ރާއްޖެއަށް ވަގަަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އަތުލައިގެންފި އެވެ.
ސޯޝަލް މީިޑިއާގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް އަތުލައިގެންގައިވާ ކަމަށާއި އެ ބޯޓް މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ބޯޓް އަތުލައިގަތީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލްމޭލު ބޭރުގައި މަސްވެރިކަން ކުރަނިކޮށް ކަމަށާއި އޭގައި ހަ މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަތުލައިގަތީ ކޮންގައުމެއްގެ ބޯޓެއްކަން އަދި ހާމައެއް ނުކުރެ އެވެ.