ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތުގައި ގާސިމް ވެއްޓިވަޑައިގަތުމުން އޭނާ ހޮސްޕިޓަލަށް ގެންދަނީ.
26 އޯގަސްޓް 2017 - 21:27
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާ ނުނިމެނީސް މާމިގިލި ދާއިރާގެ ބައި އިލެކްޝަން ނުބޭއްވުމަށް އޭނާގެ ވަކީލުން ގޮވާލައިފި އެވެ.
ގާސިމްގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރިނަމަވެސް މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ގާސިމަށް ކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާއި ކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް ޣައިރު ހާޒިރުގައި ޝަރީއަތްކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށްވާތީ، އެ ހުކުމް އިސްތިއުނާފްކުރަން ގާސިމް ނިންމަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރި ނަމަވެސް އިސްތިއުނާފްކުރުމުގެ ހައްގު އޮތްހާ ހިނދަކު އެ މެމްބަރަކު ތަމްސީލްކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމުން މެމްބަރުކަމުގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑަނާޅާ ހިނދަކު އެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާސިމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ އެ ހުކުމް އިސްތިއުނާފްކުރަން ނިންމާފައިވާތީ އެކަން މަޖިލީހުގެ އިދާރާއަށާއި އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
28 August 2017
ވ ވެދުން. ބައި އެއްނޫން ޓްރައި އިލެކްޝަންސް ވެސް ބާއްވަންނީ. ވައިނޮޅި ފިއްތާ ދަތިތައް ވެސް އަވަހައް އެރަށައް ފޮނުވައްޗޭ!
1234
27 August 2017
ބައިއިލެކްޝަން ބޭއްވިޔަސް ޕޕމ އަކަށް ވޯޓެއް ނުދޭނަން.
މާމިގިލީ.. ހަސަނު
27 August 2017
ތިޔަ ޕީ ޕީ އެމް ގެ މީހަކު އަހަރެމެން ގާތައް ވޯޓެއް ހޯދަން މަގޭ ގެޔައް ވަދެއްޖެ ނަމަ ޤާސިމައް ތިދިން އަނިޔާ އަށް ވުރެ ބޮޑު އަނިޔާ ދޭނަން ހަނދާން ކުރާތި
ބްރާނތި
27 August 2017
ތިޔަފަދަ އަނިޔާ ގާސިމަށް ކޮށްފައި މަމެން ކައިރިއަށް ވޯޓް ހޯދަން ޕީޕީ އަތުވެއްޖެއްޔާ ވަރަށް ބޮޑަށް ލަދުގަންނަވާލާނަން! ދެން ދުވަހަކުވެސް ތިމީހުން ވޯޓްހޯދަން ނާންނަވަރު ވޯޓުން ދަށްކާލާނަން!
އަލްޖިބްރާ
27 August 2017
ކިތަންމެ ވަރަކަށް ތެޅުނަސް ، ބައި އިލެކްޝަނެއް ނޫން ޓްރިޕަލް އިލެކްޝަނެއް ބޭއްވިއަސް ، ވޯޓެއް ލައިފިތަ ، މިސަރުކާރަކަށް ކާމިޔާބެއް ނުކުރެވޭނެ !
އަތްފުނާ
26 August 2017
އަދި ބައި އިލެކްށަން ބޭއްވިޔަސް މި ސަރުކާރަކަށް އެ ދާއިރާ ކަމިޔާބެއްނުވާނެ.