ޚަބަރު / އއ. އުކުޅަސް

އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވެ ކަރަންޓު ކެނޑިއްޖެ

އުކުޅަހު އިންޖީނުގޭގައި ރޯވެ އަނދަނީ.

އއ. އުކުޅަހު އިންޖީނު ގޭގައި މިއަދު އަލިފާން ރޯވެ، ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ފުލުހުން ބުނީ އެ އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށު އިންޖީނު ގޭގައި ބަހައްޓާފައި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން އެއްކޮށް އަނދައިގެން ދިޔައީ ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު ޖަނަރޭޓަރެވެ. އަދި ބާކީ ހުރި ދެ އިންޖީނަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ވިދާޅުވި އެވެ.

"އެއް ޖަނަރޭޓަރަށް އަލިފާނުގެ އަސަރުކޮށްފައި ހުރީ. އެކަމަކު އިންޖީނިއަރުންގެ ޓީމުން ބުނީ އެ ޖަނަރޭޓަރުގެ ބޭނުން ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ ކަމަށް. އަލިފާން ނުހިފާ އެއް ޖަނަރޭޓަރު ވެސް ހުރި،" އިންޖީނުގޭ ސަރަހައްދުގައި ހުންނަވައި "މިހާރު" އަށް ޝައުކަތު ވިދާޅުވި އެވެ.

"ބޮޑަށް ރޯވީ އިންޖީނު ގޭގައި ހުރި ތެޔޮ ބަހައްޓާ ސަރަހައްދުގައި. މި ހާދިސާގައި ކޭބަލްތައް އަނދައި ޕެނަލް ބޯޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އިންޖީނުގޭގެ ދެބައިކުޅަ އެއްބައި އެނދީ."

އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން އެއްކޮށް ނިއްވާލެވުނީ ރޯވިތާ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރު ފަހުން ކަމަށެވެ. އޭރު އިންޖީނުގޭގެ ބޮޑު ބައެއްގައި އަލިފާން ރޯވެ އަނދާފައިވާ ކަމަށާއި އަލިފާން ނިއްވުމުގައި އެ ރަށު މީހުންގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"ފިރިހެނުންނާއި އަންހެނުން ނުކުމެ، ފެނާއި ވެލި ޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރީ. މުޅި އިމާރާތުގައި ރޯވެ އެނދުމުގެ ކުރިން އަލިފާން ނިއްވާލި،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝައުކަތު ވެސް ވިދާޅުވީ އުކުޅަހު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ހުއްޓުވީ ރައްޔިތުންގެ އެއްބާރުލުމާއި ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ރަށަށް އަލުން ކަރަންޓު ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހިދާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ. އެގޮތުން މިރޭ އެ ރަށަށް ކަރަންޓު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝައުކަތު ވިދާޅުވި އެވެ.

8 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 92%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

07 November 2017

2013 ގެ ފަހުން ހާދަ އިންޖީނެކޭ އަންދާލަނީ.

The name is already taken The name is available. Register?

ލާމު މިރަށް

07 November 2017

ނިއު ޖަނަރޭޓަރ ގެއެއް އަވަހަށް އަޅާދޭށެވެ.ދެން އަދާފައި ހުރި ޖަނަރޭޓަރު ތަށް އަހަރެމެން ރަަށަށް ފޮނުވާލާ ށެވެ.އަހަރެމެން ރަށަކީ "ފެނަކާ ކުނި" ގޮޑެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

07 November 2017

މިހާރަކަށް އައިސްހާދަގިނައިން އިންޖީނުގެތަށް އެބަރޯވޭދޯ ؟؟؟ އެތަންތަން ޑިޒައިންކުރުމުގެ މައްސަލައާޢި ފަޔަރސޭފްޓީ ރަގަޅަށް ނުހުންނާތީވެ އަދި އެންޖީންގެ ކަންޑިޝަންތަށް ރަގަޅަށް ނުބެލެހެއްޓޭތީވެ ދިމާވާ މައްސަލަތަށް ތިޔަހުންނަނީ ،،، ތިޔަވަނީ ދައުލަތަށް ބޮޑެތި ގެއްލުން ،،، މިހާރުވެސް ދަރާފައިއޮތް ފެނަކަ ކޯރޕަރޭޝަން ބޮޑަށް ދަރާނީ ،،،، އަޅުގަނޑުގެ ނަސޭހަތަކީ މިހާރުވެސް ހުރިހާ އެންޖީންގެތަށް ސާރވޭކޮށް ފަޔަރސޭޮޕްޓީއާޢި އެހެނިހެން ކަންކަން އަޕްގްރޭޑްކޮށް ބެލެއްހެއްޓުން ،،،، އޭރުން ފަހުންވާ ފައިދާބޮޑުވެދާނެ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ަޫާަހެހެ

07 November 2017

ސުނީތާ.. ކޮބާ ހެލްޕެއް ވައްޓާާާލއންވީނު

The name is already taken The name is available. Register?

އިޔެ

07 November 2017

ކެމްޕޭނަށް ފައިސާ ހޯދަން ފެނަކާއެއް މިސަރުކާރުން ބޭނުމެއް ނުކުރާނެ. މަހަކު އެއްފަހަރު އިންޖީނެއް ދިޔަޔަސް 24 ގަޑިއިރު ތެރޭގައި ޓެންޑަރު އުސޫލުން އިންޖީނު ރަށަށް ފޮނުވާނަން. ފެން ކުންފުނި ރޯވިތާ 12 ގަޑިއިރު ތެރޭގައި ސާމާނު ހުރީ ބޯޓުން ބާލަންވެފަ.

The name is already taken The name is available. Register?

ތަކުރު

07 November 2017

މާގިނައިން އިންޖީނުގެތަކުގައި ރޯވަނީ.... ވާގޮތެއް ބަލަން އެބަޖެހޭ..... ކަޓެއްބޭނުންވީމާ ކުރާކަމަކަށްވެސް ވެދާނެ.......

The name is already taken The name is available. Register?

ވިސްނާލީމާ

07 November 2017

މިހާރު ތީ ހާދަ އާންމު ކަމަކަށް ވެއްޖޭ! އަނެއްކާ.....؟! -އިބްރާހީމް-

The name is already taken The name is available. Register?

ލައްކަވާހަކަ

07 November 2017

ހާދަ ދެރައޭ..އަވަހަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454