ހޯމް މިނިސްޓަރު އުމަރު އިއްޔެ "މިހާރާ" ވާހަކަ ދައްކަވަނީ: އޭނާގެ ބެއްލެވުމުގެ ދަށުގައިވާ ދާއިރާއަކުން ކޮރަޕްޝަންގެ އަމަލު ހިންގަން އެއްވެސް މީހަކަށް ނުކެރޭނެ ކަމަށް ވިދާޅުވި.-- ފޮޓޯ/ މުހައްމަދު ޝަރުހާން/ މިހާރު
24 މެއި 2016 - 18:42
މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުން މަނާކުރަނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ދަތިވާތީ ކަމަށާއި އެހެން ސަރަހައްދުތަކުގައި އެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅާކަމުގެ ފާޑުކިޔުންތައް ކުރިމަތިވެފައި ވަނިކޮށް އުމަރު އެހެން ވިިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ޑެލީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ މާލޭގެ މަގުތައް ފިޔަވައި އެހެން ތަންތަނުގައި މުޒާހަރާ ކުރެވޭނެ ކަމަށާއި މަގުތަކުގައި މުޒާހަރާ ނުކުރެވޭނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ދަތިވާތީ ކަމަށެވެ. އަދި ރަށްރަށުގައި ނަމަ ކޮންމެ ތަނެއްގައި ވެސް ހުރަހެއް ނެތި މުޒާހަރާކުރެވޭނެ ކަމަށް އެ ބައްދަލުވުމުގައި އުމަރު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް މީގެ ކުރިން އާޓިފިޝަލް ބީޗް ފަދަ ހުސް ބިންތަކުގައި ބާއްވަން އުޅުނު މުޒާހަރާތައް ވެސް ފުލުހުން ހުއްޓުވާފައިވެ އެވެ. އަދި އެތަންތަން މިހާރު ސިޔާސީ އެއްވުންތަކަށް ދުލެއް ވެސް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy