މާލޭގައި މިރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި އެވެ.
ފުލުހުން ބުނީ އުމުރުން 19 އަހަރުގެ ޒުވާނެއްގެ ގަޔަށް ވަޅި ހަރައިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ޒުވާނާގެ ކަނާތު ކޮނޑަށް ވަޅި ހަރާފައިވީ ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ވަޅި ހަރާފައި ވަނީ އެހާ ފުންކޮށް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
"އޭނާ އަށް މިހާރު އަންނަނީ އިމަޖެންސީ ރޫމްގައި ފަރުވާދެމުން،" އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިރޭ 10 ޖަހާކަން ހާއިރު، އެ ޒުވާނާގެ ގަޔަށް ވަޅި ހެރީ މާފަންނު" ވޯންޓެޑް" ސަރަހައްދުންނެވެ.