ޚަބަރު / ސިނަމާލެ ބްރިޖު

ރާޅުގަނޑު ހުޅުވާލި އިރު ނުރައްކާތެރި ކުނިބުނި

ސިނަމާލެ ބްރިޖު ކައިރިން ރާޅުގަނޑު ސަރަހައްދުގައި ބޮޑު ދަގަނޑު ހޮޅިއެއް: ރާޅާއެޅުންތެރިންނަށް މި ތަން ހުޅުވާލި އިރު ސާފުކޮށްފައި ނުވާތީ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ވަނީ އުފެދިފައި. ފޭސްބުކް ފޮޓޯ: ފުކޫ އަރީފް

ސިނަމާލެ ބްރިޖު އަޅަން މާލޭގެ ރާޅުގަނޑު ސަރަހައްދު ބަންދުކުރުމަށް ފަހު އެ ތަން އަލުން ހުޅުވާލި އިރު ބޮޑެތި ދަގަނޑު ހޮޅި ފަދަ ނުރައްކާތެރި ސާމާނު މޫދުގައި ހުރި މައްސަލައިގައި ރާޅާއެރުންތެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖު އަޅަން ފެށުމާ އެކު، ލޮނުޒިިޔާރަތްކޮޅުގައި ރާޅާއެޅުން މާޗް 2016ގައި މަނާކުރުމަށް ފަހު މި މަހު 7ގައި ބްރިޖު އާއްމުންނަށް ހުޅުވުމާ އެކު ރާޅާއެޅުން ހުއްދަކުރި އެވެ. ނަމަވެސް ބްރިޖު އަޅަން ހެދި ވަގުތީ ޕްލެޓްފޯމްތަކުގެ ބައިތައް އެ ސަރަހައްދުގައި އަދިވެސް ހުރުމުން ރާޅާ އެޅުމުގައި ސަމާލުވާން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

ބްރިޖު ހުޅުވަން ތައްޔާރުވި އިރު ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި ރާޅާއެޅުން މަނާކުރީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށާއި "ބްރިޖު ހުޅުވުމާ އެކު، އުފަލާ އެކު ރާޅާއަޅަންވީ" ކަމަށެވެ.

އެކަމަކު ރާޅުގަނޑު ހުޅުވި އިރު އެ ތަން ސާފުކޮށްފައި ނުވާތީ ރާޅާއެޅުންތެރިންނަށް ވަނީ ނުރައްކަލާ ކުރިމަތިލާން ޖެހިފަ އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރި ބައެއް އެއްޗެހި. ފޭސްބުކް ފޮޓޯ: ފުކޫ އަރީފް

ރާޅުގަނޑު ސަރަހައްދުގެ މޫދުގައި ހުރި ކުނިބުނީގެ ފޮޓޯތަކަކާ އެކު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އަރީފު (ފުކޫ) ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދު އަދިވެސް އޮތް ގޮތަކީ އެއީ އެވެ. މޫދަށް އެރޭ މީހުންނަށާއި ފަރުތަކަށް ވެސް އެ އެއްޗެހީގެ ނުރައްކާ ބޮޑުކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

"މިއިން ހޮޅިއަކަށް އެރިއްޖެއްޔާ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބުން އެކަށީގެންވެ އެވެ،" ރާއްޖޭގެ އިސް ރާޅާއެރުންތެރިއެއް ކަމަށްވާ ފުކޫ ލިޔެފައިވެ އެވެ.

"ފަރުމަތީ ބައެއް ހޮޅިތައް ރާޅާއެކީ ފުރޮޅި ފަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން."

ފުކޫ ވަނީ އެ ތަކެތި މޫދުން ނަގައި ސާފުކޮށްދޭން އެންވަޔަރްމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ކިބައިން އެދިފަ އެވެ.

ބްރިޖުގެ މަސައްކަތް ފެށުމާ އެކު އެ ސަރަހައްދުގައި ރާޅާއެޅުން މަނާކުރުމުން ރާޅާއަޅާމީހުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ޝަކުވާ ވެސް ހުށަހެޅި އެވެ.

އެކަމަކު އެހާ ބޮޑު މަސައްކަތެއް ކުރިއަށް ދާ އިރު ރާޅާއެޅުންތެރިންނަށް ނުރައްކާތަކެއް ކުރިމަތިވެދާނެތީ ސަރުކާރުން އެ ސަރަހައްދު ބަންދުކުރީ އެވެ.

43 ކޮމެންޓް, 163 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 12%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެންހ

28 September 2018

ތިތަން ސާފުކޮއް ހުރީހާ ހޮޅިތައް ނަގަން ކޮންޓްރެކްޓަރައް 6 މަސްދުވަސްދީފަ އޮންނާނެ ކަމައް ކުރިންވެސް އޮތީ އަންގާފަ. ޖަޒީރާ ކުދިން ނައް ކަމުނުދަންޔާ އަވަސްކޮއްލާ

The name is already taken The name is available. Register?

ާަްަްަްސިމާ

28 September 2018

މިނިސްޓަރ މުައިޒް މިކަމުގައި ޖަވާބުދާރީވުމަށް މަޖްލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އަންގަން ޖެހޭ. ކޮންމެވެސް ފަރާތަކުން މިކަމަށް ޒިންމާނަގަން ޖެހޭނެ! ހަމައެކަނި ބްރިޖް ހުޅުވުމަކުން ނުފުދޭނެ، ޒިންމާދާރު ކަމާއެކު ޕްރޮޖެކްޓްތަށް ހިންގަން ދަސްކުރަންޖެހޭ!!

The name is already taken The name is available. Register?

އިބަ

28 September 2018

ތިޔަފެންނަނީ ތިޔަމަސައްކަތުގެ ސަބަބުން އެހިސާބު މޫދައް ލިބިފަ ވާ ތިމާވެށީގެ ގެއްލުން.ކުނިބުނި ސާފުކޮށް އެސަރަހައްދަށް އެރޭމީހުންނަށް ސަލާމތްތެރި ތަނަކަށް ހަދަން ޖެހޭ.

The name is already taken The name is available. Register?

ރީނާ

27 September 2018

ބްރިޖް އަޅާފަ ރާޅުގަނޑު ހަވާލު ކުރިއިރު އޯ. ލޮލް. މީކަލޭގެ ގޯތިގެދޮރު ދޯ ހަދާނިންމާފަ ހަވާލުކުރަން. ބޮޑާކަމާ ފަނިހެދުން. މަވެގެން ކޮންމެމީހެއްވެސް. އަދިމުޅިން ނުވެސް ނިމޭމި މަސައްކަތް

The name is already taken The name is available. Register?

ބޮކަރުމާ

27 September 2018

އެހެންވެތާ ތިތަން ނުހުޅުވާން އުޅުނީ .... އެކަން ހަޖަމުނުވި ކިތައްމީހުން ތިތަނަށް އެރިއުޅެނިކޮށް ފުލުހުން ބޭރުކުރީ...

The name is already taken The name is available. Register?

ގުޑް އެންޑް ބޭޑް

27 September 2018

ސަރފިންގ ބޭޑް! ބެގް، ބޮރޯ އެންޑް ސްޓީލް ގޫޑް!

The name is already taken The name is available. Register?

ފަރުކޮޢި

27 September 2018

ތިހާ ތިމާވެށި ވެގެން އުޅޭ ކުދިން ކޮޅު އިޖުތިމާއީ ވެގެންސާފު ކޮށްލަބަލަ ދެން ތީ އެހާ ވަރު ކަމެއްތަ! ދަނޑުވެރިން ދަނޑު ސާފު ކުރާނީ މަސްވެރިން މަސްއޮޑި ސާފު ކުރާނި ބަދީގޭގައި އުޅޭ މީހާ ބަދިގެ ސާފު ކުރާނީ ތިބާމެންގެ ރާޅު ސަރަހައްދު ބޮޑާ ނަހާކަ ދެން ސާފު ކޮށްލާ ބްރޯމެން.

The name is already taken The name is available. Register?

މޭނާ

27 September 2018

ސާފުކުރާނެ ކަލޯ

The name is already taken The name is available. Register?

އަހުމަދުބޭ

27 September 2018

ބަލަ ކުރިންވެސް ބުނިދޯ އެސަރަހައްދު އަދި ސާފްކުރަންޖެހޭވާހަކަ، ވާއެއްޗެއް ބަލައިފަ މިކާމާ ކޮމެންޓް ކުރެވޭނީ

The name is already taken The name is available. Register?

ޟުމޮ

27 September 2018

މަގުތަކުގައި ހަރުކޮއް ފައިވާ ރިފިލެކްޓަރ ތައް ކަމަކުނުދެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454