ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރިއާސީ ބަޔާން އިއްވައިދެއްވަނީ.
21 ފެބުރުއަރީ 2018 - 21:06
ރިޔާސީ ބަޔާން ނިންމަވާލެއްވުމާ އެކު މަޖިލީހުގެ މި ޖަލްސާ ވެސް ނިންމާލައިފި
ރައީސް: މި ސަރުކާރަކީ ދިވެހިންނަށް ހިދުމަތް ކުރަން އޮތް ސަރުކާރެއް ކަން މި ހަތަރު އަހަރުގެ ތެރޭގައި ވަނީ ސާބިތުކޮށްދީފައި.
ރައީސް: މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީ ކުރަން އާންމުންނަށް ވަނީ ދޫކޮށްފައި. މި ތަންތަން ތަރައްގީ ކުރުމުން 47000 ވަޒީފާ އިތުރަށް އުފެދޭނެ.
ރައީސް: ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރު ޓޫރިޒަމަށް އިންވެސްޓް ކުރަން ވަނީ ރަޖިސްޓްރީ ކޮށްފައި.
ރައީސް: ދައުލަތުގެ އާމްދަނީ މިހާރު ދަނީ އިތުރުވަމުން. މި އަހަރު ނިމޭއިރު 22 ބިލިއަން ރުފިޔާ އާމްދަނީ އަށް ލިބޭނެ.
ރައީސް: ޓޫރިސްްޓުންގެ އަދަދު 5 ޕަަސެންޓް ވަނީ މި ދިޔަ އަހަރު އިތުރުވެފައި. އިތުރު 24 ރިސޯޓު މި އަހަރު ހުޅުވިގެން ދާނެ. އިތުރު ދެ ހޮޓާ ވެސް ހުޅުވޭނެ
ރައީސް: މި އަހަރު އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅޭނެ
ރައީސް: 86 ރަށެއްގައި ބޯފެން ރައްކާ ކުރާ ނިޒާމު މި އަހަރު ފެށިގެން ދާނެ
ރައީސް: އިތުރު 24 ރަށެއްގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ
ރައީސް: 9 ރަށެއްގައި 45 ކިލޯ މީޓަރުގެ މަގު މަސައްކަތް ވަނީ ނިމިފައި.
ރައީސް: ސްޕޯޓްސް އެރީނާގެ 80 ޕަސެންޓް ވަނީ ނިމިފައި.
ރައީސް: ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ވަނީ އުފައްދާފައި. 76000 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދާފައި.
ރައީސް: އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް މި އަހަރުގެ މެދެއްހާތާނގައި ހުޅުވޭނެ
ރައީސް: ހުޅުމާލޭގައި ކީމޯގެ ހިދުމަތް ވަނީ ދޭން ފަށައިފައި.
ރައީސް: ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށި، އައިޖީއެމްއެޗުގެ ކެޕޭސިޓީ 500 އަށް ބަދަލުވެގެންދާނެ. ހިތުގެ ބަލިތަކަށް ފަރުވާ ދޭ ކްލިނިކުން 5000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދެވިފައި.
ރައީސް: މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދެވޭނެ.
ރައީސް: ދަނޑިވެރިކަން ކުރާ މީހުންނަށް އިތުރު 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ތައްޔާރީތައް އެބަވޭ
ރައީސް: ޒުވާން މަސްވެރިންނާއި އޮޑވެރިން އުފެއްދުމަށް ޓަކައި 58 ފަރާތަށް ވަނީ ލޯން ދޫކުރެވިފައި. އަދި ހުއިފިލަނޑާ އާލާ ކުރުމަށް 115 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. ދަނޑުވެރިކަމުގެ ފަސް ބާވަތެއް އުފައްދައި އިމްޕޯޓް ކުރުން ވަނީ މަދުކުރެވިފައި.
ރައީސް: އެން އުފެއްދުމަށް ޓަކައި 11 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށައިފައި
ރައީސް: ހަތަރު އަހަރުގެ ތެރޭގައި 35 ޕަސެންޓަށް ވަނީ ކުށް މަދުކުރެވިފައި
ރައީސް: ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އާ 20 ރަށުގެ ބޮޑުމިން ރާއްޖެ އަށް މި ވަނީ ލިބިފައި.
ރައީސް: މީގެ ހަތަރު ފަސް ދުވަސްކުރިން ސައުދީން ވަނީ 160 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި
ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ޔާމީން މިރޭ ދަރުބާރުގެ އަށް ވަޑައިގަތުމުން، މަޖިލީހުގެ ރައީސް މަސީހް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ބަޔާން ރައީސް އަބްދުﷲ ޔާމީން އިއްވަވައިދެއްވަން ފައްޓަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ދަރުބާރުގޭގައި ބާއްވައި ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިއާސީ ބަޔާން އިއްވަވައިފި އެވެ.
ރިއާސީ ބަޔާނުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ މައްޗަށާއި ވެއަތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާނެ ތަރައްގީގެ މައި މަޝްރޫއުތަކުގެ މައްޗަށް އަލި އަޅުއްވައިލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ އިދިކޮޅު މެމްބަރުން ބޮއިކޮޓް ކޮށްފައިވާ މި ޖަލްސާ އަށް ހާޒިރުވެ ވަޑައިގަތީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ 41 މެމްބަރުންގެ ތެރެއިން 36 މެމްބަރުންނެވެ.
ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލިސް ހުޅުވާ ޖަލްސާ ބާއްވަން ޖެހެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ޖަލްސާ އޮތީ ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮރުގުނބާ
22 February 2018
ހދ.ގެ ރިސޯޓް ކޮބާ؟ ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލްވީ ކިހިނެތް؟ އިހަވަންދިއްޕޮޅު މަޝްރޫއުގެ މާސްޓަރ ޕްލޭން ފިޔަވާ ކޮންކަމެއްކުރެވުނީ؟
ދާންދޫ އާސިފް
21 February 2018
ކުޅިވަރުގެ ދާއިރާއިން ކުރަމުންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސްޕޯޓްސް އެރީނާތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ 80 ޕަސެންޓް މިހާރުވަނީ ނިމިފައި. އަދި 380 ކުޅިވަރު ކޯޓު މިހާތަނަށް އަޅައިދީފައިވޭ. ފީފާ ސްޓޭންޑަރޑްގެ ފުޓްބޯޅަ ޓްރޭނިންގ ސްކޫލެއް ހުޅުމާލޭގައި މިއަހަރު ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
21 February 2018
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ގިނަ ވަޒީފާތަކެއް މިހާރުވަނީ އުފައްދާފައި. އަދި އިޤްތިޞާދީ އެކިއެކި މަސައްކަތް އިތުރަށް ފުޅާކުރުމާއެކު، ޖުމުލަ 76,000 އަށްވުރެ ގިނަ ވަޒީފާ މިހާރުވަނީ އުފައްދާފައި. ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
21 February 2018
ކިޑްނީއާ ގުޅުންހުރި ބަލިތަކުގެ ފަރުވާ ޔަޤީންކޮށްދޭ ސިޔާސަތުގެ ދަށުން، 2013 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން މާލޭ ސަރަޙައްދުގަޔާއި ރާއްޖޭގެ 6 އަތޮޅެއްގައި، ކިޑްނީ ބައްޔަށް ފަރުވާކުރުމަށް، ޑައިލިސިސްގެ ޚިދުމަތް ވަނީ ތަޢާރުފު ކުރެވިފައި. އަދި މިވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 44 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން، ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރުން ވަނީ ކުރެވިފައި . ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
21 February 2018
ހިތުގެ އެކި ބަލިތަކަށް ފަރުވާދިނުމަށް، އައި.ޖީ.އެމް.އެޗް.ގައި، 2016 ވަނަ އަހަރު ޤާއިމުކުރި ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށް 5300 އަށްވުރެ ގިނަ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަނީ ދެވިފައި. ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
21 February 2018
ރާއްޖެއިން ބޭސްފަރުވާގެ ޚިދުމަތް ކުރިން ނުލިބޭ ވަރަށްގިނަ ބަލިތަކަށް ރާއްޖެއިން ފަރުވާދެވޭނެ އިންތިޒާމު މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ހަމަޖެހިފައި. ހިތުގެ އެކި ބަލިތަކަށް ފަރުވާދިނުމަށް، އައި.ޖީ.އެމް.އެޗް.ގައި، 2016 ވަނަ އަހަރު ޤާއިމުކުރި ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށް 5300 އަށްވުރެ ގިނަ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަނީ ދެވިފައި. ސާބަހޭ ރައީސް ޔާމީން
ދާންދޫ އާސިފް
21 February 2018
ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ ހޮސްޕިޓަލް“ ގެ ޚިދުމަތް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށި، މި ހޮސްޕިޓަލްގައި ގިނަ އާ ޚިދުމަތްތައް ތަޢާރުފުކުރެވި، އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ. ސާބަހޭ ރައީސް ޔާމީން
މައިއޮޕީނިއަން
21 February 2018
"ހަތަރު އަހަރުގެ ތެރޭގައި 35 ޕަސެންޓަށް ވަނީ ކުށް މަދުކުރެވިފައި". ދެން ހުރި ވާހަކަތަކުގެ ގޮތެއް ނޭނގޭ އެކަމަކު މިއީ ހަމަ ގައިމުވެސް ދޮގެއް. އަދި ގިނަ މީހުން މިހާރު ކުދި މައްސަލަތައް ނުހުށައަޅަނީ މުއައްސަސާތަކަށް އިތުބާރެއް ނުކުރާތީހެން ބޮޑަށް ހީވަނީ. 76000 އަށް ވުރެ ގިނަ ވަޒީފާގެ އަދަދުވެސް ގަބޫލެއް ނުކުރެވޭ. ރާއްޖޭގެ އާބާދީއަށް ބަލާއިރު އެވަރުގެ ބޮޑު އަދަދެއްގެ އާ ވަޒީފާ އުފެދިއްޖެއްޔާ އިގްތިސާދުން އަދި މެދު ފަންތީގެ ވިޔަފާރިން އެކަން ވަރަށް ބޮޑަށް ފެންނާނެ. މިމަންޒަރެއް ނުފެނޭ އެކަމަކު.
ދާންދޫ އާސިފް
21 February 2018
ރާއްޖޭގެ ރަށްރަށުގެ ސްކޫލުތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި، މިފަދަ ކުދި ސްކޫލުތައް، އެންމެ މިޒަމާނުގެ ޓެކްނޮލޮޖީގެ ވިއުގަޔަކުން ގުޅައި، ވަރޗުއަލް މާޙައުލުގައި ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތު ފަހިކޮށްވަނީ ދެވިފައި . ސާބަހޭ ރައީސް ޔާމީން .
ދާންދޫ އާސިފް
21 February 2018
ރާއްޖޭގެ ސްކޫލް ނިޒާމަކީ ތިމާވެށްޓާ ރައްޓެހި ތަނަކަށް ހަދައި، އެތަނުން ނުކުންނަ ދަރިވަރުންނަކީ، ޓެކްނޮލޮޖީއަށް އަހުލުވެރި، 21 ވަނަ ޤަރުނުގެ މަސައްކަތުގެ މާޙައުލުގައި ކާމިޔާބުކަމާއެކީ އުޅެވޭނެފަދަ ޤާބިލު، ހުނަރުވެރި ކުދިންނަށް ހެދުމަށްޓަކައި، މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ސްކޫލުތަކުގެ ގްރޭޑް 1ން 12ގެ ހުރިހާ ދަރިވަރުންނަށް، ކޮމްޕިއުޓަރ ޓެބްލެޓުގެ އެހީގައި ކިޔަވައިދޭން ފަށާނެ ވާހަކަވެސް އުފަލާއެކު ދަންނަވަން. މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ޤައުމު. ސާބަހޭ ރައީސް ޔާމީން