ރިޔާސީ އިންތިހާބުގެ ވޯޓުލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ: އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ގިނަ ތުހުމަތުތަކެއް ކޮށްފައިވޭ --ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2018 - 16:08
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި، ވޯޓު ކަރުދާސް ޗާޕް ކުރުން އަދި ޚާއްސަ އަނގޮޓި ބޭނުން ކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހި ކަމުގެ ތުހުމަތުތައް ކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން، އެ އިންތިޚާބުގައި ބޮޑު ތަނުން ބަލިވި، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގަނެ، މާދަމާ އެ މައްސަލައިގެ ޝަރީއަތް ފަށަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް ދައުވާ ލިބޭ ގޮތަށް ހުށަހަޅާފައިވާ އެ މައްސަލާގައި އެދިފައި ވަނީ އިންތިޚާބާ ގުޅިގެން ފާހަގަވެފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށާއި އަދި ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރުކޮށް ދިނުމަށެވެ.
އެ މައްސަލައިގެ ދައުވާގައި ފާހަގަކުރި ކަންކަން ހިމެނޭ ލިޔުމެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މައްސަލަ އާއި އެ މަސައްކަތް ހަވާލުކުރި އެމް7 ކުންފުނީގެ މައްސަލައިގެ އިތުރުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޚާއްސަ އަނގޮޓިތަކެއް ބޭނުން ކުރި ކަމުގެ ތުހުމަތުގެ އިތުރުން ޚާއްސަ ކެމިކަލެއް ވޯޓު ކަރުދާހުގައި ބޭނުން ކުރި ކަމުގެ ތުހުމަތު ކޮށްފައިވެ އެވެ.
އެގޮތުން، ވޯޓު ކަރުދާސް ޗާޕް ކުރުމަށް ބީލަން ހުށަހެޅި ދެވަނަ ކުންފުނި ކަމަށްވާ ނޮވެލްޓީގެ ބިޑް އިވެލުއޭޓް ކުރިއިރު އެމް7 އަށް ވުރެ ގިނަ ޕޮއިންޓް ނޮވެލްޓީއަށް ލިބިފައިވާ ކަމަށާއި އެކަމަކު ވޯޓު ކަރުދާހުގައި ތިން ސެކިއުރިޓީ ފީޗާ ހުންނަން ޖެހޭނެ ކަމަށް ބަޔާން ކޮށް އެ ދެ ކުންފުނީގެ ބިޑްތައް އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ކަމަށް އެ މައްސަލާގައި ވެ އެވެ. އަދި އަލުން ބިޑް ކުރުމަށް ފުރުސަތު ދޭނެ ވަގުތު ނެތް ކަމަށް ބުނެ، ބިޑް ނުކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު އެމް7 ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
އެމް7 އިން ވޯޓު ކަރުދާހުގައި ފަސް ސެކިއުރިޓީ ފީޗާ ހިމަނަން ހުށަހަޅާފައިވާ ކަމަށް ބުނެ ބިޑް ކުރުމެއް ނެތި، އެ ކުންފުންޏަށް އެ މަސައްކަތް ދިނީ ފަހުން ކޮމިޝަނުން ކަނޑައެޅި އަދަދަށް ސަލާމަތީ ފީޗާތައް ހިމަނައިގެން ވޯޓު ކަރުދާސް ޗާޕް ކުރެވިދާނެތޯ ނޮވެލްޓީން ސާފު ކުރުމެއް ނެތި ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. އަދި އެމް7 ގައި ބޭނުންކުރާ ޗާޕް މެޝިންތަކަކީ އޮޑިޓް ކުރެވޭ މެޝިންތަކެއް ނޫން ކަމަށާއި އެހެންވެ ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ނުވަތަ މަދުން ކަރުދާސް ޗާޕް ކުރިޔަސް، އެކަން ނޭނގޭ ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރީ ވަކި ބޭނުމެއްގައި ކަމަށް ވެސް އެ މައްސަލާގައި ތުހުމަތު ކޮށްފައިވެ އެވެ.
މީގެ އިތުރުން އެމް7 އަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލަކާއި އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ނަދީމްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ބުނެ އެކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ. އެ ކުންފުނީގައި ގާސިމްގެ ދަރިކަަނބަލުން ޚަދީޖާ ސަނާގެ އެއް ހިއްސާ އާއި ވިލާ ހޯލްޑިންގްސް ކުންފުނީގެ 999 ހިއްސާ އޮންނަ ކަމަށާއި އެ ކުންފުނީގެ ބޯޑުގައި ސަނާގެ އިތުރުން ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ހިމެނޭތީ އެކަމަކީ ވަކި ގޮތަކަށް ނަތީޖާ ނެރެން މަގުފަހިވާނެ ކަމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
- އެމް7 ކުންފުނީގައި ގާސިމްގެ ބައެއް ބޭފުޅުންނާއި ޖޭޕީގެ މަސްލަހަތު އޮތުން.
- ވޯޓު ކަރުދާސް ރައްކާކުރި ތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތް.
- ފާހަގަ ޖެހޭ އަނގޮޓިތަކެއް ބޭނުން ކޮށްގެން ވޯޓު އޮޅުވައިލުން.
- ފާހަގަ ފޮހެވޭ ކެމިކަލެއް ވޯޓު ކަރުދާހުގައި ބޭނުން ކުރުމުގެ ތުހުމަތު.
- ކޮމްޕްލެއިންޓްސް ބިއުރޯ ހިންގުމުގެ ކަންކަން ރަނގަޅު ނުވުން.
- ވޯޓު ކަރުދާސް ސައްހަތޯ ބެލުމަށް ޔޫވީ ލައިޓް ބޭނުން ނުކުރުން.
- ވޯޓުލާ ކިއުތަކުގައި ހަދިޔާ ބެހުމާއި ކެމްޕެއިން ކުރުން.
- މަނާ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން.
- ތިން ފޮއްޓެއްގެ ވޯޓު ކަރުދާހުގެ އަދަދު ދިމާ ނުވުން.
- ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތް.
ވޯޓު ކަރުދާސްތައް ޗާޕް ކުރުމަށް ފަހު، އެތަކެތި އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ތަނުގެ ސަލާމަތީ ކަންކަމާ ވެސް އެ މައްސަލާގައި ސުވާލު އުފައްދާފައިވެ އެވެ. އެއީ، ވަދެ ނުކުތުމަށް މާ ބޮޑު ދަތިކަމެއް ނެތް ތަނެއް ކަމަށާއި އެހެންވެ، އެތަނަށް އެއްޗެއް ނުވައްދާ ކަން ނުވަތަ އެތަނުން އެއްޗެއް ނުނެރޭ ކަން ވެސް ޔަގީން ނުވާ ކަމަށް ދައުވާގައި ވެ އެވެ.
މީގެ އިތުރުން، ވަކި ގޮތަކަށް ނަތީޖާ އަނބުރައިލުމަށްޓަކައި، ފާހަގަ ޖެހޭ އަނގޮޓިތަކެއް އިންތިޚާބުގެ ކުރިން ރާއްޖެ ގެނައި ކަމަށް ވެސް އެ މައްސަލާގައި ތުހުމަތު ކޮށްފައިވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރެއްގެ އެންގުމަށް އެ ފަރާތްތަކުގެ ޚަރަދުގައި ޗައިނާ އިން އެފަދަ އަނގޮޓިތަކެއް ގެނައި ކަމަށާއި އެ ތަކެތި ބޭނުން ކުރާނެ ގޮތް ކިޔައިދީ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެތަކެތި ފޮނުވި ކަމަށް ވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. އަދި އެކަމުގައި އުޅުނު މީހުން ސިއްރު ހެކިވެރިންގެ ގޮތުގައި ހެކިބަސް ދޭން ތިބި ކަމަށް އެ މައްސަލާގައި ވެ އެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުން އެ އަނގޮޓިތައް ބޭނުންކުރީ ވޯޓު ކަރުދާސްތައް ތަރުތީބުކޮށް، ބައިބަޔަށް އަޅަމުންދާ ވަގުތު އެހެން މީހުންނަށް ނޭނގޭ ގޮތަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕް ކުރުމުގައި ކާބަން ފަދަ މައުދަނެއް ބޭނުންކޮށް، ކަރުދާސް ލަންބައިލުން ފަދަ ކަމެއް ކުރުމުން ވަކި ގޮތަކަށް ފާހަގަ ޖެހޭ ގޮތަށް ވޯޓު ކަރުދާސް ތައްޔާރުކުރި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ. އެއީ ކޮމްޕިއުޓަރުން ޖަހާފައިވާ ފަދަ ފާހަގަތައް ހުރި ކަމަށާއި ވޯޓުލާ މަރުކަޒުގައި ތިބި ބައެއް އޮފިޝަލުންނަށް ވެސް އެކަންކަން ފާހަގަ ކުރެވުނު ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އިންތިޚާބީ ޝަކުވާތައް ބަލާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ ކަންކަން އިންތިޒާމް ކޮށްފައި އޮތީ ވެސް ރަނގަޅަށް ނޫން އެ މައްސަލާގައި ވެ އެވެ. ބާ ޖަމާލުއްދީންގައި އެ ބިއުރޯގެ މަސައްކަތް ހިނގަމުން ދަނިކޮށް ކުއްލި ގޮތަށް ދަރުބާރުގެއަށް އެތަން ބަދަލުކުރި ކަމަށާއި އެހެންވެ، ފޯނާއި ފެކްސް މެދުވެރިކޮށް ވެސް އެތަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ގިނަ ޝަކުވާތަކެއް އެތަނަށް ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
މީގެ އިތުރަށް ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތާއި އެ ބޫތު ކުޑަ ކަމަށް ބުނެ އެކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށް ޔޫވީ ލައިޓް ބޭނުން ކުރާނެ ކަމަށް ކޮމިޝަނުން ބުނުމަށް ފަހު އެކަން ބައެއް މަރުކަޒުތަކުގައި ނުކުރާ ކަމަށް ބުނެ އެކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، އިންތިޚާބުގައި ބޭނުންކުރީ ސައްހަ ކަރުދާސްތަކެއްތޯ ދައުލަތުގެ އިދާރާތަކުން ބަލަންޖެހޭ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ވޯޓު ގުނައި ނިމުމަށް ފަހު، ވޯޓު ކަރުދާސްތައް ބަންދުކުރާ ސެކިއުރިޓީ އުރަތައް ކޮމިޝަނަށް ލިބުނުއިރު ބަންދު ކޮށްފައި ނެތް ކަމަށާއި ކޮމިޝަންގެ ވެރިން ވެސް ބައެއް އުރަތައް ބަންދުކުރި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
ވޯޓުލާ މަރުކަޒުތަކަށް އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވައްދާފައިވާ ކަމަށާއި އަދި ވޯޓުލާ މަރުކަޒުގެ ކިއޫތައް ކައިރީގައި ހަދިޔާ ބެހުމާއި ކެމްޕެއިން ކުރުން ކުރިއަށް ދިޔަ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. އަދި ހުޅުމާލޭގައި ބެހެއްޓި ފޮށްޓަކަށް 25 ވޯޓު އިތުރަށް ލާފައިވާ ކަމަށާއި އަދި އެހެން ދެ ފޮށްޓެއްގައި ވޯޓުލީ މީހުންގެ އަދަދާއި ވޯޓު ކަރުދާހުގެ އަދަދު ދިމާނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލާގައި ބުނެފައިވަނީ އެކަންކަމުގެ ސަބަބުން މުޖްތަމައުގެ އާންމު މަސްލަހަތާއި ނިޒާމް އާންމު ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި އޭގެ ސަބަބުން ދުސްތޫރީ ހަމަނުޖެހުމަށް ދައުލަތް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
އެ މައްސަލާގައި އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށް، އެ އިންތިޚާބުގެ ޝަރްއިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރުކޮށް ދިނުމަށެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރުމަށް ފަހު، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަޕޯޓަރުންގެ ޝަކުވާތަކާ ހެދި ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ. އެ މައްސަލާގެ ތެރެއަށް ވަނުމަށް އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޮޒްމޯން
14 October 2018
އެންމެ ވޯޓެއްގަ މައްސަލަ އުޅުނަސް ބާތިލް ވާންޖެހެނެ.
ހައިްްަަސސ
14 October 2018
ކުރާނެ ކަމެއް ނޭގިގެން އުޅޭ ބައެއް މީ، އިދިކޮޅަށް ވޯޓްލި އެންމެން ޕީޕީއެމް އޮފީސް ދޮށަށް ނިކުމެ އެމީހުން ލައްވާ ގުނުވަންވީ..ހެހެހެ
ހޮނޑާފުށީބޮުޑުހުސޭނު
14 October 2018
ތިޔަހުރިހާކަމެއް ނިމި ގައުމުގެ ކަންކަން ހަމަ މަގަށް އިންޝާﷲ ސުޕްރީމްކޯޓުގެ ހުކުމުން އެޅިގެންދާނެކަމަށް ބެލެވޭ ، ސްޕްރީމްކޯޓުންވެސް ގައުުމު އަދަވަޅަކަށް ވައްޓާނުލާނެ އެންމެ މީހަކަށް ޓަކާ ، އެމީހަކަށް ވެރިކަން ލިބިއްޖެނަމަ އަލުން ބަލުން އެތައް ބަޔަކު ކުށެއްނެތި ފުރޭމް ކުރެވިގެން ޖަލަށް ލާން ޖެހޭ ، މިހުރިހާކަމަކަށް ވުރެން ފަސޭހައެއްނޫންބާ އެއްކަލަ ކޮރަޕްޓް ވެރިމީހާއާއި އޭނަގެ އައުވާނުންނަށް ހައްގު އަދަބު ދިނުން
ފިކުރު
14 October 2018
ވޯޓް ބާޠިލް ކުރޭ އަލުންލާފަ އަލުން ބާޠިލްކުރޭ ނިމުމެއްނުވގޮތަށް ސިޔާސީ ޕާޓީތައް ހުވާލއްވީ
ކުޑައަލީ
14 October 2018
ތިޔަހުރިހާ ކަންކަން އެގޭއިރު އެއްހަފުތާފަހުން މައްސަލަ އުފެދިގެން އައުމަކީ ތި މައްސަލާގައި އަމިއްލައަށް ހެކި އުފެއްދިކަމުގެ ހެއްކެއް. ވޯޓްލުމުގެ ތެރޭގައި ތިފަދަ މައްސަލައެއް ފެމްނަތިނުވެ ދާއިމީ ނަތީޖާ އިއުލާން ކުރިފަހުން ނަތީޖާ ގަބުލުކޮށް ދެން އެނަތީޖާ އަބުރަން މަސައްކަތްކުރުމަކީ ރާވައިގެން އުޅޭ ބުހުތާނު ވާހަކަތަކެއް.
ނަން
14 October 2018
ހަމަ ތެދެއް ތިޔައީ
ވަގޭވަގޭ
14 October 2018
ވޯޓު ކަރުދާސް ސައްހަތޯ ބެލުމަށް ޔޫވީ ލައިޓް ބޭނުން ނުކުރިނަމަ ލި ހުރިހާ ވޯޓެއް ޖެހޭނީ ބާތިލް ވާން ބޮޑު އަގުދީގެން ވޯޓް ކަރުދާސް ޗާޕް ކުރުމުގެ ބޭނުމަކީ އެއީ ވޯޓް ކަރުދާހުން ވައްކަން ކޮށްގެން ފޭކް ކަރުދާހުގައި ވޯޓް ނުލާނެ ގޮތް ހެދުމެވެ. އެކަން އެގޮތަށް ނުކޮށް ވޯޓް ކަރުދާސް ތައް ގުނައިފިނަމަ އޭގެ ގިނަ ވޯޓް ކަރުދާސް ތަކަކީ އެއީ ފޭކް ވޯޓް ކަރުދާސް ތަކެއް ކަމަށް ޝައްކުކުރެވޭ މީ އިންތިޚާބު ބާތިލް ކުރަން ޖެހޭނެ މައިގަނޑު ސަބަބަބު ވަގު ވޯޓް ކަރުދާސް ދޯ..
ވ.ވެދުން
14 October 2018
ވޯޓް ގުނީ އެންމެންގެ ކުރިމަތީގަ ދެން މެޝިންތަކެއް އެތަނަކަށް ނުވައްދާ. ވޯޓްފިށީކައިރީގަ ތިއްބެޥީ ޕިންކްލޭހުރި ދަރިން. ތިމަސައްކަތް ކުރި އެންމެން ޝަޜީޢަތަށް ހާޟިރު ކުރުމަށް ގޮވާލަން.
ނުކިއްސަރު
14 October 2018
ވޯޓްކަރުދާސް ޗާޕްކުރީ އެމް7 އިންކަން އަދި އަދަދުތައްވެސް ހާމަކުރިއިރު އެވަގުތު ޕީޕީޑީން މައްސަލަ ނުޖެއްސީ ކީއްވެތޯ؟ އަނޣޮޓި ބޭނުންކުރިކަން ޕީޕީޑީ އަށް އެނގުނީ ކިހިނަކުންތޯ؟ ސަބަބަކީ ހުރިހާ ވޯޓްފޮށިތައްކައިރީގައި ތިބީ ޕީޕީޑީއަށް ނިސްބަތްވާކުދިންކަން އޮތީ މާކުރިންވެސް އެނގިފައި! އަދި އަނގޮޓި ހެކިވެރިން ސިއްރުކުރަނީ ކީއްވެތޯ؟ ވޯޓްލާ މަރުކަޒުގެ އިންތިޒާމްއާދޭތެރޭ އޭރު މައްސަލަ ނުޖެއްސީކީއްވެތޯ؟ މިއީ އަރަތެއްތޯ؟
ޫުުކުރިމަގު
13 October 2018
ޣާފިލު ކަންބޮޑު ވެއްޖެނަމަ ދުލުން ބޭރު ކުރެވޭނީވެސް ހުތުރު ބަސް ކުރާނީވެސް ހުތުރު ކަންތައް
ޓިމްބަރ
13 October 2018
ރިޔާސީ އިންތިޚާބުގެ ގަވާއިދަކީ 2018 ގައި ގެޒެޓްގައި ޝާއިއު ކުރި ގަވާއިދެކެވެ. އެގަވާއިދުގެ 32 ވަނަ މާއްދާގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވޭ ވޯޓްލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި ބަޔާން ކުރެވިފައިވޭ އެކަމަކު ވޯޓް ލާމަރުކަޒަށް ސިޓީ އުރަ ތަކާއި އަދި އަތް ދަބަސް އާއި ބެކްޕެކް ފަދަ ތަކެތި ވެއްދިއެވެ. އެންމެ ދެކުނު ވިންގްގައި ބެކް ޕެކް ވެއްދި ކޮންމެމީހަކު ވޯޓްލާ މަރުކަޒަށް. އެނެރުނީ އެމެން އެރޭ ދަންވަރު. ގަވާއިދާއި ޚިލާފުވީ ބާތިލް. ޓިމްބަރ...