އަންނަ ހަފުތާގައި ޕްރިމިއާކުރާ ފިލްމް "އިލް ނޮއިސް" ގެ ކުޑަވަރެއްގެ ސެޓެއް ލެކިއުޓް ފިހާރައިގައި އެބަހުއްޓެވެ. އެތަން ބަލައިލަން ދާ ނަމަ ފޮޓޯއެއް ނަގައި އިންސްޓަގްރާމް ކޮށްލާށެވެ. ނަސީބު ހުރިއްޔާ، "އިލް ނޮއިސް"ގެ ޕްރިމިއާ ޝޯއިން ދެ ޓިކެޓް ލިބިދާނެ އެވެ.
ސެޓްގައި މަޑުކޮށްލާފައި، ފޮޓޯއެއް ނަގައި އެ ފޮޓޯ އިންސްޓަގްރާމް ކުރަންޖެހޭނީ lecuteXillnoise ހޭޝްޓެގްގަ އެވެ.
"އިލް ނޮއިސް" ގެ ޓީމުން ބުނީ އެންމެ ރަނގަޅު ފޮޓޯއަކަށް ހޮވޭ ފޮޓޯ އިންސްޓަގްރާމް ކުރި މީހަކަށް ޕްރިމިއާ ޝޯ އިން ދެ ޓިކެޓް ދޭނެ ކަމަށެވެ. އެ ފޮޓޯއެއް ހޮވާނީ ފިލްމް ޕްރިމިއާ ކުރުމުގެ އެއް ދުވަސް ކުރިން، މި މަހުގެ 26 ގަ އެވެ.
ޝްވެކް ސިނަމާގައި "އިލް ނޮއިސް" ދައްކަން ފަށާނީ މި މަހުގެ 27 ގަ އެވެ. ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.
ފިލްމުގެ ލެކިއުޓް ސެޓްގައި ނަގާ ފޮޓޯ އިސްޓަގްރާމްކޮށްގެން ޓިކެޓް ލިބޭ މީހަކަށް ލެކިއުޓުން ވެސް ހާއްސަ ހަދިޔާއެއް ދޭނެ އެވެ.
މީގެ އިިތުރުން ވެސް "އިލް ނޮއިސް" ގެ ތެރެއިން ބެލުންތެރިންނަށް އިތުރު ހަދިޔާތަކެއް ހޯދެން އެބަ އޮތެވެ. އެއީ ފިލްމުގެ ޕޯސްޓަރު ފޭސްބުކް ޕޭޖްގައި ޝެއާކޮށްލައިގެން ލ. އަތޮޅުގެ ގެސްޓް ހައުސްއަކުން ދެ މީހަކަށް ހަތަރު ދުވަހުގެ ޗުއްޓީ ދަތުރެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ މޯލްޑިވިއަންގެ ދެކޮޅު ޓިކެޓާ ވެސް އެކުގަ އެވެ.
"އިލް ނޮއިސް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.
އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި ޝަމްއަތު އިބްރާހީމްގެ އިތުރުން އަހުމަދު އަލަމް އެވެ.