އެމްޕީއެލްގެ ސީއީއޯ ހަލީމަށް މިރޭ ލިބިވަޑައިގެންނެވި އެވޯޑާއެކު ފޮޓޯއެއް ނަންގަވަނީ.
30 އޮކްޓޯބަރ 2017 - 00:13
ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް އޭނާ އަށް މިރޭ ބައިނަލްއަގްވާމީ އެވޯޑެއް ދީފި އެވެ.
ބަންގްލަދޭޝްގެ ޑާކާގެ މެރީޑިއަމް ހޮޓެލްގައި ބޭއްވި ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިޒްނަސް އެކްސެލެންސް އެވޯޑްސް ހަފުލާގައި، ހަލީމަށް ލިބިވަޑައިގަތީ ލީޑަޝިޕް ކެޓަގަރީގެ "އިންފްރާސްޓްރަކްޗާ އެންޑް ލޮޖިސްޓިކްސް އެވޯޑް" ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
އެމްޕީއެލް އިން ބުނީ އެއީ ދެކުނު އޭޝިއާގައި ފާހަގަކުރެވޭ ވިޔަފާރި ކުންފުނިތަކާއި މެނޭޖްމަންޓުގައި ފާހަގަކުރެވޭ ވަކިވަކި މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.
މި އެވޯޑަށް ހޮވޭ މީހުން ކަނޑައަޅާފައި ވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް އެމްޕީއެލް އިން ބުނެ އެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމާ މި އަހަރުގެ މާޗް މަހު ހަލީމް ހަވާލުވެވަޑައިގެންފައިވާއިރު، އޭނާ ވަނީ އޭގެ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ.
"އެ ދެ ކުންފުނީގައި މަސައްކަތް ކުރެއްވިއިރު ހަލީމް ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން، އަދި ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އެ ދެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އެ ދެ ކުންފުނީގެ ރެކޯޑް ފައިދާއެއް ނެރުއްވައިފަ އެވެ،" އެމްޕީއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުލޫ
30 October 2017
ތިކަހަލަ ޕީއެޗްޑީ އެއްވެސް މި ދޭތެރެއަކުން މީރާގެ ޔަޒީދު ވެސް އުޅުނުގަނެގެން. 3000 ޑޮލަރު ދިނީމަ ވިއްކާ އެއްޗެއް އެއީ. އަހަރުމެން ގުނބޯ ހައްދަން ނޫޅޭ ކަލޭނޭ
ޙަމް
30 October 2017
ބޮޑައް ޕީޕީއެމް ޕޮރޮމޯޓް ކޮއްލަނިކޮށް ނޮބެލް ސުލްހައިގެ އެވޯޑް ވެސް ލިބިދާނެ. ޙިތްވަރު ކޮށްލާ!
ޢހުމަދު
30 October 2017
މީނަގެ މޮޅު ކަމުގެ ވާހަq
އަނާ
30 October 2017
މަރުހަބާ ހަލީމް
ހައިކަލް
30 October 2017
ހާލީމް ވި އެމް.ޕީ. އެލްގ 8 މަސް... އެކަމު އަހަރުގެ އެންެމެ މޮޅު... ހާދަ މަޖަލޭދޯ. އެމް.ޕީ. އެލް ގައި ޕާޓީ ޕަޕެޓް ކުޅެތީ ލިބުނު ޕަޕެޓް އެވޯޑް ދޯ
ޓްސްޓް ކޮއްލަން
30 October 2017
އެއަރޕޯޓް ކޮމްޕެނީ އަށް ބަދަލު ކޮއްލީމަ ރަނގަަޅު ވެދާނެ، ޓަރމިނަލް ތެރެއަށް ފެންފޭބުން ވެސް ހުއްޓި ދާނެ
ބޭލާ
30 October 2017
ޕާޓީކުދިން ނޫން މީހުން ވަޒީފައިން ކެނޑުމުގެ ލީޑަރޝިޕް އެވޯޑުހެން އަޅުގަޑަށް ހީވަނީ
ޕިންކް ޑާންސް ޑާންސް
30 October 2017
އަޅޭ މަ ކޮސް ވެއްޖެ!!! . މީނާ އެއްތަނެއްގައި ހަރެއްނުލާ މާ ދުވަހަކު އެއީ މީނާ މިޅޮކަމުން ތޯ؟؟؟؟؟
ރިއަލީ
30 October 2017
ކޮންމެ ތަނެއްވެސް ބޮއްސުންލީމަ އެތަން ހަމައަކަށް އަޅުވަން އޭނާ ގެންދަނީ. ހަމައަކަށް އެޅުވުނީމަ އެ ސަރވިސް ބޭނުންވާ ދެން ހުރި ތަނަށް އޭނާ ލަނީ.
ކެވެލި
30 October 2017
ފޭކް އެވޯޑެއް. ތީ ގަންނަން ލިބޭ އެވޯޑެއް. ފައިސާ ހޯދަން ބަޔަކު ހިންގާ ކަމެއް. މިހާރު ނޫހުން ޗެކް ކޮށްލުން ރަނގަޅުވާނެ
ސޭ
30 October 2017
ކެހޭވެރެކެއްތޭ ލިބެނީ އަގު ބެލޭލެން ބޭނުމޭ.