ވީ މީޑިއާގެ ފަންޑް ފޮށި މެމްބަރު މުސްތަފާ ހުޅުއްވައި ދެއްވަނީ: ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކުރީ ހަތަރު ލައްކަ ރުފިޔާއިން --ފޮޓޯ/ސޯޝަލް މީޑިއާ
03 މާޗް 2018 - 20:59
ބްރޯޑްކާސްޓިން ކޮމިޝަނުން ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ ޖޫރިމަނާ ފައިސާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވީ މީޑިއާ އިން ފަންޑް ފޮށްޓެއް ހުޅުވައިފި އެވެ.
"ހަނގާ ފަންޑު ފޮށި"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވީޓީވީގައި ހުޅުވި ފަންޑު ފޮށްޓަކީ ވީޓީވީ އާއި ވީއެމްއެފްއެމުން އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެ އިން ކޮންމެ ތަނެއް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުން އެ ފައިސާ ހޯދަން ހުޅުވި ފަންޑު ފޮށްޓެކެވެ.
ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާކުރީ މިދިޔަ ޑިސެމްބަރު މަހު އެ ދެ ސްޓޭޝަނުން ގެނެސްދިން އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ވާހަކަ ދެއްކި މައްސަލައިގަ އެވެ. މުސްތަފާގެ އެ ވާހަކައިގެ އަޑު ކަނޑާލުމެއް ނެތި، އެ ދެ ސްޓޭޝަނުން ބްރޯޑްކާސްޓް ކޮށްފައިވާތީ އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ދެ ސްޓޭޝަނަށް ކުރި ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދެއްކުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ރާއްޖެ ޓީވީ ވެސް ކުރިން ޖޫރިމަނާކުރި އެވެ. އެ ޖޫރިމަނާ އެ ސްޓޭޝަނުން ވަނީ ދައްކައިފަ އެވެ. އެ ސްޓޭޝަނުން ވެސް ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަނީ ފަންޑު ފޮށްޓެއް ހުޅުވައިގެން، އެ އިން ލިބޭ ފައިސާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔާހުންބަރާސް
04 March 2018
100 ގެ ނަމެއް ތި ދިނީ
އގޖކގ
04 March 2018
ޖަރުމަނުން ބޭސްކުރައްވާ ބޭފުޅުން ނިސްބަތްވާ މީޑިއާއަށް އެންމެ 4 ލައްކަ ރުފިޔާ ދައްކަން ނުލިބުނީތީ ވަރަށް ހައިރާންވެފަ!!
ޖަހާމު ޝަރީފް
04 March 2018
ބޭނުންހާ އެއްޗެއް މީޑިއާގެ ޒަރިއްޔާއިން ނުގޮވޭނެ އެކަކަށްވެސް. އެކަމުގެ ޕްރައިސް ދައްކަން ޖެހޭނެ. އެހެންވެ، ވީމީޑިއާއަށްވެސް ތިހާލު ތި ޖެހިގެން ގުޅެނީ. ވަރަށް ދެރަވޭ "މޮންދު" ކަހަލަ ކެއްތެރި، މަޑުމައިތިރި އަދި ބްރޯޑްކާސްޓިންގ ގެ ދާއިރާ ދަންނަ ބޭފުޅަކު ހުންނަވައިގެންވެސް، މީޑިއާގެ ބެސްޓް ޕްރެކްޓިސް ތަކާ އެއްގޮތް ނުވާ ގޮތެއްގެ މަތިން ކަންކަން ކުރަމުން ދާތީ.
މޯޑު
04 March 2018
މިއީ ޤާސިމް އެގޮވާ މަގުތަކަށް ނުކުންނަންޖެހޭ ސަބަބު، އޭނަގެ މީޑިއާ ކުއްވެރިވިޔަސް، ހަނާވަނީ ރައްޔަތުން ކުންފުނީގެ މުއަށްޒަފުންނަށް މުސާރަ ނުދެވުނަސް ހަނާވަނީ ރައްޔަތުން، ދެންހުރިކަމެއްވިޔަސް ހަނާވަނީ ރައްޔަތުން، މީނަ ދެޖީބައް އައްޖަހާފަ ފިނިކޮޓަރީގަ، ރައްޔަތުންނޭ ހެޔޮވިސްނަވާ މިވަނީ ކީއްކަން، މިފުއްދަން މިއުޅެނީ ކޮންބޭނުމެއްކަން ތިޔަބޭފުޅުން ވިސްނަވަންވެއްޖެ އެހެން ނޫންނަމަ އަބަދުވެސް މިމީހުންގެ ނުބައި ކަމުން ހަރެމެން ސަލާމަތެއްނުވާނެ،
ފަންޑު
04 March 2018
ކުށް ކުރަނީ އެހެން ބައެއް އެކަމު ފައިސާ މި ހޯދަނީ ނިކަމެތި ރައްޔިތުން ގުނބޯ ހައްދައިގެން
އިންމަބޭ
04 March 2018
ހަޑި.. ކުއް ކޮއްފަ ރައްޔިތުން އަތުން ލާރި އްށް ސަލާން.. ބަންދުކޮއްބަލަ ހިންގަން ނޭންގެންޔާ!!
އަންމަބޭ
04 March 2018
ކާކުތަަ ކުށެއް ކުރީ؟ ކުށެއް ކުރިކަމަށް ކޯޓަކުން ނިންމާތަ؟ ކުށެއް ކުރީއެއް ނޫން.. ސިޔާސީ ގޮތުން، ބިރުދެއްކުމަށްޓަކައި ޖޫރިމަނާކުރީ..
އެޑްމުންޑޯ
04 March 2018
ލަދެއްނުގަނޭތަ ، ގާސިމްގެ މުވައްޒަފުން ސަލާންޖަހަންފަށަން ، ތިޔަ ހަމަ ގަސްތުގައި ގާސިމްގެ އަގުވައްޓާލަނީ
ޢޙަމީދު
04 March 2018
މާފަށް އެދެންޖެހޭތަ, އެއްކުށައް ކިތައް އަދަބު,
99
04 March 2018
އުވާލާ
މަގޭ ހިޔާލު
03 March 2018
ރައްޔިތުންނަަށް ދޭންޖެހޭ އެތަކެއް ފައިސާއެއްއޮއްވާ ފަންޑު ފޮށި ހުޅުވާގެން ރައްޔިތުންނައް މަލާމަތްކުރަނީ ތަ. ލަދު ކޮބާ!
ޚިޔާލީ ފޮލާ
04 March 2018
ރައްޔިތުންނަށް ދޭންޖެހޭ ލާރިއެއް ނެތީމަ، މީރާއިން ހުށަހެޅި މައްސަތައް އަބުރާ އެ ގެންދިޔައީ..