ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 20 ބޭފުޅަކަށް، ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް ވަނީ ދެއްވައިފަ އެވެ. މީގެ ތެރެއިން ހަތަރު ބޭފުޅުންނަކީ، ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް 15 ބޭފުޅަކަށް ލިބިވަޑައިގެންނެވި އިރު، މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު 24 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.
ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ފަސް ބޭފުޅުން:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި ޚިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ އިން: ޝޭހު އަހުމަދު ފާރޫގު މުހައްމަދު- ހ. ހިތްފަހި
2- ފަތުރުވެރިކަމުގެ ދާއިރާ އިން: އަހުމަދު މާހިރު- މއ. ރައުފަތުގެ
3- އިޖުތިމާއީ ޚިދުމަތުގެ ދާއިރާ އިން، ޖަމާއަތަށް ފައިދާ ހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ޝަމީމާ ކަނބުލޭގެފާނު- މއ. ފެހިއަލިއާގެ
4- މަސައްކަތްތެރިކަމުގެ ދާއިރާ އިން:
އަލްމަރްހޫމް މުހައްމަދު ޝާކިރު (ބޮއެ ޝާކިރު) ގެ ހަނދާނަށް
5- ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ހީނާ އަހުމަދު ސަލީމް ހ. ހީނާގަސްދޮށުގެ
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 15 ބޭފުޅުން:
1- ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާ އިން: އަބްދުލްމަޖީދު މުހައްމަދު- ފިނިހިޔާގެ ބ. އޭދަފުށި
2- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން، ދިވެހި ބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުން: އަބްދުއްރަޝީދު އަލީ- ދިލްކަޝްގެ ބ. އޭދަފުށި
3- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ އިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: ވޮރަންޓް އޮފިސަރު 1 އަބްދުއްރައްޒާގް އަބްދުއްރަޙްމާން- ކާށިދޫގެ ހއ. ބާރަށް
4- ސިއްހީ ދާއިރާ އިން، އާންމު ސިއްހަތު ކުރިއެރުވުމުގެ ރޮނގުން: ޑޮކްޓަރު އަބްދުﷲ އަފީފް- ހުދުވިލާގެ ސ. މީދޫ
5- އިޖުތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ތަފާތު ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ރޮނގުން: މަރްޔަމް ސަހުދާ- ދަފްތަރު ނަންބަރު 4356
6- ފަތުރުވެރިކަމުގެ ދާއިރާ އިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: މުހައްމަދު ފިރާގް- ހ. ލޭޑީބާޑް
7- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން، މައުލޫމާތު ފެތުރުމުގެ ރޮނގުން: މުހައްމަދު ޖަވާދު- ދަފްތަރު ނަންބަރު 2600
8- ޑައިވިންގެ ދާއިރާ އިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން:
ޒޫނާ ނަސީމް- ލަކީކޯނާ ނ. ކުޑަފަރި
9- ޑައިވިންގެ ދާއިރާ އިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން: އާސިމް މުއައްމަދުފުޅު- އިރާކް ކ. މާފުށި
10- ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު (ސަތޯ)- ޖަވާހިރުވިލާ ސ. ހުޅުދޫ
11- ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ސްޓާފް ސާޖަންޓް އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ތިބުރޯޒުގެ ވ. ކެޔޮދޫ
12- ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ނައުފަލް މޫސާ- ޑޭޒީމާގެ އއ. އުކުޅަސް
13- ވިޝުއަލް އާޓްސްގެ ދާއިރާ އިން، ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން: އަލީ ޝިފާއު- ގ. ހޮޅިގެ
14- ވިޝުއަލް އާޓްސްގެ ދާއިރާ އިން، އެނިމޭޝަންގެ ރޮނގުން: އަހުމަދު ސިނާން- ޗަމަން ރ. ފައިނު
15- ޕާފޯމިން އާޓްސްގެ ދާއިރާ އިން، ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ކީރަންމާގެ ގދ. ތިނަދޫ
ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ އިތުރުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ދެ ބޭފުޅަކަށާއި ދިވެހި ގައުމީ ޔުނިވަސިޓީން ފުރަތަމަ ޕީއެޗްޑީ ހޯއްދެވި ދެ ބޭފުޅަކަށް ވެސް އަގު ވަޒަން ކުރުމުގެ އިނާމު ރައީސް ޔާމީން މިރޭ ދެއްވި އެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދި 19 މީހަކަށް ވެސް ރައީސް ޔާމީން އިނާމު ދެއްވި އެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް ބައިނަލްއަގްވާމީ މިން ކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން ރައީސް ދެއްވާ އިނާމު ހާސިލުކުރި ތިން މީހަކަށް ވެސް އިނާމު ދެއްވި އެވެ. އަދި ކީރިތި ޤުރްއާން ހިތުދަސް ކުރި ހަތް ހާފިޒަކަށް ވެސް ރައީސް މެޑަލް ދެއްވި އެވެ.
އަދި، މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނާއި މިދިޔަ އަހަރާއި މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެކި މާއްދާތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ވެސް ރައީސް ޔާމީން މިރޭ މެޑަލް ދެއްވި އެވެ.