އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ--
06 މާޗް 2018 - 19:04
ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އަބްދުﷲ އިބްރާހިމް(ޑީޑީ) މިއަދު ހައްޔަރުކޮށްފި އެވެ.
ޑީޑީ ހައްޔަރުކުރީ އޭނާ އާއިލާއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. ގއ. ގެމަނަފުށީ ޕޮލިސް ސުޓޭޝަނުގައި މަސައްކަތް ކުރަމުން ދަނިކޮށް މާލެ އައުމަށް ފުލުހުން އޭނާއަށް އެންގީ މިއަދެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ޑީޑީ ހައްޔަރުކޮށްފައިވަނީ ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު އެއް ވަނަ ދުވަހު ކުރި ހުކުމާއި ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.
އެ ތުހުމަތުގައި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، އާއި އިތުރު ފަސް ފުލުހަކު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސައިފް ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.
SWAT ge kureege commander Saif fuluhunge vazeefaain vakikoffi
The most trusted news source in the Maldives
Mihaaru
ސައިފް ވަޒީފާއިން ވަކިކުރުން--
ޑީޑީ އާއި ސައިފު އަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޯޑަރަށް ކަންކަން ކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްރާފު
06 March 2018
އަބުރު ރައްކާކުރުން އޮންނަނީ ތެޔޮބޯޓެއްގެ މައްސައަކަށް މީހަކު ހައްޔަރުކުރުމުން އެކަނިތޯ
މެދުމިން
06 March 2018
މިސަރުކާރުން ގާނޫނާ ޚިލާފުވީ 1ފެބްރުއަރީގަ ނެރުނު ހުކުމަކާ ގުޅިގެނެއްނޫން ވެރިކަމަށް އައީވެސް ގާނޫނާ ޚިލާފަށް, މިހުރިހާދުވަހު ގާނޫނާޚިލާފަށް ކުރި އެތަށްކަމެއް ފެންނަކަމަށް ނުހަދާ ތިޔަޕޮލިހުންވެސް ސިފައިންވެސް ތިބީ އަދީބުއަތުން ލިބޭ ލާރިކޮޅުގެ ބޭނުމުގަ ނުވަތަ މަތީ މަގާމުގެ ބޭނުމުގައެވެ. ވީމާ 1 ފެބްރުއަރީގަ ކޯޓުންކުރި ހުކުމާގުޅިގެން ގާނޫނޭ، ޚިލާފޭ، ކިޔާފަ ޕޮލިހުން ވާހކަދެއްކުމުގެ ހައްގެއްނެތެވެ.
ހޭއަރާފިތަ؟
06 March 2018
ހޭއަރާފިތަ؟
އައްޑޫ ކޮއްޔާ
06 March 2018
ހަމަ މިހާރު ދޫކުރޭ !! ފަހުން ނަތީޖާ ވަރަށް ހިތިވާނެ. ޑީޑީ ފަހަތުގަ މިތާތެރޭ ތިބި އެތައްބަަޔަކު އެބަތިބި. މާދަން ޔާމީނަށް އެކަން ފެންނަ އިރުއޮންނާނީ މާލަސްވެފަ.
ކެނެޑީ
06 March 2018
މިއެންމެން ލާން ޖަލުތައް އެބަހުރިތަ ދެން ޕޕމ ނެރޭ މެނިފެސްޓޯގަ އޮންނާނީ ހުސް ޖަލު ހެދުން ކަންނޭގެ
ހޯހޯ
06 March 2018
ތިގެރިމަސް ކެވުނިއްޔޭ! ހަމަ ތިގޮތަށްގޮސް ޕޮލިހުންނާއި ސިފައިންގެ ހުރިހާ އެންމެން ހައްޔަރު ކުރާނެ ކަމަށް ލަފާކުރވެނީ! ދެންއެއްވާ މީުން ހާސްވާކަށްނުޖެހޭނެ މޫނުމާއްޗަށް މިރުސްދުންޖަހާނެ މީހުންނޫޅޭނެ!
ޚާދިމް
06 March 2018
މިއީ މަށަށް މި ރައީސްގެ ސަޅި ކަމަކީ . ކުށެއް ކޮށްފިއްޔާ ކުށްކުރި މީހާގެ މޫނަކަށް ނުބަލާ ހައްޤު އަދަބު ދެއްވާނެ . އިބްރާހިމް ނާސިރުގެ ފަހުން މިޤައުމުގަ ވެރިކަންކުރި އެއްވެސް ވެރިއަކަށް ނުކެރުނޭ އަރިހުގަ އުޅޭ މީހަކު ކިތަންމެ ބޮޑު ޚިޔާނާތެއް ވިޔަސް އެންމެ ކުޑަމިނުން އެކަން ބަލާލާކަށް ވެސް . މަށަކީ މިރައީސް އަށް ވޯޓް " ދިން " މީހެއް ނޫން . އެކަަމަކު " ދޭނެ " މީހެއް .
ތާތު
06 March 2018
އަހަރުމެން އޮޅިއްޖެ ޔޯ.. ވޯޓުލާނެ މިހާރު އެންމެން ޔާމީނަށް... ހަމަ ތިކޮމެންޓް ކިޔާފަ... އެންމެން ބަދަލުވާނެ...ހައްހައްހާ...
ލަފާއަރުވާމީހާ
06 March 2018
ރައީސް ޔާމީނު ލޯފުޅު ތޫނުވާނެ، ވިސްނުންފުޅު ފުންވާނެ! ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކުގަވެސް އެބައުޅޭ މަނިކުފާނުގެ ފިކުރާ އިދިކޮޅުމީހުން. މިތަންތަން ފިތުނައިން ސަލާމަތްކޮށް އިތުބާރުހިފޭމީހުން ބޮޑެތި މަޤާމުތަކަށް ލުމަކީ ވަރަށް މުހިންމު ކަމެއް! މިގޮތުން ޕޮލިސް ކަމިޝަނަރަކަށް ހަމުދޫނު ހަމަޖައްސަންފެނޭ!
ޓިނު
06 March 2018
ހުރިހާއެއްޗެއް ކަނީ މުޅިގައުމުވެސް ކާލާނެ މިއީ ފެމުނުމިޔަރެއް ބަލިކޮއްލަން ވަގުތުވެސްނަގާނެތާ ކުޅިދައްކާލާނަން މިކަންނިމޭގަޑީގަ......ނިމޭނެކަން ހަމަޔަގީން.
ކަލޭ މަހަށްދާށޭ ކިޔާ ތިގޮވާނަގ
06 March 2018
ކަލޭ މަހަށްދާށޭ ކިޔާ ތިގޮވާނަގަނީ އެއަށްވުރެ އަބުރުވެރި ޝަރަފުވެރި މަސައްކަތެއް ނިކަން ދައްކަބަލަ! ދަށްކުރުމުގެ ގޮތުން ކިޔަންޏާ އެއީ ކަލޭގެ އުނިކަން.