ޚަބަރު / ގއ. މާމެންދޫ

7.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާމެންދޫ ސްކޫލް ތަރައްގީކުރަނީ

މާމެންދޫ ސްކޫލްގެ އާ އިމާރާތް އަޅަން އަޒްރޯވާ ކުންފުންޏާ މިއަދު ހަވާލުކުރަނީ

ގއ. މާމެންދޫގައި 7.8 މިލިއަން ރުފިޔާ ހޭދަކޮށްގެން ނުވަ ކްލާސް ރޫމުގެ ތިން ބުރީގެ އާ އިމާރާތެއް އަޅަން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މި އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަދި އަޒްރޯވާ ކުންފުނީގެ މެނޭޖަރު މުހައްމަދު ތައުފީގު ވަނީ ސޮއިކުރައްވައިފަ އެވެ.

މިއީ ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށްގެންދާ އެންހޭންސިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީއީޑީޕީ)ގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 63 ކްލާސް ރޫމާއި ތިން މަލްޓިޕާޕަސް ހޯލާއި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓުތަކުގެ އަގަކީ 72 މިލިއަން ރުފިޔާ އެވެ.

މާމެންދޫ ސްކޫލުގައި އަޅާ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގްރޭޑް 1-12 އަށް ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި 327 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރުމުންނެވެ. އެ ސްކޫލުގައި މިހާރު ހުންނަނީ 12 ކްލާސް ރޫމެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Rasheeda

11 July 2016

ވަރަށް އުފާވެރި ޚަބަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454