ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުން އާންމުންނަށް ދޭ މައިގަނޑު ހިދުމަތްތައް އިންޓަގްރޭޓެޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް ދިނުމަށްޓަކައި "ސަރުކާރުގެ ހިދުމަތުގެ މަރުކަޒު" ގެ ނަމުގައި 18 ތަނެއް މިއަދު އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ މަރުކަޒުތައް އުފެއްދީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ އިދާރާތައް ހޯމް މިނިސްޓްރީގެ ދަށުން ހިންގާށެވެ.

ސަރުކާރުގެ ހިދުމަތުގެ މަރުކަޒުތައް އުފެއްދި އަތޮޅުތައް:

  1. ހއ. އަތޮޅު
  2. ހދ. އަތޮޅު
  3. ށ. އަތޮޅު
  4. ނ. އަތޮޅު
  5. ރ. އަތޮޅު
  6. ބ. އަތޮޅު
  7. ޅ. އަތޮޅު
  8. ކ. އަތޮޅު
  9. އއ. އަތޮޅު
  10. އދ. އަތޮޅު
  11. ވ. އަތޮޅު
  12. މ. އަތޮޅު
  13. ފ. އަތޮޅު
  14. ދ. އަތޮޅު
  15. ތ. އަތޮޅު
  16. ލ. އަތޮޅު
  17. ގއ. އަތޮޅު
  18. ގދ. އަތޮޅު

"ސަރުކާރުގެ ހިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 65 ވަނަ މާއްދާގެ (ށ)ގެ 1 ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.