ޚަބަރު / މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ރާއްޖޭގައި 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުން ޖެހޭ ބަލިތަކުން: މިނިސްޓަރު

އީ-ސިނގިރެޓް: މިއަދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަސް. -- ފޮޓޯ: އޭޕީ

ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުންގެ ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން މިނިސްޓަރު ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު ހަތް މިލިއަން މީހުން މަރުވާ ކަމަށެވެ. އަދި ރާއްޖެ އަށް 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް ބުންޏެވެ.

މިނިސްޓަރުގެ ހިތޯބުގައި، ބޭކާރު ގޮތުގައި ފައިސާ ހޭދަކޮށް، ދިގު މުއްދަތަކަށް މަސައްކަތް ނުކޮށް ތިބެން ޖެހުމުން އަމިއްލަ ނަފުސާއި އާއިލާގެ ކުރިއެރުމާއި ތަރައްގީ އަށް ހުއްޓުން އަރާކަން ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ދުންފަތުގެ ބާވަތްތައް އުފައްދާ ގައުމެއް ނޫން ނަމަވެސް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިން ބޮޑު ނަފާއެއް މަދު ވިޔަފާރިތަކަކަށް ލިބެމުންދާކަމަށް ވިދާޅުވި އެވެ.

"އެހެން އެންމެންނަށް އެކަމުން ލިބެމުންދަނީ ނުހަނު ބޮޑު ގެއްލުން. ވީމާ، އަޅުގަނޑުމެން މިކަމާ ވަރަށް ހޭލުންތެރިވެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ އާއި ދުންފަތް ކޮންޓްރޯލް ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،" ހިތޯބުގައި ވިދާޅުވެފައި ވެ އެވެ.

ދުންފަތުގެ ޝިކާރައަކަށްވެ އަދި އެ އަމަލު ކުރުމުގައި ދެމިހުރެ މި ހުރިހާ ގެއްލުމެއް ލިބުމަކީ، އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި އެ ގެއްލުން ތިމާގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ވެސް ލިބިގެންވާ ހައްގެއް ނޫން ކަން ފާހަގަކުރެއްވި އެވެ.

"ހޯދާ ލިބިގަންނަންވީ ހައްގަކީ ދުންފަތުގެ ވަބާއިން ތިމާއާ އާއިލާ އާއި ގައުމު ސަލާމަތްވެ އޮތުމުގެ ހައްގު. މިއީ އަޅުގަނޑުމެން ވަކި ފަރުދެއްގެ ހައިސިއްޔަތުން އަދި ގައުމެއްގެ ފެންވަރުގައި ވެސް ފިކުރުކުރަންޖެހޭ މުހިއްމުކަން،"

މިނިސްޓަރު ވިދާޅުވީ ދުންފަތަށް ދެވި ހިފާފައިވާ ފަރާތްތައް އެކަމުން ސަލާމަތްކުރުމަށްޓަކައި ދޭންޖެހޭ ފަރުވާ މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަމަޖެހިފައި ކަމަށެެވެ. އަދި ދުންފަތަކީ ފަސޭހަ އިން ލިބެން ހުންނަ އެއްޗަކަށް ވިޔަނުދިނުމަށާއި އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ ކުދިން އިތުރުވާ ނިސްބަތް މަދުކުރުމަށްޓަކައި، ދުންފަތުން ނެގޭ ޓެކްސް އިތުރުކޮށް އަގުތައް ބޮޑުކޮށްފައިވާކަން ހިތޯބުގައި ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތް ވޯނިން މެސެޖުތައް ވަރަށް އަަވަހަށް ތައާރަފްކުރާނެ ކަމަށެވެ. މީގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ވޭޕިން ފަދަ ތަކެތި ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

25 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 11%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

13 June 2017

ތިކަން މިނިސްޓަރަށާއި ސަރުކާރަށް އެގޭއިރު ދުންފަތް ހުއްޓުވުމަށް ކުރީ ކޮންކަމެއްތަ...ގާނުނެއް ހަދައިގެން އިންޒާރުގެ ބޯޑުޖަހައިގެން ހުއްޓުވޭނެ ކަމެއްނަމަ އޮންނާނީ ހުއްޓިފަ....ޖުރިމާނާ 500ރ އެކަމަކު އެކަން ތަންފީޒުކުރާނެ ބައެއް މިގައުމަކު ނެތް...ބޯޑު ދަށުގަ ތިބެގެންވެސް ސިގިރެޓް ބޯއިރު މިގައުމުގަ ތިބޭ ފުލުހުންނަށްވެސް އެމަންޒަރު ފެނޭ....އަޅާލާނެ މީހަކުނެތް.....ސަރުކާރުގެ ދޯދިޔާކަން....

The name is already taken The name is available. Register?

އަލީ

01 June 2017

ތިޔަ ވިދާޅުވި ތަފާސްހިސާބު ހޯއްދެވި ގޮތެއް ވަރަށް ބަލާލަން ބޭނުން. ތިޔަ ވިދާޅުވަނީ މަރުވާ މީހުންގެ %80 ކޮންމެވެސް ޒަމާނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ ވާހަކަތޯ؟

The name is already taken The name is available. Register?

ހާމީދު

01 June 2017

އިލެކްޓްރޯނިކް ސީޝާ އަކީ އަދި މިހާރު ވަކިން ގޯސްކަމެއް. އޭގެން ސިއްތައް ގެއްލުން ނުވާނެކަމަށް ހީކޮށް، އަންހެން ކުދިންނާއި ފިރިހެން ކުދިން ގިނަ ޢަދަދަކަށް އެ ބޭނުން ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ސިގިރެޓަށް ދޯޅުވެ، ސިނގިރޭޓު ބުއިމަށް އާދަ ހިފޭ، އަދި ސިނގިރޭޓް މަތިން އަބަދުވެސް ހަނދާން ކޮށްދޭ. އެއްވެސް އެއްޝެއް މާގިނައިން ބޭނުން ކުރުމުން ސިއްހަތައްވެސް އަސަރުކުރާ ފަދައިން މީގެންވެސް ސިއްހަތައް ދިގުމުއްދަތުގައި ބޮޑެތި ގެއްލުންތައް ވާނެކަމަށް ދިރާސާތަކުން ދައްކާ....!

The name is already taken The name is available. Register?

ކްރިޓިކަލް

31 May 2017

ޢިތުރުފުޅެއް

The name is already taken The name is available. Register?

Maldives

31 May 2017

ސިގިރޭޓަށްވުރެން ޝީޝާ ބުޔުމުން ލިބޭ ގެއްލުން މާ ބޮޑު - ދިރާސާ

The name is already taken The name is available. Register?

ޢަލީ

31 May 2017

ސިގިރޭޓް ބޮޔަސް ނުބޮޔަސް މިހާރު ގިނަ މީހުން މަރުވާނި ހާޓް އެޓޭކް ޖެހިގެން. ކަރަންޓް ބިލް ބަލާލިޔަސް ހާޓް އެޓޭކް ޖެހޭނެ.

The name is already taken The name is available. Register?

ދޮގުދޯ

31 May 2017

ހަމަ ކަޑައެޅިގެން ދޮގެއް. 80% މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން މަރެއް ނުވާނެ. މުޅި އާބާދީ ދުނަފަތް ބުޔަސް 80% އަކައް ނާރާނެ.

The name is already taken The name is available. Register?

ކައްކަކާ

31 May 2017

މަރުވާ މީހުންގެ 80 ޕަސެންޓް ދުންފަތުގެއިސްތިއުމާލު ކުރާ ވާހަކައެބުނީ. އެމީހުންނަށް ވާހަކަވާހަަކަ ބުނެވޭނީ އެކަހަލަ ގޮތަކަށް. އޮޅުވާލުން ހިމެނެން ޖެހޭނެ އެއްބައިގައި.

The name is already taken The name is available. Register?

ނަންނުކަތި

31 May 2017

ކަރަޕްޝަނާ ޚިޔާނާތާއި ފަސާދައަށް ދެވި ހިފާފައިވާ ފަރާތްތައް އެކަމުން ސަލާމަތްކުރުމަށްޓަކައި ދޭންޖެހޭ ފަރުވާ ތިޔަށްވުރެ މި ޤައުމަށް މުހިންމެއް ނޫންތަ ؟އެ ފަރުވާ ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަމަޖެހިފައި ހުރިނަމަ މިޤައުމަށް މާ ފައިދާ ބޮޑުވީސް ތޯއްޗެ.

The name is already taken The name is available. Register?

ތަފާސް ހިސާބު

31 May 2017

ހަމަ ހުރެލާފަ މޮޅު އެެއްޗެއް ވިދާޅުލީދޯ؟ ކޮން އިރަކު ކޮން ބަޔަކު ކުރި ދިރާސާއެއްގެ މައްޗަށްތޯ ތިވަރުގެ ބޮޑު ސްޓޭޓްމަންޓެއް ތިދެއްވީ؟ ފުރަތަމަ ކަމަކަށް ރާއްޖޭގެ އާބާދީގެ %80 ދުންފަތުގެ އިސްތިއުމާލު ކުރާކަމާ މެދުވެސް ޝައްކު! ދުންފަތުގެ އިސްތިއުމާލަކީ ޔަގީނުން ވެސް ރާއްޖޭގެ ވަރަށް ގިނަ ބަޔެއްގެ ސިއްހަތަށް ހުރި ނުރައްކަލެއް. އެކަމަކު ތަފާސް ހިސާބު ވިދާޅުވާ އިރު ބުއްދިއަށް ގަބޫލު ކުރެވޭނެ ވަރުގެ ތެދު މައުލޫމާތު ދެއްވުން ވަރަށް މުހިއްމު. ރަމަޡާން މުބާރިކް.

The name is already taken The name is available. Register?

ޖިމް

31 May 2017

ދުންފަތުގެ އިސްތިއުމާލް ކުރުމަށް ތާޢީދެއް ނުކުރަން. ޢެކަމަކު 81 ޕަސެންޓް މަރުވަނީ މިކަމުންނޭ ބުނީމަ އަންނަނީ ހިނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454