ގައުމީ އެއާލައިން މޯލްޑިވިއަން އިން ޗައިނާގެ ހަންގްޒޯ އަށް ދަތުރުތައް ފަށައިފި އެވެ.
ހަންގްޒޯ އިން ފުރައިގެން ރާއްޖެ އައި މޯލްޑިވިއަންގެ ފުރަތަމަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ޖައްސާފައިވާއިރު މަރުހަބާ ދެއްނެވުމުގެ ގޮތުން "ވޯޓާ ސެލިއުޓެއް" ވަނީ އަރުވާފައެވެ.
ހަފުތާއަކު އެއް ދަތުރު ހަންގްޒޯ އަށް ކުރުމަށް މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ.
ހަންގްޒޯ އިން 200 އެއްހާ ޓޫރިސްޓުންނާ އެކު އައި ފުރަތަމަ މަތިންދާބޯޓުގެ ފަސިންޖަރުންނަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އެ ކުންފުނީގެ ވެރިން އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ވެރިންނެވެ.
މޯލްޑިވިއަން އިން ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ. މިހާރު ޗައިނާގެ ހަތް މަންޒިލަކަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.