22 ޖޫން 2018 - 20:35
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެއް ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން ކޮންގްރެސްއިން މިއަދު ފާސްކޮށްފި އެވެ.
ޕެރެޑައިސް އައިލެންޑު ރިސޯޓުގައި މިއަދު ފެށި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ޖޭޕީގެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ގާސިމް އިބްރާހީމަށް، ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.
އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރެކެވެ.
ލީޑަރުގެ ބާރުތައް، އެ ޕާޓީގެ ރައީސްގެ ބަދަލުގައި ނައިބު ލީޑަރަކަށް ދޭން ހަމަޖެއްސިއިރު، ރައީސް ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެކަންޏެވެ. ވަރަށް ފަހުން ޖޭޕީއާ ގުޅިވަޑައިގަތް އަލީ ވަހީދަށް ރައީސް ކަން ދޭން އެ ޕާޓީގެ އާއްމު ބައެއް މެމްބަރުން ދެކޮޅެވެ.
ޖޭޕީގައި ކުރިން ރައީސާއި ނައިބު ރައީސްގެ މަގާމެއް ނޯވެ އެވެ. އެ ދެ މަގާމް އުފެއްދީ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުންނެވެ.
ޖޭޕީގެ ރައީސަކީ ޕާޓީގެ އިދާރީ ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ އެވެ. އަދި ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ޒިންމާ އުފުލާނީ ނައިބު ރައީސް ކަމަށް ވެސް ކޮންގްރެސް އިން ވަނީ ނިންމައިފަ އެވެ.
ޖޭޕީގެ ނައިބު ރައީސަކަށް ކުރިމަތިލެއްވީ ކެލާ ދާއިރާގެ ކުރީ މެމްބަރު އަބްދުﷲ މައުސޫމެވެ.
އެ ޕާޓީ އަށް ހަތަރު ނައިބު ލީޑަރުން މިރޭ އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ނައިބް ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން--
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރިޔާސަތު ބަލަހައްޓަވާ ކޮންގްރެސްއަށް އެ ޕާޓީގެ މެމްބަރު އިބްރާހިމް ހަނީފް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އަސާސީ ގަވައިދު ފާސްކުރީ އެ އިސްލާހުތަކާއެކު 303 މީހުންގެ ވޯޓުންނެވެ. ކޮންގްރެސްގައި ބައިވެރިވީ ގާތްގަނޑަކަށް 400 މެމްބަރުންނެވެ.
އަސާސީ ގަވާއިދަށް ގެނައި އިސްލާހުގެ ތެރޭގައި، ޖޭޕީގެ ކައުންސިލް މެމްބަރެއް ނުވަތަ ކޮމެޓީއެއްގެ ޗެއާމަން، ބައްދަލުވުމަކަށް ހާޒިރުވާން އުޒުރުވެރިވާ ހާލަތްތަކުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓް ލެއްވޭނެ ކަމަށް ވަނީ ފާސްކޮށްފަ އެވެ.
ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ޖުމްހޫރީ ޕާޓީގެ އާ ލޯގޯ އާއި ދިދަ ފާސްކޮށްފަ އެވެ. ޖޭޕީގެ ލޯގޯގައި ކުރިން އިންނަ ހަނދުފަޅި، ލޯގޯ އިން މިހާރު ވަނީ އުނިކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ އާ ލޯގޯ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ދިރާސާކުރަން ކުޑަކޮމެޓީއެއް ހަދައި މެމްބަރުންނަށް ކުރިން ވަނީ ފުރުސަތު ދީފަ އެވެ. މިއަދުގެ ކޮންގްރެސްއަށް އެ އިސްލާހުތައް ހުށަހެޅީ އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ފާސްކުރުމަށް ފަހު އެވެ. އެހެންވެ ވަކިވަކި އިސްލާހު ހުށަހެޅުމަށް މާބޮޑު ފުރުސަތެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުގެވާރޝަން
24 June 2018
ޔާމީނު ބޭނުންވިގޮތަށް ތިވަނީ އަމިއްލަ ޕާރޓީގައި އޮތް ލީޑަރުކަންވެސް ގާސިމަށް ގެއްލުނީ ޔާމީނީ ވެރިކަމުގަ ޔާމީނީ ޒައާމަތުގަ ތިހުރިހާ ކަމެއް ވަމުން މި ދަނީ މިފެންނަނީ ލުނބޯހުތެއް ފެލާހެން ގާސިމް ފެލިގެންދާ ތަން
އަލިފް
23 June 2018
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑެކެވެ.
މަންސޫރު
23 June 2018
ލީޑަރު ހުންނާނީ އެންމެންނަށް ކިއްލި ތަޅައިދޭން.
މަރަދޫމީހާ
23 June 2018
އެމްޑީޕީ ސާފުވެއްޖެއް....ތިއަލީވަހީދަކީ އެއްވެސް ސިޔަސީ ބުރަދަނެއްހުރިމީހެއްނޫން...މިއަދު.ވ.އަފާވެއްޖެއް ހަމަގައިމުވެސް އެމްޑީޕީން އެނަވަކވެއްޖެއް....ކިރިޔާވެސް ސިކުޑީގެ ތެއްކަމެއް ހިރިމީހަކު ވެއްޖެއްޔާ އެގޭނެ ޖުމުހޫރީ ޕާރޓީން އެޕާޓީގެ ރައީސްކަމަށް ކރިމަތލާނެ މީހަކުނުވެގެން ބާ ޤާސިމު މިބޭފުޅާ ގެންދިޔަޢީ....ނޫނީ ޤަސިމުދެކެ ގަންނާ ކުރަނިވި ބިރުން އެކަކަށް ވެސް ލާންނުކެރުނީތޯ!!!! މިހާރު ތިވީގޮތުން ޕާޓީގައި ޕާޓީރޫހާއެއްގޮތަށް މަސަކަތްކުރާމީހުން ނަ އަގުވަޒަނަށް ނުވިނޫންތޯ
ފޫހި
23 June 2018
ރަނގަޅަށްއެވީ. އޭނާ މައުމޫނަށް ކެމްޕޭންކުރީ. މައުމޫނު ނުހޮވުނު. ދެން ނަޝީދަށް. ނަޝީދު ނިހޮވުނު. ދެން މިހާރު ގާސިމް ފުޑާލަން. އެޕާޓީއަށް އިޚްލާސްތެރިންތިއްބާ ހަމަރައީސްކަމަށް ޕާޓީއަށް އެއްވެސް ހިދުމަތެއްކޮށްނުދީ. އަލީވަހީދަކީ ފައިސާއާއި މަގާމަށް އެލާޖިކްވާ ފިޑިއެއް.
ނަޒީރ
23 June 2018
ޖޭޕީ އަކީ ބާރެއް ހަވާލު ކުރަން ބާރެއް އޮތް ބަޔެއްތޯ.. މީ ސުވާލު ކޮއްލަން އެބަޖެހޭ..
އަހްމަދު
23 June 2018
އަލީވަހީދު އެނެއްކާވެސް ލެެއްގިމީހުންގެ ޕާޓީއަށް އާދޭ. ދެރެނުވޭ.. )-:
އަމިނާ
23 June 2018
ކޮންމެޕާޓީއެއްވެސް އުޅެނީ މުށަތެރެއަށް ރަށްޔިތުންލާ ފިއްތާލަން
މަގޫ
22 June 2018
މިވަގުތަށް އެންމެ ރަނގަޅުގޮތް . ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުމުން އިތުރަށް ކުރަންހުރި މަސައްކަތާއިގެން އާންމު މެންބަރުންގެ ބައިވެރި ވުމާއިއެކު ޕާޓީ އިތުރަށް ހަރުދަނާކޮކުރުމުގެ މަސައްކަތާއިގެން ކުރިޔަށްދާންވީއެވެ. މިވަގުތަށް އެންމެބޮޑު އިސްކަމެއްދޭންވީ ރިޔާސީ އިންތިހާބައް ހުރި ގޮންޖެހުން ތަކުން އަރައިގަނެ އަމާން ބަނދަރަކަށް ވާސިލުވުމުގެ މަސައްކަތެވެ.
އަބްދުﷲ
22 June 2018
އަލީބަލީގެ ކޮމެންޓަށް ތާއީދު. ޕާޓީތައް މިއޮންނަނީ ވަކިބަޔަކަށް ހިބަކޮށްދީފަ. މިކަން ރަނގަޅުނުކޮށް ވެރިކަމުގެ ސިސްޓަމްވެސް ރަނގަޅެއް ނުކުރެވޭނެ.