އާއިލާއަށް ވީތަނެއް ނޭނގި، ގެއްލިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މާލެއިން ގެއްލިގެން ހޯދަނީ ހއ. ދިއްދޫ، އާދަމް އިކްރާމް 32، އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާ އަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ. އޭނާ ހޯދައިދޭން އެދި އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެއްވެސް މީހަކަށް އޭނާއާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9790085 އަށް ހިއްސާކޮށްދޭން ފުލުހުން އެދެ އެވެ.
މިފަދަ ކަންކަމުގައި އާންމުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.