މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަންކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޝަމްހޫޒާ އަހުމަދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ޝަމްހޫޒާ ވަކިކުރިކަން އިއުލާނުކުރި ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ނުބުނެ އެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ކަމަށް ޝަމްހޫޒާ އައްޔަންކުރީ 2024، ޖެނުއަރީ 16، ގަ އެވެ.

ޝަމްހޫޒާ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ މާލޭ ސިޓީކައުންސިލްގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގަ އެވެ.  ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ވެސް އޭގެ ކުރިން އޭނާ އަދާކުރެއްވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ލީޑަޝިޕަށް ސަރުކާރުން މި ފަހުން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އެގޮތުން އާ ބޭފުޅުން އައްޔަންކުރި އެވެ.