ރައީސް މައުމޫން ސިންގަޕޫރުގައި ޓެކްސީއަކަށް އަރާވަޑައިގަންނަވަނީ.
31 މެއި 2017 - 17:33
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރުގައި ޓެކްސީއަކަށް އަރާވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ބައެއް މީހުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުކޮށްފި އެވެ.
މައުމޫންގެ އަރިހުގައި ސެކިއުރިޓިއެއް ވެސް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ރައީސްކަމުގެ މަގާމު ފުރުއްވި ބޭފުޅަކާ މެދު ސަރުކާރުން ފަރުވާކުޑަކޮށްފައިވާކަމުގެ ހެއްކެއް ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.
މައުމޫން މިވަގުތު ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އަންހެން ކޮއްކޯފުޅެއްގެ ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ.
ޓެކްސީ އަށް މައުމޫން އަރުއްވާ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި އެ ފޮޓޯ އިން ދައްކައިދެނީ "ރައީސް ޔާމީން ރާއްޖޭގެ ގައުމިއްޔަތުގެ ރޫހު ވީރާނާކޮށްލާފައިވާ" ކަމެވެ.
އޭނާ އެގޮތަށް ވިދާޅުވުމުގެ ސަބަބެއް ކަމަށް ލިއުއްވާފައި ވަނީ ސިންގަޕޫރުގައި ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ އެމްބަސީއެއް ހުރެފައި އެތަނުގައި ކާރު ވެސް އޮންނަ އިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު އެގޮތަށް އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ހިޔާލުތަފާތުވުން އުފެދި، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތެރެއިން ރައީސް މައުމޫނަށް ދޭ ފައިސާގެ އިނާޔަތުން ބޮޑު ބައެއް އުނިކޮށް އަދި އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ ވެސް ވަނީ ދަށްކޮށްފަ އެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީ ފޮނުވުން އެމްއެންޑީއެފް ހުއްޓާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމީދު
01 June 2017
ދުނުޔެ ދައްކާ މިސާލު، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުވެސް ވިސްނާލުން މުހިއްމު!!
ރައްޒާޤް
01 June 2017
އަނިޔާ، ހުރިހާގޮތަކުންވެސް އަނިޔާ! ވަރަށް ސަލާމް! ސަރުކާރު.
މުހަންމަދު
01 June 2017
މިދަތުރަކީ ސިޔާސީކޮންމެމީހަކަށްވެސް ޖެހިދާނެދަތުރެއްކަން ސިޔާސީވުމުގެކުރީގަ ދެނެގަނެވޭނީ، ވަރަށްވެސް މަދު ބަޔަކަށެވެ. އެކަމަކު މިއީ ޙަޤީޤަތެކެވެ. މިއީ އޭގެ ލާމަސީލު މިސާލެކެވެ. އެކަމަކު މިއިންދައްކައިދެނީ ރައީސް މައުމޫނުގެ ކެތްތެރިކަމާއި، އެވަޤުތެއްގެ ނިޢުމަތަށް ޝުކުރުކުރުއްވަވާކަމުގެ ދަލީލެކޭވެސް ބުނެވިދާނެއެވެ. އަދުގެޙާލަތު ޤަބޫލުނުކުރުއްވަވާ، ހުންނަވާ ހޮޓަލުގެކާރެއް ނުވަތަ އެއަށްވުރެ އަގުބޮޑު ޚިދުމަތެއް ބޭނުންކުރުއްވަވަން އެދިވަޑައިގަތްނަމަ، އެވަރު ކުރެވޭވަރު އެމަނިކުފާނުކިބައިގަ ހުންނާނެއެވެ. އެކަމަކު މިހިރަދައްކަވަނީ ވަރަށްވެސް ހީނުކުރާ ރިވެތި މިސާލުކަމުގަ ދިވެއްސެއްގެ ޙައިޞިއްޔަތުން ޤަބޫލުކުރަމެވެ! ރައީސް ނަޝީދު ވިދާޅުވާފަދައިން، ރައީސް މައުމޫނަށް މިއަދަށްވުރެ ބާއްޖަވެރި މާދަމައަކަށް އެދެމުން ކެތްތެރިކަމުގެ ތިފިލާވަޅަށް ޝުކުރު ދަންނަވަމެވެ. ހަމަގައިމުވެސް ރައީސް ނަޝީދުގެ ވެރިކަމުގައިނަމަ، ރައީސް މައުމޫނަށް މިލަދުވެތިކަމާއި ދަތިކަމުގައި ނުޖެއްސެވީސްކަން ކަށަވަރެވެ!
ހާމަ333
01 June 2017
ހުރޭ..މިހާރު އެހެރަ މީހާ ފޭބިދުވަހަކުން އަހަރުމެން ފޮނުވާނީ އިންޑިއާ ކުރޮޅިގަނޑަކަށް ލާފައި...އޭރުން އިހުސާސްވާނެ ކުރީގެ ރައީސުންގެ އިނާޔަތްތައް މަޖިލީހާއި ގުޅިގެން ހަނިކުރިކުރުމަކީ ތިމަންނައަށް ހެދުނު މޮޔަކަމެކޭ...
ކޮސް
01 June 2017
ކުރީގެ ރައީސުން ގެ އިނާޔަތަކީ ދައުލަތުން ދޭ އެއްޗެއް.
އުމަރު
01 June 2017
މައުމޫނު ޓެކްސީއެއްގައި ދަތުރުކުރަން ޖެހުނީ މައުމޫނުގެ ފަހު އަހަރުގައި މައުމޫނު ހެއްދެވި ޤާނޫނު އަސާސީއެއްގެ ސަބަބުން، އެޤާނޫނު އަސާސީން މައުމޫނު އެއިރު ބޭނުންވީ ހުރިހަައި ބާރުތަކެއް މައުމޫނުއަށް ލިބޭގޮތަށް ޤާނޫނު އަސާސީފާސްކުރަން އެހެންވެ އަންނަ ކޮންމެ ރައީސަކުވެސް އެއިރު މައުމޫނު ދިން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރަނީ، ގިނަފަހަރު އާއިލާގެ މީހުން މާއިހާނެތިކޮށް ކަންތަށް ކުރާނީ، އެހެންވެ ތިޔަމަންޒަރު ފެންނަނީ، އަދިވެސް ކުރިއަށް އޮތީ ތިޔަފަދަ މަންޒަރުތަކެއް
ރައްޔިތުމީހާ
01 June 2017
ރާއްޖޭގެ ސަރުކާރާ އިދިކޮޅުހަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމުގެމަސައްކަތުގައި އަވަދިނެތި މައުމޫން އުޅުއްވަމުން ގެންދަވާއިރު ސަރުކާރުން ފައިސާއާއި ވަސީލަތްތަކާއި އަދި ސެކިއުރިޓީ ފަހިކޮށްދީފައި އޮންންންޖެހޭތޯއެވެ؟
ހާމަ333
01 June 2017
މިގައުމަށް ޑިމޮކްރަސީ ގެނައީ ތިކަހަލަ ފިކުރު ނައްތާލަން...މިނިވަންކަމާއެކީ ސިޔާސީގޮތުން އެމީހަކު ބޭނުން ކޮޅަކަށް ހިޔާލު ފާޅުކުރުމަކީ ކުރީގެ ރައީސަކުވިއަސް އެބޭފުޅަކަށް ލިބިދޭ ހައްގެއް....ނުޖެހޭ ކޮންމެހެން ޔާމީނަށް ތާއިދުކުރާކަށް ...އާސަންދަދޭ ރައްޔިތުންވެސް ކަނޑައަޅާނީ ތިހެންވެއްޖިއްޔާ ތިބީދައިން ދެއްތޯ
އލހ
01 June 2017
އިދިކޮޅު ސިޔާސީ ހަރަކާތަކީ ގާނޫނުއަސާސީން ބާރުލިބިގެން ސިޔާސީ ޕާޓީތަކުން ކުރަންޖެހޭކަމެއް. ވާދަވެރި ސިޔާސީ ޕާޓީތަކަށް ފައިސާދެނީ އެއިރެއްގަ ހުންނަ ވެރިއެއްގެ ޖީބަކުންނޫން... އެއީ ދައުލަތުގެ ފައިސާ. ގާނޫނުއަސާސީގަ ކުރީގެ ރައީސުންނަށް ކަށަވަރުކޮށްދީފައިވާ ޢިނާޔަތްތަކާ ޙިމާޔަތް ދޭންޖެހޭނެ.
ބާބީ
01 June 2017
ބުރޯ އަދި ވެސް ސަރުކާރާ ދައުލަތުގެ މާނަ ނޭނގޭތަ؟ މިހާރު ލައްކަ ދުވަސް ވެއްޖެ ދޯ އެއީ ދޭއްޗެއް ކަން ގިނަ މީހުންނަށް އެނގުނުތާ ވެސް. ގައިމު ޖެހިގެން މިހަރަ ގޭ މަރިޔަން ދައްތަ އަށް ވެސް އެނގޭ އެކަން މިހާރު
ހހހ
01 June 2017
ބަލަ ރައްޔިތު މީހާ އެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ލާޒިމު ކުރަނީ ގާނޫނީ ގޮތުން ދައުލަތުގެ މައްޗަށެވެ . ސަރުކާރަކީ ދައުލަތެެއް ނޫނެވެ. ދައުލަތުގެ ތެރޭގައި ހިނގާ ކޮންމެ ކަމަކަށް ބަސްބުނުމުގެ ހައްގު ލިބެނީ ތިކަހަލަ ބީތާއިން ދިނީމައެއް ނޫނެވެ.
ބަކުރު
02 June 2017
ސަރުކާރު ފައިސާއޭ؟ ހަމަހޭގަތަ.؟
ރައްޔިތެއްގެ އަޑު
01 June 2017
މީ އެއްބަޑު ބޭބޭ ފުޅާމެދު ކަންތައް ކުރައްވަމުން ގެންދަވާ ގޮތް. ދެން ނިކަން ވިސްނާލާ ރައްޔިތުންނާއި މެދު އަމަލުކުރާނެ ގޮތް. އާސަންދަވެސް ކަނޑާލީ ރައްޔިތުން އިތުރަށް ބިކަހާލުގައި ޖައްސާ ނިކަމެތިކުރަން. އެހެންދެވަނަ ކަމަކު ނޫން. މިހިރީ ވާ ހޮވިފަ ރައީސެއް!!!!!!
ގަބަޅޭ
01 June 2017
މިއިން އެނގެނީ ހަމަހަމަ ކަމާ އިންސާފު ގޯސްވެއްޖެއްޔާ ބޭބެއެއް ކާފައެއް ނޯންނާނެކަން
އޮބްޒާވަރ
01 June 2017
ކާކު ދެކުނީ މައުމޫނު ޓެކްސީއެއްގަ އިންދާ؟. ބަޔަކު އަރަން ޓެކްސީއެއްގެ ދޮރު ހުޅުވުމަކީ އެމީހެއްގެ އިއްޒަތުން ނަފްސަށް ދެރަވާ ކަމެއްތަ؟ ތިޔަ ފޮޓޯއިން ނުފެނޭ މަޢުމޫނު ޓެކްސީއެއްގަ އިންނަ މަންޒަރެއް. އަދި ޓެކްސީއަކަށް އެރިޔަސް އެއީ އެބޭފުޅާގެ އަމިއްލަ ކަމެއް. ފައިސާ ނެތިގެނެއްނޫން އެހެން އެ ހައްދަވަނީ. ރައްޔިތުންގެ ރައުސުލްމާލުން މިހާރުވެސް އެބޭފުޅާއަށް ޚަރަދުކުރޭ.
ބީތާ
01 June 2017
ދައްކަވަން ހުރި ތަނެއް ދައްކަވާނެ، މިހާރުގެ ވެރިންވެސް ބޮޑާ ނުވެ މިކަމުން ޢިބްރަތް ހޯދުން ރަގަޅު