ހުޅުމާލޭގެ ގުދަނެއްގައި ރޯވެ، ތިން މީހަކު ފިހި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހުޅުމާލޭގެ ދަމާސްގެ ގުދަނެއްގައި ރޯވެ ފަސް މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ދަމާސްގެ ގުދަނެއްގައި ރޯވުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނީ ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށާއި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ފަސް މީހަކަށް އެތަނުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.