ފައްޔާޒް ހާފިޒް އެންޑް ކޯ އާއި އެންއޭއެސްޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިއަދު އެއްބަސްވުން ބަދަލުކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
07 އޯގަސްޓް 2018 - 17:43
ވިޔަފާރިގެ ދާއިރާ ގައި މަސައްކަތް ކުރާ ދިވެހި ވަކީލުން ތަމްރީން ކުރުމަށް، ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ ފައްޔާޒް ހާފިޒް އެންޑް ކޯ އާއި މެލޭޝިއާގެ އެންއޭއެސްޓީ ޓްރެއިނިން އެންޑް ކޮންސަލްޓެންސީން މިއަދު އެއްބަސްވެއްޖެ އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއް ގައި ފައްޔާޒް ހާފިޒް އެންޑް ކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު ފައްޔާޒް ސާތިރު އެވެ. އެންއޭއެސްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑައިރެކްޓަރު ތިވްޔާހް ވީލުރަޖަން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ވަކީލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ތަކެއް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ހެޔޮ އަގެއްގައި ތަމްރީނުތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ތަމްރީން ޕްރޮގްރާމް ތަކުގެ މައުލޫމާތު ފައްޔާޒް ހާފިޒް އެންޑް ކޯގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި، ތަމްރީން ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުން މީހުންނަށް ވެބްސައިޓް މެދުވެރިކޮށް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
އެންއޭއެސްޓީ ޓްރެއިނިން އެންޑް ކޮންސަލްޓެންސީ އަކީ ފުޅާ ދާއިރާއެއްގައި ތަމްރީން ޕްރޮގުރާމްތަކާއި ކޮންފަރެންސްތައް ހިންގަމުން އަންނަ މެލޭޝިއާގެ ނަން މަޝްހޫރު ކުންފުންޏެ ކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންރީނދޫ ކުއީން
07 August 2018
ފައްޔާޒް ސާރގެ ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުން، ތި ކޮއްދެއްވާ މަސައްކަތްތައް ބަލައިގަނެ ޝުކުރުވެރިވަން.. ވަރަށް ނޮލެޖް މުއްސަނދި އިލްމީ ބޭފުޅެއް!
ވަހީދު
07 August 2018
ތިޔާކަހަލަ ވަކީލުން ތަމްރީނުކޮށްގެން ވިޔަސް އަހަރެމެންނަށް ހެޔޮ އަގެއްގައި ތަކެތި ލިބެނިކޮން ތިޔާވީ.ޝުކުރިއްޔާ އަދި މަރުޙަބާ.
ހަމިއްޓޭ
07 August 2018
ގައުމަށް ބޭނުންވަނީ ތިފަދަ ހިދުމަތްތައް. ކުރިއަށް ވަޑައިގަންނަވާ ތިފަދަ ބޭފުޅުން.