ޕާސްޕޯޓު ނިމިފައިވާކަން އެންގުމުން އަވަހަށް އެ ނެގުމަށް އިމިގްރޭޝަނުން މިއަދު އެދިއްޖެ އެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޕާސްޕޯޓު ނިމުމަށްފަހު ވެސް ބައެއް މީހުން ޕާސްޕޯޓާ ހަވާލުނުވެ، ގިނަ ދުވަސްވާ ކަމަށެވެ. 

އެކަމަކު، ޕްރިންޓުކޮށް ނިމިފައިވާ ޕާސްޕޯޓުތައް ބެހެއްޓޭނީ ގިނަވެގެން ހަ މަސް ދުވަހަށް ކަމަށާއި އެ މުއްދަތަށް ފަހު ހަވާލުނުވެ ހުރި ޕާސްޕޯޓުތައް ނައްތާލާނެ ކަމަށް ބުންޏެވެ. 

"ޕާސްޕޯޓު ނިމިފައިވާ ކަމަށް މި އިދާރާއިން އެންގުމުން ވީހާ ވެސް އަވަހަކަށް ޕާސްޕޯޓާ ހަވާލުވެލެއްވުމަށް ދަންނަވަން،" ޕޯސްޓުގައިވެ އެވެ. 

ޕާސްޕޯޓު އަވަހަށް ނަގަން އިމިގްރޭޝަނުން އެދުނުއިރު، މި ފަހުން ޕާސްޕޯޓު ބުކްލެޓު ނުލިބުމުގެ މައްސަލަ ވެސް ފެންމަތިވި އެވެ.

އިމިގްރޭޝަނުން ކުރިން ބުނީ ޕާސްޕޯޓް ބުކްލެޓް ފޮނުވަން ކަނޑައެޅި ތާރީހަށް ނުލިބުނީ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ޕްރިންޓްހައުސް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އެހެންވެ، ރާއްޖޭގައި ހުރި ބުކްލެޓްތަކުގެ ސްޓޮކް އެއްކޮށް ހުސްވިޔަ ނުދީ، އީ-ޕާސްޕޯޓު ހެއްދީ ހާއްސަ ހާލަތްތަކުގަ އެވެ.