އޯލީ ނެއިލް ޕޮލިޝް ބްރޭންޑް
04 އޯގަސްޓް 2016 - 06:21
ކޮސްމެޓިކްސް ދާއިރާގެ އެންމެ ބޮޑެތި ބްރޭންޑްތަކާއި އަލަށް ލޯންޗުކުރާ ބްރޭންޑުތަކުން މިހާރު ފޯކަސް ކުރަނީ ހަލާލް މޭކަޕާއި މުސްލިމުންނަށް ބޭނުންކުރެވޭ ވައްތަރުގެ ކޮސްމެޓިކްސް އަށް އިސްކަންދެ އެވެ. ނެއިލް ޕޮލިޝް އަކީ ކޮންމެ އަންހެންކުއްޖަކު ވެސް ޖައްސާހިތްވާ އެއްޗެކެވެ. "އޯލީ" ކިޔާ އެމެރިކާގެ ބްރޭންޑަކުން "ބްރީތަބަލް" ނެއިލް ޕޮލިޝް އެއް އުފައްދައިފި އެވެ. މި ނެއިލް ޕޮލިޝް ޖައްސާފައި ހުއްޓަސް ނިޔަފަތީގައި ފެން ޖެހޭނެ އެވެ.
ކޮންޓެކްޓް ލެންސެއް ގޮތަށް ތައްޔާރުކޮށްފައިވާ މި ނެއިލް ޕޮލިޝް އަކީ އޮކްސިޖަނާއި ހައިޑްރޮޖެން ދައުރުވާ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.
"ޕޯރަސް ނެއިލް ޕޮލިޝްގައި ނިޔަފަތީގައި ކުލަ ޖައްސާފައި ހުއްޓަސް ނިޔަފަތީގައި ފެން ޖެހޭނެ އެވެ. އަދި ވުޟޫކޮށް ނަމާދަށް އަރަން އެކަށީގެންވާ ނެއިލް ޕޮލިޝް އެއް ކަމުގެ ޔަގީންކަން ދެމެވެ. އޯލީ ބްރޭންޑުން މިހާރު ދަނީ މި ބްރޭންޑަށް ހަލާލް ސެޓްފިކެޓް ހޯދަން މަސައްކަތް ކުރަމުންނެވެ." އޯލީގެ ޕްރެސް ރިލީޒެއްގައި ބުނެފައިވެ އެވެ.
އާގަން ތެޔޮ، ވިޓަމިން ބީ5 އަދި ވިޓަމިން ސީ ފަދަ ނިޔަފަތި ވަރުގަދަ ކޮށްދޭ ބާވަތްތައް ވެސް މި ނެއިލް ޕޮލިޝްގައި ހިމެނެ އެވެ. އެކި ވައްތަރުގެ މަޑު ކުލަތަކާއި ގަދަ ކުލަތައް ހިމެނޭ 18 ވައްތަރެއްގެ ކުލަ ހިމެނޭ މި ކަލެކްޝަން އޮންލައިން ފިހާރަތަކުން މިހާރު ލިބެން އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީނި
08 August 2016
ވުޟޫ ސައްޚަ ވިޔަސް އަމުދަކުން އަހަރުމެން ތި އެއްޗެއް ގަންނާކަށް ނޫޅެން
ލަދުރަކި ބެއްޔާ
05 August 2016
މުސްލިމުންނަށް ޚާއްސަ ބިކިނީ ސެޓް ވެސް ދުވަސްކޮޅަކުން ނެރޭނެ. "އެކަނބަލުންގެ ޒީނަތްތެރިކަން" ފާޅުކުރުން އާންމު ވީވަރަކަށް ތިޔަކަހަލަ ވިޔަފާރިތައް ފުޅާވާނެ.
މޮޔަ ނުވޭ
04 August 2016
އަހަރެން ތީތި ގަންނާނެކަން ޔަގޭން
ނޭ
04 August 2016
އެމެރިކާގެ އުފެއްދުމެއް ވެސް ބޭނުމެއްނޫން.
ނތއަބުޅޮ
04 August 2016
މިކަމާގުޅޭގޮތުން ދީނީއިލްމުވެރިއެއްގެ ބަސްފުޅެއް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް