މާލޭގެ ފުރުގާން މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މާލޭގެ މިސްކިތްތައް ބަލަހައްޓައި މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުރްގާން މިސްކިތުގެ ކުޑަދޮރަކަށް ރޭގެ ވަގުތެއްގައި ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޕޯސްޓާ އެކު ކައުންސިލުން ހިއްސާކުރި ފޮޓޯތަކުގައި ފެންނަނީ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ކުޑަދޮރެއްގެ އަތްގަނޑު ވެސް ނައްޓާލާފައިވާ މަންޒަރެވެ.
ފުލުހުން ބުނީ ފުރުގާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލަފައިވާ މައްސަލަ ރޭ 4:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.