ގާސިމް އިއްޔެ އައިޖީއެމްއެޗަށް ގެންދަނީ: ގާސިމަށް ބޭރުން ލިބެންޖެހޭ ފަރުވާތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ކޯޓުގެ ހުކުމުގައިވޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
25 އޯގަސްޓް 2017 - 22:06
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ޓަކައި ފުރިހަމަ ކުރަން ބޭނުންވާ ލިޔުންތައް ކަރެކްޝަންސްއާ ހަވާލު ކޮށްފި ކަމަށް ގާސިމްގެ ފަރާތުން މިރޭ ބުނެފި އެވެ.
ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ގާސިމަށް ކޯޓުން ރޭ ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ކުރިޔަސް ރާއްޖެެއިން ބޭރުން ގާސިމަށް ދޭންޖެހޭ ފަރުވާތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ކޯޓުގެ ހުކުމުގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެން ކަމަށާއި އެކަމަކު އައިޖީއެމްއެޗްގައި ހުންނަނީ ހިތުގެ ޚާއްސަ އެންމެ ޑޮކްޓަރެއް ކަމަށެވެ. އަލީ ޝަފީގް ފިޔަވައި، ހިތުގެ އިތުރު ޑޮކްޓަރެއް ނެތުމުން އިތުރު ޑޮކްޓަރެއް ނެތް ކަމުގެ ލިޔުމެއް ކަރެކްޝަންސް އިން ބޭނުންވާތީ އެ ލިޔުންތައް ވެސް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އައިޖީއެމްއެޗްގައި ހިތުގެ ޚާއްސަ ޑޮކްޓަރަކަށް މި ހުންނަވަނީ އަލީ ޝަފީގް އެކަނި. ދެން ކަރެކްޝަންސް އިން ވިދާޅުވީ ހިތުގެ އިތުރު ޑޮކްޓަރަކު ނެތްކަމުގެ ލިޔުމެއް ގެނެސްދޭށޭ. އެހެންވެ އަޅުގަނޑުމެން އެ ލިޔުންތައް ވެސް މިހާރު ފޯރުކޮށްދީފައިވާނީ. ކަރެކްޝަންސް އިން ގޮތެއް ނިންމަންދެން މަޑުކޮށްގެން މިތިބީ،" ސަމީރު ވިދާޅުވި އެވެ.
ކަރެކްޝަންސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ގެންދެވޭނީ ވަކި އިޖްރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށާއި ގާސިމް ބޭރަށް ފޮނުވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ދަންނަވާކަށް ނޭނގެ ބޭރަށް ފޮނުވޭނެ ދުވަހެއް،" ލުގުމާން ވިދާޅުވި އެވެ.
ގާސިމްގެ ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދަން އަވަހަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރު އަލީ ޝަފީގް އިއްޔެ ލަފާ ދެއްވާފައިވާއިރު އެކަން މިހާތަނަށް ނުކުރެވި އޮތީ ގާސިމްގެ މައްސަލަ ކޯޓުގައި އޮތުމުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެވެ. އެކަމަކު ރޭ ކުރި ހުކުމަށް ފަހު، ގާސިމްގެ ޕާސްޕޯޓް ދޫކޮށްލަން އިމިގްރޭޝަނަށް ކޯޓުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރިހާ
26 August 2017
ހުރިހާ ކުއްވެރިންނަށް މިސަރުކާރުން ހަމަހަމަވާނެ ގާސިމުވެސް މިސަރުކާރުން ނުފަޮނުވާނެކަމަށް އުންމީދުުކުރަން މިއޮށް ހުރިހާދުވަހު ޕާސްޕޯޓް ހިފަހައްޓައިދިނީ ކޯޓުން ކުއްސާބިތުކުރަން ހެކިބަސްދިނީ ފުުލުހުން ޕީޖީއަށް ގައިމު އެލިޔެކިއުންތައް ހިފެހެއްޓޭނެނުން މިސަރުކާުން ހަމަހަމަކަމާއެކު ކަންކުރައްވާ ނޫނީ ވޯޓެއް ނުލިބިދާނެ
ޖުމާ
26 August 2017
އަޅެއެހެން ނުހަދާ ގާސިމުދޫނުކުރޭ އެއީ ނުހަނު ބޮޑު ރިޝްވަތެއް ދިންކަމުގެ ކުށް ރޭގަނޑު ދަންވަރު ކޯޓުހުޅުވައިގެން ގައިރު ހާޒިރުގައި ހުކުންކޮށްފައިވާ މީހެއް އަޅެ ކޯޓުންވެސް އޭނާ ޕާސްޕޯޓް މިއޮއް ހުރިހާދުވަހު ހިފަހައްޓައިދިނީ ދެންވެސް އެލިޔެކިއުންތައްވެސް މިސަރުކާރަށް ހިފެހެއްޓޭނެކަން ޔަގީން
އުލިގަމު
26 August 2017
މިކަހަލަ ބޮޑެތި ކުއްވެރިން ހެޔޮނުވާނެދޯ ދޫކޮށްލަން ރައީސޫ މިއޮއްހުރިހާ ދުވަހު ޕާސްޕޯޓް ކޯޓުން ހިފަހައްޓައިދިނީވެސް ގައިމު ކަމެއްވެގެންނެއްނުން ދޯ ފުލުހުންނަށް ގޮވާލަން ކޮންމެވެސް ހެކިބަހެއްދީގެން އެލިޔެކިއުންތައް ހިފަހައްޓައިދިނުމަށް
އެޅޭ
26 August 2017
އަނެއްކާ ތިޔަ ލިއުންތައް ހަވާލުކުރަންވެސް ފުލުސްކުދިން ހެކިބަސްދޭން ޖެހުނުތަ އަޅެ ކޮންމެވެސް މީހަކު ބަލާލަދީބަލަ
އުލާ
26 August 2017
މިފަދަ ބޮޑުކުށެއްކޮށްގެން ބޮޑުކޮށް ރިޝްވަތު ދިންކަމަށް ސާބިތުވެގެން ހުކުންކުރުމުން މިކަހަލަ ބޮޑެތި ކުއްވެރިން ދޫކޮށްގެން ނުވާނެކަމަށް ދަންނަވަން މިއޮއް ހުރިހާދުވަހު ސަރުކާރުން އެދިގެން ޕާސްޕޯޓުވެސް ހިފެހެއްޓިގޮތަށް ތިޔަ ލިޔެކިއުންތައްވެސް މިސަރުކާރުން ހަމަ އެދޭއިރަށް ކޯޓުން ހިފަހައްޓައިދޭނެ އެހެންވީމާ މިސަރުކާރުން ގާނޫނު ނެގެހެއްޓުމާ ހިފެހެއްޓުމަށް ޓަކައި ގާސިމު ޖަލަށް ގެންދަވާ
ގޮޅާ
26 August 2017
ކުއްވެރިން ޖެހޭނީ ޖަލަށްލާން ގާނޫނު ތަންފީޒުކުރަންޖެހޭ ޕާސްޕޯޓްވެސް ހިފަހައްޓާފަ އޮތީ ކޯޓުން ދެން ޖަލަށް ގެންދޭ އޭރުން ރަނގަޅު މާބޮޑަށްވެސް ރަނގަޅު
ޖަމީ
26 August 2017
މީހެއްގެ މަރަކީ ސަރުކާރަކާ ބެހޭކަމެއްނޫނެއްނުން ދޯ ކޯޓުން އެއޮތީ ހުކުމްކޮށްފަ މިހާދުވަހު ޕާސްޕޯޓްވެސް ހިފަހައްޓައިދިނީ ކޯޓުން ދެން ހުކުން ތަންފިޒުކުރަން ޖެހޭނީ ޖަލަށްލާން ބޭރަށް ފޮނުވާކަށް ކޮންމެހެން ނުޖެހޭނެދޯ ކުއްވެރިން ތިބެންޖެހޭނީ ޖަލުގައި މީ އަހަރެމެންގެ އޯސަމް ސަރުކާރެއްނުން ދޯ
ޖުހާ
26 August 2017
ލިއުންތައް ދޭނެކަމެއްނެތް ކުއްވެރިން ތިބެންޖެހޭނީ ޖަލުގައި ހޮސްޕިޓަލުގައި އޮތަސް ޖަލަށްބަދަލުކުރޭ ގާނޫނު އެންމެންނަށް ހިނގަންޖެހޭ މިސަރުކާރުން އެކަން ކުރާނެ
އަދި
26 August 2017
އަދި ތަންކޮޅެއްއަވަސް ބޭނުންވާވަރަށް ހުކުންތައް ކޮށްލެވުނީމާ މިހާރު ދެން ވަރަށް އުފާވާނެ އަދި އަމުދުން ރާއްޖެއިން ބޭރަށް ފޮނުވާނެކަމެއްނެތެއްނުން ރާއްޖެއިންވެސް ތިކަން ކުރެވޭނެ ކުއްވެރިން ތިބެންވާނީ ޖަލުގައި
ތެޔޮވަޅު
26 August 2017
ކަރުބުޑަށް އަތްބާނާ ކުޑަދު ބުރިކޮށްލުމަށްފަހު ބޭސްކޮށްދެނީ ދެއްތޯ ހާދަ ހެޔޮފުޅޭ