ސޮފްވާން: އޭނާއަކީ މައުމޫން ޕާސަނަލް އެސިސްޓެންޓެއް --ފޮޓޯ/ޕޮލިސް
19 އެޕްރީލް 2017 - 17:17
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
ސޮފްވާން ހޯދުމަށް، ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން އެދުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދަން ފުލުހުން ކުރި އިއުލާނަކަށް ފަހު އެވެ. އެކަމަކު ފުލުހުން ބަލަނީ އޭނާއާ ގުޅޭ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސޮފްވާންގެ ޕާސްޕޯޓް ކެންސަލްކޮށް، އޭނާ ހޯދުމުގައި އެހީތެރިވުމަށް، އިންޓަޕޯލްގެ އެހީ އަށް އެދިފައިވާ ކަމަށެވެ.
ފުލުހުން ހޯދަން ބޭނުންވާ މީހަކު ހޯދުމުގައި އިންޓަޕޯލުން އެހީތެރިވާ ނަމަ އެ މީހެއްގެ ފޮޓޯ އާއި މައުލޫމާތާ އެކު އިންޓަޕޯލުން ރެޑް ނޯޓިސް ނެރޭނެ އެވެ. އޭރުން އެ މީހަކު ހޯދުމުގައި އިންޓަޕޯލްގެ މެމްބަރު ހުރިހާ ގައުމަކުން އެހީތެެރިވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
20 April 2017
އަހަރެންހަމަ ހައިރާންވޭ. އޭނާއާމެދު ބުނަންނުކެރޭފަދަ ތުހުމަތެއްކޮށް އޭނާއަށް ދިވެހި ޤާނޫނު އަސާސީން ލިބިދީފައިވާ ދަތުތުފަތުރު ކުރުމުގެ ޙައްޤު ނިއުޅައިގަނެފައިވާތީ. ހެޔޮނުވާނެ ފުލުހުންވެސް ތިޔަށްވުރެ ޒިންމާދާރު ހާމަކަން ބޮޑުކޮށް ތަޙްޤީޤުކުރެވޭ ބަޔަކަށްވާންޖެހޭ.
އަލީ ރާޖާ
20 April 2017
ބަލަގަ މައުމޫނުގެ ސެކެއްޓްރީ އަބަދުވެސް ހުންނާނީ މައުމޫނު ހުންނަތަނެއްގަ، މައުމޫނު ކައިރީ، އިންޓަޕޯލަށް ނުފޮނުވިޔަސް ތުއްތު ދޮންބެއާ ގުޅާލި ނަމަ ތިކަން ހަމަޖެހުނީސް. އ.ހ
މރ. ހަދާނެއް ނުނެތޭ.
20 April 2017
މިސަރުކާރުން އިންޓަރޕޯލްގެ އެހީތެރިކަމަށް އެދިގެން ކިހާވަރެއްގެ އެހީތެރިކަމެއް ލިބިއްޖެބާ! އެވެރިންނަށްވެސް އިނގޭ މިސަރުކާރަކީ ކޮންޒާތެއްގެ ސަރުކާރެއްކަން، އެވެރިން ކަހާތަން ހިރުވާވެސް ނުލާނެ، އިންޓަރޕޯލްގެ އެހީތެރިކަމަށް އެދިގެން ވާމައްޗަށް މޫނުލައިގެން ތިބޭ އެމީހުން ސޮފްވާން ހޯދައިގެން ގެނޭތޯ ބަލަން.
ރަދީފް
20 April 2017
އިންޓަޕޯލުން ހޯދަންބޭނުންވާ ވަރަށް ނުރައްކަތެރި މީހުން އެބަތިބި.ކުރީގެ ރައިސްގެ ފްރެންޑެއްވީމަ ތިމަންނާމެން ސޮފްވާން ހޯދަނީއޭ ބުނީމަ އިންޓަޕޮލްވެސް ހެވޭނެދޯ.
މަންސޫރު
20 April 2017
ކޮން އިރަކުން ރިލްވާން ހޯދަން އުޅޭނީ؟
މޮގްލީ
19 April 2017
ދެކުނިން ތިބުނާ ޕޯލް އެއްގެ ވެބްސައިޓްގައި ރެޑްނޯޓިސް ޖަހާފައިވާތީ، އަދީބު ގެ ކުދިން ކޮޅުތެރޭގައިހިމެނުނު، އޮއިއްޓޭ، މޮހޯމެން ފަދަ މީހުން. އެކަމަކު މިހާރަކު ނެތް އެ ލިސްޓަކު. އަނެއްކާ އެމީހުން ހިފާ ހައްޔަރު ކުރެވުނީތޯ؟... ތަންކޮޅެެއް އެނގޭ ކުއްޖަކު މިކަން މީ ކިހިނެތް ހިނގާ ކަމެއްކަން ސާފުކޮށްދީބަލަ.
ރެޑޭ
19 April 2017
ކަލޭމެނާ ހެދި މިހާރު އިންޓަޕޯލް ކުރިމަތީ ދިވެހިރާއްޖޭގެ އަގުވެސް ވެއްޓިއްޖެ!
ރަދީފް
19 April 2017
ތިޔައީ ވުމަށްވުރެނުވުން ކައިރިކަމެއް.އިންޑިޔާގެ ކިންގްފިޝަރ އެއަލައިންސްގެ އޯނަރ ވިޖޭ މައްލާ ލަންޑަނުގަ އުޅެމުންދަނިކޮށް ލަންޑަނުގެ ފުލުހުން އެވަނީ ހައްޔަރުކޮށްފަ.އިންޑިޔާއިން ކެނޑިނޭޅި އެދެމުންދަނީ އޭނަ ހައްޔަރުކޮށް އިންޑިޔާއަށް ފޮނުވުމަށް.މައްލާ އެކި ފަރާތްތަކަށް ދައްކަންޖެހޭ 800 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތް.މިހާލަތުގަ ނޫންގޮތަކަށް ވަރަށް ދަތިވާނެ ތިޔަހެން އުޅޭ ފުޖިޓިވްސް އަތުލައިގަންނަން.ވ.ވެދުން
ޢަނީ
19 April 2017
މިއަދު މިސަރުކާރުގެ އެދުމަކަށް ކިރިޔާވެސް ބަލާލާނީ މިދުނިޔޭގެ ދެގައުމު މިހެނުބނީމަ އެނގޭނެ ދިވެހިންނަށް އެދެގައުމު ވެސް.
އާރިފް
19 April 2017
އަދީބު މަންސަލާގަވެސް އިންޓަރފޯލް ރެޑްނޯޓިސް ނެރުނި ބަޔަކު ހޯދަށް. އަދިވެސް އެބުނާ ބަޔަކު ހޯދާއިގެން ގެނެވިއްޖެ ތޯ?
ކޮލޮމްބޯ
19 April 2017
އިންޓަޕޯލަކުން ކަލޭމެން ޖަހާހާ ބެރަކަށް ނުނަށާނެއެވެ. މިހާރުވެސް ތިޔަ ތަނަށް ޑަޒަނެއްހާ މީހުން ހޯދަން އެދެފިއެވެ. އެދޭމީހެއް ވިއްޔާ އެމީހުން އެދެނީ އެމީހަކަށް ހިމާޔަތެވެ.