ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ.
މާލެ ފިޔަވައި އެކި ރަށްރަށުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ލަމްއާން އައްޔަން ކުރިއިރު، އޭނާ މިހާތަނަށް ހުންނެވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އެ މަގާމަށް ލަމްއާން ހަމަޖެއްސުމަށް ފަހު، މިދިޔަ މާޗް 29 އިން ފެށިގެން އޭނާ ހުންނެވީ ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފެވެ.
ލަމްއާނަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ އިސް ބޭފުޅެކެވެ.