މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި މެންދުރު އެކެއް ޖެހުމާ ހަމައަށް 33 ޕަސެންޓު މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ވަގުތާ ހަމައަށް 1،334 މީހުން ވޯޓުލާފައިވާ ކަމަށެވެ.

މެންދުރު އެކެއް ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 665 އަންހެނުންނާއި 679 ފިރިހެނުންނެވެ.

އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް މާލެ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަކަށް ވޯޓުލާން ބަޔަކު މަޑުކޮށްލައިގެން---ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް މާލެ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަކަށް ވޯޓުލާން ބަޔަކު މަޑުކޮށްލައިގެން---ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި އެ ސްކޫލްގައި ބަހައްޓާފައި ވެ އެވެ. މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލަމުން ގެންދަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ. 

ލޯނެއްގެ މައްސަލާގައި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، ބާއްވާ އެ ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.