ޕީޕީއެމް އޮފީހުގައި މީގެ އިރުގަނޑެއް ކުރިން ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
30 ޖޫން 2016 - 17:02
އެތެރޭގެ ކޯޅުން އިންތިހާ އަށް ބޮޑުވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއް މިއަދު އުފައްދަވައިފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޝްވަރާ މަޖިލިހުގައި ތިއްބަވަނީ ހޯމް މިނިސްޓަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އުމަރު ނަސީރާއި ސީނާ އަހުމަދު ޒާހިރާއި އަނީސާ އަހުމަދާއި ހަމްދޫން ހަމީދާއި އާތިފާ ޝަކޫރާއި އައިމިނަތު ނާދިރާ އަދި ރާޝިދާ ޔޫސުފެވެ.
މަޝްވަރާ މަޖިލިހުގެ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރުފަހު ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުމޫން މީޑިއާގައި އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވެ އެވެ. އެކަމަކު މިރޭގެ ވަގުތެއްގައި މައުމޫން މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް އެނގިފައިވެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މަޝްވަރާ މަޖިލިހެއް އުފެއްދުމުގެ ބޭނުމަކީ ޕީޕީއެމްގެ އިސް އޮފިޝަލް ވިދާޅުވި ގޮތުގައު، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުން ސަލާމަތް ކުރުމާއި ގައުމީ މަސްލަހަތާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ކަންކަން ކުރުމާއި އަދުލުމާއި މިނިވަން ޝަރުއީ ނިޒާމަކާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ.
މައުމޫން އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއް އުފެއްދިއިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ، ޕީޕީއެމްގެ ކައުންސިލް މެމްބަރުންތައް ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު، މިހާރު މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މައުމޫނަށް ބަހުގެ ހޫނު ހަމަލަތަކެއް ދެއްވައިފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއް ވެސް މަޖިލިހުގެ އިދާރާގައި މިހާރު ކުރިއަށް އެބަގެންދެ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހަށް ފަހުގަ އެވެ. އެ އިސްލާހާ އެކު ކޮރަޕްޝަނަށް މަގުފަހިވެދާނެތީ، އިސްލާހު ފާސްނުކުރުމަށް މައުމޫން ތަކުރާރުކޮށް ދެންނެވި ނަމަވެސް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ހަމައެކަނި މެމްބަރަކީ ފާރިސް މައުމޫނެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވޯޓު ނެގި ވަގުތު ހުންނެވީ މަޖިލިހުގެ ޗެމްބަރުން ބޭރުގަ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ސީނާ ޒާހިރު އެ ޕާޓީގެ އޮފީހުގެ ބޭރުގައި މަޑުކޮށްލައްވައިގެން: އޭނާ އަކީ ވެސް މަޝްވަރާ މަޖިލިހުގެ މެމްބަރެއް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ފާރިސް އާއި ވަހީދު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވި މައްސަލާގައި އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް އިއްޔެ ހުށަހެޅި އެވެ. އަދި އެންމެ ފަހުން މައުމޫން ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި، ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ. މީގެ އިތުރުން މައުމޫން އައްޔަން ކުރައްވާފައިވާ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޕީޕީއެމްގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ ރޭ އަތުލައްވައިފަ އެވެ. ޕީޕީއެމްގެ އިދާރީ ހިންގުމުގައި މިހާތަނަށް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. އަދި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމަށް އޭރު އޮތީ ދީފަ އެވެ. އެކަމަކު މައުމޫން ވަނީ އެ ބާރުތައް ވެސް ރޭ އަތުލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜައްޒަ
02 July 2016
ސާބަސް! މައުމޫނު.
އަލީ މޮއްތޮލިބު
01 July 2016
ކޮއްކޯފުޅުގެ ގޮތްއެނގިހުރެ ވެރިކަން ހަވާލުކުރުމަކީ މައުމޫން ހެއްދެވި ޅައެއްޗެއް ކަމުގައި ދެކެން. އަދިވެސް އިދިކޮޅުފަރާތަކީ ހުރިހާ ދިވެހިންނަށް އިންސާފު ހޯދައިދޭން އުޅޭ ބަޔަކަށްވާތީ ޕީޕީއެމް ގެ މައްސަލައިގަވެސް އެފަރާތުން އެހީތެރި ވާނެކަމަށް އުއްމީދުކުރަން. އަދި މައުމޫންވެސް އަވަހަށް އިއްތިހާދާ ބައިވެރިވެ ގައުމު ސަލާތް ކުރަން މަސައްކަތް ކޮށްދެއްވުމަށް ދަންނަވަން.
ޑިިމޮކްރަސީ-ޒީރޯ
30 June 2016
މައުމޫނުގެ ސިޔާސަތު ތަކަށް ބަލާއިރު، އެއީ ރާއްޖެ މިހާރު މިއޮތް އަނދަވަޅު އަރައިގަތުމަށް ކޮންމެ ދިވެއްސަކުމެ ކުރަން ލާޒިމު ކަންތައްތަކެވެ. އެހެންކަމުން، އެމްއެންޔޫއިން ވެސް މައުމޫނަށް ބައިއަތު ހިފަންވީ ވަގުތު އައިސް ކުޑަތަންވަނީއެވެ. ޝުކުރިއްޔާގައުމު
އަލިފުތު
30 June 2016
ހެރުނީ ތިމާޔަށް ފޭހުނު އިލޮށިދެން ކަރުނޭހިގާދެލޮލާ ކަޅީގާ
ފެނޭދޯ
30 June 2016
ޕީޕީއެެމް ގެ މަޝްވަރާ މަޖްލީހެއް އުފެއްދި އަސް އެމަޖްލީހަށް ވެސް ނުކެރޭނެ އިންސާފުގެ މަގުން ކަންކަން ކޮށް ބަސްބުނާ ނަމަ ސަރުކާރުން މަޖްލީހަށް ހުށައަޅައިގެން ފާސް ކުރި ޓޫރިޒަމް އާއި ބެހޭ ގާނޫނުގައި ބިޑްށް ނުލާ ރަށް ތައް ދޫކުރުން އެއީ ގޯސް ކަމެއް ކަމަށް . އިންސާފުގެ މަގުން ބުނަަންނާ ނުބުނެވޭނެއެވެ. އެއީ ޔަގީން ކަމެކެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު އެމަނިއްޕުޅުގެ ގާތް ތިމާގެ މީހުންނަށް ރަށް ތައް ބެހީ އެއީ އެމީހުން ދައުލަތަށް އެންމެ ރުފިޔާ އެއް ވެސް ނުދައްކާ ގޮތަށެވެ. އެކަމަކު އެކަން އެމްޑީޕީ އަށް އޯކޭ ވެފައި މިއަދު ކުއްލި އަކަށް އެކަން ގާނޫނުގެ އަލީގައި ސަރުކާރަށް ފައިސާ ލިބޭނެ އުސޫލުން އެކަން ކުރަން ގާނޫނީ ފްރޭމް ވޯރކް އެއް އެކުލަވާލުމުން އެކަން ގޯސް ވާނަމަ ދެން ދިނުޔޭގައި ގުޑް ގަވަރނެންސްގެ ކޯރޑް އޮފް ޕްރެކްޓިސް ޖެހޭނީ ބަދަލު ކުރަން އެފްރިކާ ގެ ބަކޯހަރާމް ސްޓޭންޑަރޑް އަށް ފެތޭ ގޮތަށް. މީ އަޅުގަނޑުމެން ބެލި ބެލިމުން ފެންނަ އެއްޗަކީ. ރިސޯރޓް ތައް ބިޑް ކުރުމަކާއި ނުލައި ބޮޑު ބިޑިންގް ގައިޑް ލައިނެއް އެކުލަވާލައިގެން ކޮލިޓީ އަދި ފައިސާ ހުރި މުއްސަނދި މަހުޖަނުންނަށް ރަށް ތަކާއި ފަޅު ތައް ބިޑަށް ނުލާ ސަރުކާރަށް ވަރުގަދަ އިކްއިޒިޝަން ކޯސްޓް އަކާއި އެކު އެފަދަ ފަރާތް ތަކަށް ރަށް ތައް ދިނުން މީގައި މައްސަލަ އަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ރަށު ތެރޭގައި ކިއްލި ތަޅާ ގްރޫޕް އަށް ރާއްޖޭގެ ރިސޯރޓް އެއް ނެހެދޭނެއެވެ. އެހެން ވެއްޖެނަމަ ރާއްޖެ އަށް ހަނދަށް ވެސް ދެވޭނެ އަދި ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ ތަށި ވެސް ލިބޭނެއެވެ. ސެންސް މޭކް ކުރާ ވާހަކަ ދައްކަން ޖެހޭނީ ސިޔާސީ އިސް މީހުން ވެސް. ކަނޑުކޮހުން ކަން ކުރާ އުސޫލުން އަޑު ދަށުން ވައްކަން ކޮށްގެން މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ ހޯދީމާ ކަމަކު ނުދާނެއެވެ.
ކޮސް
30 June 2016
ބަލަ ނަޝީދު އެހެން ހެދީމަ ކަމު ނުދިޔައިމަ އެއްނު އެހެރީ ބާލާފަ؟ ޔާމީނު ކުރިޔަސް ކަމުނުދާތީ އެހެން މި ކިޔަނީ!
ޖޮންގޯ
30 June 2016
އެމްޑީޕީގެ ވެރިކަން ގޯސްވެގެންނެއްނު ޕީޕީއެމް ވެރިކަމަށް ގެނައީ ، ޖީއެސްޓީ ނެގުމާއި ފަޅުރަށް ބިޑު ނުކޮށް ރަށްރަށުގެ ނަރުދަމާ އަޅާގޮތައް ދޭތީނު! ދެން އެޔަށް ވުރެއް ކަންކަން ގޯސްވީމަ އެބޭވެސް ރުޅިއަރާނެ! ރައްޔިތުންވެސް އަދި ނުކުންނާނެ! އަދީބާ ޖެހިގެން އޮތްގޮޅިއަށް ޔާމީނުވެސް ކޮށްޕާލާނެ.
އަލީޝާކިރު
30 June 2016
މަރުހަބާ ރައީސްމައުމޫން އަޅުގަނޑުމެން މިތިބީ މަނިކުފާނު ފަހަތްޕުޅުގަ އަޅުގަނޑު އޭރުވެސް ބުނިން މިވާހަކަ ޔާމީނަކީ ވަރައް އަޑިނުބައި މީހެކޭ ވިސްނައްޗޭ މިހާރު މިވަނީ ހުރިހާކަމެއް ގޯހުން ގޯހައް ގޮސްފަ އަޅުގަނޑައްވެސް އެނގިދާނެ އެފަދަ އިގްތިސާދީ މާހިރަކައްވާން ގައުމުގެ ހުރިހާ މުދަލެއް ވިއްކާލާފަ މިޔަދު ކެޔޮގަނޑުގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ދާފަދައިން މައުމޫން ތިވަނީ ބާކީކޮއްލާފަ މީހިތާމަ ކުރާކަމެއް ޔާމީނުގެ ކިބައިން މިރާއްޖެ ސަލާމަތްކުރުން އެއީ މިރާއްޖޭގެ ރައްޔިތުންނައް އެންމެ ފައިދާ ކުރާކަންތައް ވީމާ 2018 ވަނައަހަރު މައުމޫނުގެ ދަރި ގައްސާނު މައުމޫނު ރާއްޖޭގެ ވެރިކަމައް އިންތިހާބު ކުރުމައް މިހަރުން ފެށިގެން މަސަތްކަތް ކުރެއްވުންއެދެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ މައުމޫނާއެކު ޔާމިނަކީ ދުވަހަކު މަނިކުފާނައް ވަފާތެރިވާނެ މީހެއް ނޫން އެއީ މަކަރާހީލަތުން މަނިކުފާނު ކިބައިން ނާޖާއިޒް ފައިދާ ހޯދަން އުޅޭ ފަރާތެއް
ކިޔުންތެރިޔާ 767
30 June 2016
މަރުހަބާ ރައީސް މައުމޫން. ރައީސް އޮފީހަކީ ޕީޕީއެމް މަޝްވަރާ މަޖުލީހެއްނޫން. ޕާޓީ ކަންކަން ނުރާނީ ޕާޓީ އޮފީހުގައި. ރައްތަށް ދޫކުރާ ބިލް އެޔޮތީ ފާސްވެފަ. ދެން ސަރުކާރުން ހާސްމިވަނީ ކީއްވެތޯ؟ ޕާޓީގެ ރައީސް ބޭނުންވާ ގޮތައް ފިޔަވަޅު އެޅުއްވީ ބުނުއްވި ބަހާއި އެއްގޮތައް މެންބަރުން އަމަލު ނުކުރެއްވުމުން. އެއީ ރައީސއަށް ލިބިފައިވާ ބާރެއްނަމަ މައްސަލައެއްނެތް. ގޯހުން ކަންތަށް ނުކުރަވަނީސް ޒައީމު އެހެން ފިޔަވަޅު ނާއްޅުވާނެ.
މުހައްމަދު
30 June 2016
އެެއްބަނޑު މީހަކަސް ވައްކަން ކުރަންޏާ އެވާހަކަ ދައްކަންވާނެ. އަދި ނަސޭހަތްވެސް ލައިދެންޖެހޭނެ. ނަސޭހަތް ގަބޫލު ނުކުރަންޏާ އާއިލާގެ ތެރެއިން ދެވެން އޮންނަ އެންމެބޮޑު އަދަބު ދިނުމުގެ ބާރު ބޮޑުބޭބެ އަށް އޮންނާނެ.
ަސފަ
30 June 2016
މިކުޑަކުޑަ ގައުމު ކޮރަޕްޝަންގެ ބަލިމަޑުކަމުން ސަލާމަތް ވާނެދުވަހަކައް އެދެން. މިކަން ކުރެވޭނީ ރައްޔަތުން ހޭލުން ތެރިވެގެން. ވެރިކަމަށް މީހަކު ގެންނަނީ ގައުމުގެ މިނިވަންކަމާއި އިންސާފާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ތަރައްޤީގެމަގުގައި ކުރިއަށްދިއުމަށް. މިކަންތަކަށް ބެލުމެއްނެތި ތިމާމެން ހިތުހުރިގޮތަކަށް ހަމައެއްލަމައެއްނެތި ބާރުގެ ބޭނުންކޮށްގެން ބޭނުންހާކަމެއް ކުރަމުންދާއިރު އަދި ގައުމު ނިކަމެތި ހާލަތަށްވެއްޓިގެންދާއިރުވެސް އަހަރެމެންނަށް އެކުރަނީ ގޯސްކަމެކޭބުނެ އަޑުއުފުލާނެ ރައްޔިތަކު މިއަދު ނެތީތީ ހިތާމަކުރަން...ސިޔާސީވިސްނުން ދޫކޮށްލާފަ އަހަރެމެން ރައްޔަތުން އަދިވެސް ގޯސްކަންތައް ތަކަށް ނޫނެކޭބުނަން ނުޖެހޭބާ. މިއީވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ގައުމެއްނޫން.
Moosa
30 June 2016
ޥަރަށް ރަގަޅު ނިންމުމެއް ﷲ ތިޔަ ނިންމެވުނުގައި ބަރަކާތް ލައްވާށި އާމީން