޔަށް ގެންދިޔައީސް.