އެޕަލް އިން ބުނާ ގޮތުގައި އެ މީހުން އުފައްދާ އައިފޯން އެކްސް ނުވަތަ އައިފޯން 10 އެއީ ސްމާޓްފޯންގެ ކުރިމަގެވެ. މާނައަކީ އެއީ ނަމޫނާއަކަށް ބަލަންޖެހޭ ފޯނަށް ވުމެވެ. މީގައި ފޭސް އައިޑީ އާއި ވަޔަލެސް ޗާޖިން ވެސް ހިމަނާފައި ވާއިރު ބަލައިލަން އެހާ ރީތިވެފައި ބާރުގަދަވާނެ ކަމަށް ބުނެ އެވެ. އެކަމަކު އަލަށް ތައާރަފްކުރި ތިން ފޯނުގެ ތެރެއިން އައިފޯން 10 ބާޒާރަށް ނިކުންނާނީ އަނެއް ދެ ފޯނަށް ވުރެ ފަހުންނެވެ. އެހެންވެ، އައިފޯނުގެ ވަފާތެރިން، އަނެއް ދެ ފޯނު ނުގަނެ އައިފޯން 10 އަށް އިންތިޒާރުކުރަންވީ ހެއްޔެވެ؟
އެކަމަކު އައިފޯން 10 ގެ ފެންވަރާ އޭގެ އަގާ އެކަށީގެންވޭ ހެއްޔެވެ؟ މީގެ ފޯނެއް ނުގަނެ އައިފޯން 8 ގެ ފޯނެއް ގަންނަންވީ ހެއްޔެވެ؟
މި ސުވާލަށް މި ވީޑިއޯއިން ޖަވާބު ލިބޭނެ އެވެ.