ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ: މާސްކް ނާޅައި މުޒާހަރާ ކުރުމުން މިނިސްޓަރު ވަނީ އެކަން ފާހަގަ ކުރައްވާފައި
28 އޯގަސްޓް 2020 - 20:36
ކޮވިޑް-19 ފެތުރެމުންދަނިކޮށް، އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މުޒާހަރާކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާނުލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފައި ވަނިކޮށް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ. އޭނާ ގޮވާލެއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭން ކަނޑައަޅާފައިވާ މިިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށެވެ.
މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ މުހިއްމުކަން ޓްވީޓްގައި ހޭޝްޓެގުން އިމްރާން ފާހަގަކުރެއްވި އެވެ.
އިދިކޮޅުން މިއަދު މުޒާހަރާކުރީ، ކޮވިޑް-19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާއިރު، މީހުންގެ މެދުގައި އެއްވެސް ގައިދުރުކަމެއް ނެތެވެ.
Rayyithunge sihhee rakkaatherikan nagaalumaa, khiyaalu faalhukurumuge minivankamaa dhemedhu varah bodu faragehvey. Sihhee kulli nurakkaluge haalathaa gulhigen HPA in kandalhaafaivaa minganduthakah hurihaa faraayithakun thabaavumah govaalan. #WearAMask #PhysicalDistancing
— Imran Abdulla (@ShimranAb) August 28, 2020
މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން މިއަދު ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މިންގަނޑުތަކާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރާށެވެ. އެކަން އިއުލާންކޮށް، މިދިޔަ ހަފުތާގައި އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ސަރަހައްދުގައި މުޒާހަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އިދިކޮޅު ކޯލިޝަނުން މުޒާހަރާތައް ބާއްވަން އިއުލާން ކުރުމާއެކު ފުލުހުން ވަނީ މިއީ އެއްވުންތައް ބާއްވަން އެންމެ އެކަށޭނެ ވަގުތު ނޫން ކަމާއި އެހެންކަމުން އެފަދަ ހަރަކާތްތައް ނުބާއްވަން އިލްތިމާސްކޮށްފަ އެވެ.
ޕީއެންސީ ކޯލިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެކަމަކު އޭރު އެ މުޒާހަރާތައް މެދުކަނޑާލީ، ކޮވިޑް-19 މާލެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަަމަށް އިއުލާންކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
30 August 2020
ސިއްހީ ހާލަތު ސިޔާސީ ނުކުރަމާ. ބަލާބަލަ އެމެރިކާ، ބެލެރޫސް، ޖަރުމަންވިލާތް .... ރައްޔިތުން ނުތިބޭނެ ތަޅުލެވިގެން ގައުމު ހަނާވާއިރަކު ބަލާކަށް
ލުތުފީ
29 August 2020
ކޮބާތޯ މިނިސްޓަރ ގެ ޒިއްމާ
އެބުނާހެން
29 August 2020
އެޗްޕީއޭ ގަވައިދާ އެއްގޮތަށް މުޒާހަރާކޮށްބަލަ. އެންމެން މާސްކް އަޅައިގެން ތިބެ ގައިދުރުކަން ބަހައްޓައި ތިބެފިނަމަ މަގުތައްވެސް ފުރޭވަރުވާނެ ޑިސްޓެންސް ބަހައްޓައިގެން މީހުން އެތުރިގެން މުޒާހަރާކުރީމަ.
ރަންނަ
29 August 2020
ހުރިހާކަމެއްވެސް ކުރާނެ. ތަންފީޒީ އިދާރާތައް އޮތީ ފެއިލް ވެފައި.
އިސްލާހު
29 August 2020
އިމްރާނު ދައްކާ ވާހަކަ އަޑުއަހާނެ ދިވެއްސަކު ހުރިހެނެއް ހިޔެއް ނުވެއެވެ.
ޢަފްލާ
29 August 2020
އަހަރެމެން ވެސް ތިހެން ކ8ޔަކިޔާ ތިއްބާ ކަލޭ މަގުމަތީގަ ފުލުހުންނަށް އަނިޔާދިނިމަށް ހިއްވަރުދީ ހެދީ އެހެންވެ ކަލޭ 12 އަހަރަށްބޖަލަށް ހުކުމް ކުރީ ސަލާމަތް ވީ ވެރިކަން ފޭރުމުން
211111
29 August 2020
3....4 މަސްވީއިރު އެއްވެސް ހައްލެއް އެޖެންޑާ 19 އައް އެއްވެސް ހައްލެއް ނެތް.... ދިވެހިރައްޔިތުން ނިކަ މެތިވަނީ ... ނާޤާބިލް ވީ މަ ރައްޔިތުން ބޮލުގަ ނާޅުވާ ... ނޫސްވެރިނައް ފުރަތަ މަ ޖަވާބުދާރިވޭ...... މިއޮތްލސންކާ ސީސެލްސް މޯރީސަސް ބޫޓާން ..އެއޮތީ ކޮވިޑް ކޮންޓުރޯލް ކޮއްފަ ... އިންޑިޔާއިން އައިސް ޖެޓީ އަދި ޕާކު ވަށާ ފާރު ރޭނުމަކުން ރައްޔިތަކައް ފައިދާއެއްނެތް.. ؟؟؟؟؟؟؟
ރަ ދީފް ހުސެން
29 August 2020
ހުލު މާލެ ބަސްދަތުރު، ސަރުކާރުގެ ވެރިން ތަންތަނައް އެއްވާއިރު، ނުވިތާކައް މިރޭ އަޅިފާން ޖަހާ އަލިފާން ނިންވާތަން ބަލަދިޔަ ސަރުކާރުގެ މީހުނާ އެތަނުގަ ގޮތަސް ތިބިގޮތަް ބަލާބަލަ. ދައުލަތް ލޫޓުވާލީ މަ މުޒާހަރާވެސް ކުރާނެ ފަހަތުންވެސް ދުވާނެ. ކޮވިޑް އޮތްތާ ބާއްވާ.
މޯޑް
29 August 2020
އިމްރާނު މެން ފެއިލްވެފަ ވާތީ މި ނާޒަކު ދަނޑިވަޅުގަވެސް މާލޭ މަގުމަތީ މުޒާހަރާ ކުރެވެނި. ޓުވިޓަކުން މިނިސްޓްރީ ހިންގަން ތި އުޅެނި.
ދިއްދޫމީހާ
28 August 2020
ބަލަ އިމްރާނޫ އަހަރެމެން ކިތައްރޭ ތިބިން ނުނިދިފާ؟؟ ކުޑަ ސޮރު ނުނިދާގެނެ، އިމްރާނު މެން މަޖީދީ މަގަ އެއްވެގެން އުޅެނީ، މިކިޔަނީ 2012ގަ، ކިތައްރޭ ކުޑަ ސޮރު ހޭލާގެން ނުނިދިފާ ތިބެނީ، އެއިރު އަހަރެމެން ބުނިން މުޖާހަރާކޮއް އާއްމު މައްސަލަހަތު ނަގާ ނުލާށޭ، އެއިރު އެސޮރު ހޭލި ގޮތައް އަދިވެސް އުޅެނީ ރޭގަނޑު ނުނިދާ، އެހެންވީމޢ މިހާރު އިމްރާނުއަ އިންގޭނެ މުޖާހަރާ ކުރީމަ ވާ އުންދަގޫ، މިކޮމެންޓް ޖަހާދޭނެބާ؟؟؟