ސަރުކާރު ކުޑަކޮށް، ގާބިލުކަން އިތުރުކުރަން މަދުކުރެއްވީ ހަަމަ އެކަނި މިނިސްޓަރުން ނޫން ކަމަށާއި މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން ވެސް މަދުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ގެ ނަމުގައި ޕީއެސްއެމް އިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ ކެބިނެޓް ކުރިއަށް ވުރެ ކުޑަކޮށް، ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން ސަރުކާރުގެ "އެފިޝަންސީ މަތިކުރެވިއްޖެ ކަމަށާއި ކެބިނެޓަށް ގެންނެވި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތާނގައި އެކަން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަމަ އެކަނި މިނިސްޓަރުން މަދުކުރީކީ ނޫން. ހަަމަ އެއާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ޕްރޮސެސް ވެސް އެބަ ހިނގާ ހަމަ. އޭގައި އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓް ހަދާ މިހާރު ނިންމަނީ، ޕާފޯމެންސް ބޭސްކޮށް މީހުން މަދުކުރުމަށް ޓަކައި، ކޮބައިތޯ ކޮންތާކުން ކިތައް މީހުންތޯ ވަކިކުރެވޭނީ، ނޫނީވިއްޔާ ދޫކޮށްލެވޭނީ [ބެލުން]، އެބައި އެބަ ނިމޭ މިހާރު. ނިމުނީމާ އަަޅުގަނޑު ހަމަ އެ[ކަން] ތަންފީޒުކުރާނަން،" ރައީސް ވިދާޅުވި އެވެ.
ކެބިނެޓް ކުޑަކުރުމުން ސަރުކާރުގެ އެފިޝަންސީ އިތުރުވި ކަމުގެ މިސާލެއްގެ ގޮތުގައި ރައިީސް ދެއްކެވީ ބޭރުގައި ކިޔަވަން ތިބޭ ކުދިން އެދޭ ކަންތައްތައް ނިންމަން މީގެ ކުރިން އެވްރެޖްކޮށް ހަތަރު ހަފުތާ ހޭދަވަމުން ދިޔަ އިރު މިހާރު އެކަން ހަތަރު ދުވަހަށް ކުޑަކުރެވިފައި ވުމެވެ. އެމަނިކުފާނު ވިދާޅުވީ ބޭރުގައި ކިޔަަވަން ތިބޭ ކުދިންނާ ގުޅޭ ވަރަށް ގިނަ ކަންތައްތައް މިހާރު ވަރަށް ބޮޑުތަނުން ރަނގަޅުކުރެވިފައިވާ ކަމަށެވެ.
"މިގޮތަށް ގޮސް ވަރަށް ގިނަ ކަންކަން އެބަ ރަނގަޅުކުރެވޭ އެއްކޮށްލެވުނު މިނިސްޓްރީތަކުގެ ތެރެއިން، ނޫނިއްޔާ ބަދަލުތައް ގެނެވުނު މިނިސްޓްރީތަކުގެ ތެރޭގައި ކުރިއަށް ވުރެ އެތައް ކަމެއް މިހާރު ހިދުަތް ރަނގަޅުކުރެވެމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
އެއީ، ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެެހެން ނަމަވެސް 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓްގައި މިހާރު ތިއްބެވީ 15 ބޭފުޅުންނެ