ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިންތިހާބުވެއްޖެ ނަމަ، މައުމޫން މިނިވަން ކުރާނެ ކަމަކަށް ގަބޫލު ނުކުރަން: ނަސްރީނާ

ކްރިމިނަލް ކޯޓު ސަރަހައްދުގައި ނަސްރީނާ. - ފޮޓޯ: މިހާޜު

22 ސެޕްޓެމްބަރ 2018 - 17:49

ދޮޅު އަހަރުގެ ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމުގެ ބާރު އޮތީ އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅު މަތީގައި ކަމަށް ވިދާޅުވި ކަމަށް ވިޔަސް، މައުމޫން މިނިވަން ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވަނީ އަނިޔާވެރިކޮށް ކަމަށް ވިދާޅުވެ، ނަސްރީނާ އިއްޔެ ދެއްކެވި ވާހަކަފުޅުތަކަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވަނީ ރައްދު ދީފަ އެވެ. އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މައުމޫނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ ޕީޕީއެމްގަ އެވެ.

ނަސްރީނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، މައުމޫން ގެއަށް ވަޑައިގަންނަވާނެ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށެވެ. އެކަމަކު، މައުމޫން މިނިވަން ކުރުމުގެ ބާރު މިހާރު ވެސް އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

"މި އޮތް ހުރިހާ ދުވަހު ކީއްވެގެންތޯ އެކަން ނުކޮށްދެއްވީ؟" ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވި ގޮތުގައި، ޖަލުގައި ވާނުވާ ނޭނގި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެ ހުރިހާ އެންމެން ވެސް މިނިވަން ވާން ބޭނުންފުޅުވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވި އެވެ. އަދި ގައުމު ބިރުވެރިކަމުން ސަލާމަތްވާން ބޭނުންވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވި އެވެ.

މީގެއިތުރުން، އިރުއިރުކޮޅާ އުސޫލުތައް ބަދަލުކޮށްލާފައި، ރައީސަކު ހުންނަވާ ބޭފުޅަކު ހިތްޕުޅުވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރުން ހުއްޓުވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454