ތަރައްގީކުރުމަށްޓަކައި ބަންދު ކޮށްފައިވާ ކުޑަކުދިންގެ ބަގީޗާ މިއަދު ހަވީރު ހުޅުވަން ނިންމައިފި އެވެ.

ކުޑަކުދިންގެ ބަގީޗާގެ މަސައްކަތް ކުރަމުން އަންނަ އެމްއެންޑީއެފުން ބުނީ އެތަން މިއަދު ހަވީރު ހުޅުވަނީ ނުރަސްމީކޮށް ކަމަށެވެ. އެ ތަނުގެ މަސައްކަތްތައް އަދިވެސް ކުރާތީ އެތަން ހުޅުވިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމާ އެކު ރަސްމީކޮށް އެތަން ހުޅުވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު ރަސްމީކޮށް ހުޅުވޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންގެ ބަގީޗާ
ކުޑަކުދިންގެ ބަގީޗާ

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުޑަކުދިންގެ ބަގީޗާ ބަންދުކޮށް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިފްކޯއިންނެވެ. އެތަން އަލުން ހުޅުވާނީ އާ ސާމާނުތައް ބެހެއްޓި، އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމާ އެކު ކަމަށް އޭރު ސިފްކޯއިން ބުނެފައިވެ އެވެ.