ފާރިސްގެ ވަކީލު މައުމޫން ހަމީދު: ބެންޗަށް ބަދަލު ގެނައުމަށް ފަހު ފާރިސްގެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހައި ކޯޓުގައި ބާއްވަން ވަނީ ތާވަލް ކޮށްފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
17 ސެޕްޓެމްބަރ 2017 - 13:46
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބަލަމުން ގެންދިޔަ ބެންޗަށް ބަދަލު ގެނެސްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް ކަމަށާއި އެކަން ހުއްޓުވައިދިނުމަށް ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް، ހުކުމާ ހިސާބުގައި މައްސަލަ އޮއްވާ އެ މައްސަލަ ބަލާ ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެކަމަކު ގެނެސްފައިވަނީ ކޮން ބަދަލެއް ކަމެއް ސާފެއް ނުވެ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ފޮނުއްވި ސިޓީގައި ވަނީ ބެންޗު އެކުލަވާލާފައި ވަނިކޮށް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތި ބެންޗަށް ބަދަލު ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން 2012 ގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ފާރިސްގެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފައި ވަނީ އެ އަމުރާ ޚިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި މައުމޫން ހަވާލާ ދެއްވާފައިވާ ސުޕްރީމް ކޯޓުގެ އަމުރަކީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބަލަމުން ގެންދަނިކޮށް އެ މައްސަލަ ބެލި ބެންޗަށް ބަދަލު ގެނައުމުން ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރެކެވެ.
މައުމޫންގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން، މަތީ ކޯޓުތަކުން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅައި، ކުރިން ފާރިސްގެ މައްސަލަ ބެލި ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވުމަށް އަމުރުކޮށް ދިނުމަށެވެ.
އެގޮތަށް މައުމޫން އެދިވަޑައިގަތްއިރު ބެންޗަށް ބަދަލު ގެނުމަށް ފަހު އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހައި ކޯޓުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އެ ސިޓީގައި އިތުރަށް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ކުރިން އަމަލުކުރި ފަނޑިޔާރެއްގެ ޝަރުއިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި އަހަރު ކުރީކޮޅު ނިންމި ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އެ ހުށަހެޅުން ހުށަހެޅި ދުވަހު ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
ފާރިސްގެ މައްސަލާގައި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ 20 ދުވަސް ވެފައިވާއިރު ވެސް އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމުގައި އަވަހަށް ގޮތެެއް ނިންމަންޖެހޭނެ ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ. އެންމެ ފުރަތަމަ ފާރިސަށް ކުރީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށްވިޔަސް މިހާރު ވަނީ އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތު
17 September 2017
ފިޔަވަޅު އަޅައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ފިޔަވަޅު އަޅާފައި ވަނީ އެ ހުށަހެޅުން ހުށަހެޅި ދުވަހު. ފާރިސްގެ މައްސަލާގައި ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ 20 ދުވަސް ވެފައިވާއިރު ވެސް އެކަމާ މެދު ގޮތެއް ނިންމާފައި ނުވެއެވެ.
ޖަންގަލީގެ އިންސާފު
17 September 2017
އެކަމަކު ވެސް ހެޔޮ އެވެ.ސިންގާ ބޭނުން ވަނީ ބަކަރި ކާލާ ށެވެ.
ހެޔޮ ދުޢާ
17 September 2017
ޢަނިޔާވެރިންގެ ލޯތަށް ﷲ ކަނުކުރައްވައި އަނިޔާވެރިންގެ ހިއްތަށް ﷲ ގައު ކުރައްވާން ދޭވެއެވެ.
ކުށް ހީ
17 September 2017
ފަނޑިޔާރު ބަލާ މައްސަލައެއް އަތުލުމަކީ އެ ފަނޑިޔާރުގެ އިންޓަރގްރެޓީ އާމެދު އިސް ފަނޑިޔާރު ސުވާލު އުފެއް ދުން ކަމަށް ވާއިރު މައްސަލަ ބަލަނުން ދިޔަ ފަނޑިޔާރު އަތުން މައްސަލަ އަތުލަން ޖެހުނު ސަބަބެއް އިސް ފަނޑިޔާރު ސާބިތު ކޮށް ދޭން ޖެހޭނެއެވެ. ފަނޑިޔާރުނަށް ނުފޫޒް ފޯރުވުމަކީ ޤާނޫނީ ކުށެކެވެ.
ސައީދު އަބުދުއްﷲ
17 September 2017
ޤާނޫނު އަސާސީ ގައި ބުނާ މިނިވަން މުސްރަޤިއްލު ޖުޑީޝަރީ އެއް މިހާރަކު ނެތެވެ. ހިއްވަރު ގަދަ ފަނޑިޔާރުން ކޮޅެއް ވެގެން ޖުޑީޝަރީ މިނިވަން ކުރަން އެބަ ޖެހެ އެވެ
މީދޫ ނުލަފާ ސައީދު
17 September 2017
އެކަން އަދި ކުރާނެއެވެ.ކުއްވެރިންގެ ޝަރިޢަތް އަދި ޖުމްހޫރީ މައިދާނުގައި ކުރާ ތަން ރައްޔިތުން ދެކޭނެއެވެ
ސިއާ
17 September 2017
ފައިސާގޯނި ހިފައިގެން ބެހީ ތިމަންނައޭ ބުނި މެމްބަރު މޮބާތަ? ސަރުކާރުފަޅީގަ ހުރީމަތަ? ހަމަހަމަކަމުން ތަފާތުނުކުރާތީ, ގާނޫނު އޮތްގޮތަށް ކަންތައްކުރާތީތަ މި ސަރުކާރުން ޝަރީއަތް ނުކޮށް މިނިވަންކަމާއެކު އެހުރީ ރައްޔިތުންނަށް ސާފުކޮށްދީބަލަ,
އާދަމާ މަނިކު
17 September 2017
މިރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު މިވަނީ ބޮޑުޖޯކަކަށްވެފައި. ދާއިރާގައިތިބި ގާބިލް ފަނޑިޔާރުން އެއްފަރާތްކޮށް އެތަންމިތަނަށް އުކާލާފައި ކޮރަޕްޝަނާ ފަސާދާގެ ހާއްޔަކަށް ބަދަލްކޮށްލާފައި
އިސްމާއިލް
17 September 2017
ކޮން ބެންޗެކޭ ސުޕްރީމް އެކޭ ކިޔާކައް؟އެ ބަސް ތަކުގެ އަރަބި ބަސް ބޭނުން ކުރަން ދަސްކޮއްބަލަ!!!
އުނބުށެން
17 September 2017
މިއީވެސް މާބޮޑަށް ސާފު މައްސަލައަކަށްވީމާ ގޮތެއް ނިންމަން ނުޖެހިދާނެކަން ނޭނގެއެވެ.