ޚަބަރު / ސުޕްރީމް ކޯޓް

ރިޔާސީ އިންތިޚާބު ބާތިލެއް ނުކުރި

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތަށް ވަނުމަށް ކިޔޫގައި ތިބި ބައެއް.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 2018 - 08:40

164 comments
21 އޮކްޓޯބަރ 15:45

ގާސިމްގެ ޓުވީޓު

21 އޮކްޓޯބަރ 15:44

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތު ކޮށްދެއްވީ އަދުލު އިންސާފު ދިރި ދެމި އޮތްކަން ކަމަށް. އަދި އަނިޔާވެރިކަން އެއީ ހައްގު ނޫން ކަން.

21 އޮކްޓޯބަރ 15:28
21 އޮކްޓޯބަރ 15:27

ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓީތީ އެކަމާ އުފާކުރައްވާ ކަމަށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކުރައްވަންވީ ކަމަކީ ބަލި ގަބޫލުފުޅުކުރެއްވުމާއި އޮމާންކަމާ އެކު ވެރިކަން ބަދަލުކުރެއްވުން ކަމަށް.

21 އޮކްޓޯބަރ 15:23
21 އޮކްޓޯބަރ 15:22

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީނާ މެދު ފަހުރުވެރިވާ" ކަމަށާއި ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވިޔަސް އޭނާ ހުންނަވާނީ ރައީސް ޔާމީނާ އެކު ކަމަށް.

21 އޮކްޓޯބަރ 15:11

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ ގާނޫނީ ޓީމުގެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށް. އަދި ކޮމިޝަންގެ މުވައްޒަފުންނާއި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ތިބި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި.

21 އޮކްޓޯބަރ 15:10
21 އޮކްޓޯބަރ 15:07

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައި ވަނީ އިންތިހާބުގައި ޖިނާއީ އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ ޖިނާއީ މައްސަލަތައް ބަލާ އާންމު އުސޫލުގެ ތެރެއިިން ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅައިފި ނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން ބެލޭނެ ކަމަށް. މި ގޮތަށް ހުކުމުގައި ފާހަގަކޮށްފައި އެވަނީ، އެމް7 އަށް ވޯޓު ކަރުދާސް ޗާޕްކުރަން ދިނުން ފަދަ ކަންކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރި ތަހުމަތުތަކަށް ރިއާޔަތްކޮށް.

21 އޮކްޓޯބަރ 15:05

އިންތިޚާބު ބާތިލް ނުކުރުމާ ގުޅިގެން، އިދިކޮޅު ސަޕޯޓަރުން އުފާކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 15:01

އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 15:01

ހުކުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން، ހަސަން ލަތީފު ވިދާޅުވީ ތަހުގީގަށް ފިއްލަވަން ރައީސް ޔާމީން ބޭރަށް ފޮނުވާލަން އެހީތެރިވާ ކޮންމެ މީހަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް.

21 އޮކްޓޯބަރ 15:00

އީސީގެ މެމްބަރު އިސްމާއިލް ހަބީބު: އިންތިހާބު ބާތިލްކުރަން ޖެހޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް، ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ.

21 އޮކްޓޯބަރ 14:59

ސުޕްރީމް ކޯޓުގެ ހުކުމާ އެކު އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ތަހުގީގު ފަށަން ގޮވާލާފައި. އެގޮތުން ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ހިޔާނާތުގެ އެތައް މައްސަލައެއްގެ ތުހުމަތުކުރެވޭ އިރު އެކަންކަން ތަހީގުކުރަން ޖެހޭ ކަމަށް. އެހެންކަމުން އެމަނިކުފާނަށް ރާއްޖެ އިން ބޭރަށް ވަޑައިނުގަންނެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި.

21 އޮކްޓޯބަރ 14:59

އިންތިޚާބު ބާތިލް ނުކުރުމާ ގުޅިގެން، މެމްބަރު ރޮޒެއިނާ އާދަމް އިދިކޮޅު ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 14:49

އިދިކޮޅު ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އެ ކޯލިޝަންގެ ސަޕޯޓަރުން ސުޕްރީމް ކޯޓުގައި މިހާރު އަންނަނީ އުފާ ފާޅުކުރަމުން. ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީގައި އެބަތިބި.

21 އޮކްޓޯބަރ 14:44

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވި މި ހުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށް. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގަން އަމުރު ކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ހުކުމުގައިވޭ.

21 އޮކްޓޯބަރ 14:38

ރިޔާސީ އިންތިޚާބު ބާތިލެއް ނުކުރި. އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ވާދަކުރައްވާ 38،000 ވޯޓުގެ ތަފާތަކުން ބަލިވެފައިވާ ރައީސް ޔާމީންއާ ދެކޮޅަށް މިއަދު އައި ހުކުމަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. އޭގެ ސަބަބަކީ މިއަށް ވުރެ މައްސަލަ މަދު، އަމާންކަމާ އެކު ނިމުނު ރިޔާސީ އިންތިހާބެއް، 2008 ގެ ފަހުން ނެތުމެވެ. ރައްޔިތުންގެ ނިންމުމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނަށް މިފަހަރު ސުޕްރީމް ކޯޓުން ވެސް ލިބިވަޑައިމިގަތީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. ރާއްޖޭގެ ކޯޓުތައް އެމަނިކުފާނުގެ އަތްޕުޅުގެ ދަށުގައި އޮންނަތާ ފަސް އަހަރު ވަނީ އެވެ. އެމަނިކުފާނާ ދެކޮޅަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި ހުކުމާ އެކު، ސިފައިން ވަނީ ސުޕްރީމް ކޯޓުގެ ފުރާޅު މަތިން އެތަނަށް ވަދެ، އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި، ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ތަފާތަކުން، ރައީސް ޔާމީން ބަލިވެވަޑައިގަތުމާ އެކު، ދައަލަތުގެ އެހެން މުއައްސަސާތަކުން އަަންނަނީ ސަރުކާރާ ދެކޮޅަށް ގިނަ ކަންކަން ނިންމަމުންނެވެ. އޭގެ ތެރޭގައި އޭސީސީ އާއި ކްރިމިނަލް ކޯޓާއި ހައި ކޯޓު ހިމެނެ އެވެ. އިންތިހާބު ބާތިލްކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވި އިރު، ސެޕްޓެމްބަރު 24 ގައި އެމަނިކުފާނު، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ބަލި ގަބޫލުފުޅުކުރައްވައި، ވެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. ރައީސް އޮފީހުގައި އެ ދުވަހު ދެއްކެވި ވާހަކަފުޅުތަކަށް ފަހު، އެމަނިކުފާނު ދެން އާންމުންގެ ތެރެއިން ފެނުނީ، އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ހުންނަވައި، ވޯޓުގެ ސައްހަކަމާ މެދު އަމިއްލަފުޅަށް ސުވާލު އުފެއްދެވި ހިސާބުންނެވެ. އޭގެ ފަހުން ވަރަށް މަދު ބަޔަކާ އެކު ޕީޕީއެމުން ގެންދަނީ "އޮޅުވާލި ވޯޓު"ގެ ނަމުގައި އަޑުއުފުލަމުންނެވެ. އިންތިހާބުގައި ވޯޓު އޮޅުވާލިކަމުގެ އެއްވެސް ހެއްކެއް ސުޕްރީމް ކޯޓަށް، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައެއް ނުވެ އެވެ. މުޅި މައްސަލަ ބިނާކޮށްފައި އޮތީ، ވޯޓު ކަރުދާސް ޗާޕްކުރަން އެމް7 އަށް ދިނުމާއި ފާހަގަ ޖެހޭ އަނގޮޓިއަކާއި ފާހަގަ ފޮހެވޭ ގަލަމެއްގެ މައްޗަށެވެ. ޝަރީއަތުގައި އާންމުންނަށް އިވުނު އެންމެ މަޖާ ވާހަކަ އަކީ އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ގާނޫނީ ވަކީލު ހިސާން ހުސެން، ޝަރީއަތް ސިފަކުރެއްވި ސިފަކުރެއްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަނާޅުއްވަނީ ހަމައެކަނި "އުދުހޭ މުސައްލައެކެ"ވެ.

21 އޮކްޓޯބަރ 14:31

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމުގެ އިންތިޒާރުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންތަކެއް ސުޕްރީމް ކޯޓު ކައިރީގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

21 އޮކްޓޯބަރ 14:31

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމްގެ އިންތިޒާރުގައި ސުޕްރީމް ކޯޓު ކައިރިއަށް އެއްވި އެމްޑީޕީގެ އެކްޓިވިސްޓު ނައީމާއްތަ ފުލުހުންގެ ބަޔަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

21 އޮކްޓޯބަރ 14:05

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމުގެ އިންތިޒާރުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންތަކެއް ސުޕްރީމް ކޯޓު ކަިއރީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 14:03

ސުޕްރީމް ކޯޓުގެ ބޭރުގައި ސިފައިން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 14:01

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމުގެ އިންތިޒާރުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކަިއރީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 13:39

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަލީމް (ރޭނިސް) އޭނާގެ އެހީތެރިންނާ އެކު ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 13:37

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތުގެ އަޑުއެހުމަށް، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 13:36
21 އޮކްޓޯބަރ 12:59

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތުގެ އަޑުއެހުމަށް، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:58

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:55

މިއަދުގެ ޝަރީއަތް ފެށުމަށްޓަކައި މިހާރު ވަނީ ތައްޔާރުވެފައި. އަޑުއަހަން ނަން ނޯޓުކުރި މީހުންގެ އިތުރުން މި މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވެސް މިހާރު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފައި. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން.

21 އޮކްޓޯބަރ 12:54

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަމްޖަދު މިއަދު ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމަށްޓަކައި ކާރުން ފައިބާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:53

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބައެއް ބޭފުޅުން ސުޕްރީމް ކޯޓަށް މިއަދު ވަދެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:52

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބައެއް ބޭފުޅުން ސުޕްރީމް ކޯޓަށް މިއަދު ވަދެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:50

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ވެސް މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފައި. މި މައްސަލާގައި ބޭއްވި ތިން އަޑުއެހުމަށް ވެސް އެ ކޮމިޝަންގެ މެމްބަރުން މީގެ ކުރިން ވަޑައެއް ނުގަންނަވާ.

21 އޮކްޓޯބަރ 12:47

އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 12:28

ހުކުމުގެ އިންތިޒާރުގައި ސުޕްރީމް ކޯޓު ކައިރީގައި މަޑުކޮށްލައިގެން ތިބި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 11:45

ހުކުމް އިއްވާ ޝަރީއަތް އަޑުއަހަން މީހުން ވައްދާނީ މެންދުރު 12:30 ގައި ކަމަށް ނަން ނޯޓުކުރި މީހުންނަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އަންގާފައި. ޝަރީއަތް ތާވަލް ކޮށްފައި ވަނީ މެންދުރު 1:00 ގައި.

21 އޮކްޓޯބަރ 10:59

ޝަރީއަތަށް ވަންނަން ބޭނުންވާ މީހުންގެ ނަން ނޯޓު ކުރުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް އެބަދޭ. ހެނދުނު 11:30 އާ ހަމައަށް ނަން ނޯޓު ކުރުން ހުޅުވާލާފައިވާއިރު، ޝަރީއަތަށް މީހުން ވައްދަން ފަށާނެ ކަމަށް ބެލެވެނީ 12:00 ގައި. ޝަރީއަތް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އާންމުކޮށް މީހުން ވައްދަން ފަށާ.

21 އޮކްޓޯބަރ 10:56

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރއީސް ޔާމީން ސުޕްރީން ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތަށް ވަނުމަށް ކިޔޫގައި ތިބި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 10:55

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރއީސް ޔާމީން ސުޕްރީން ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތަށް ވަނުމަށް ކިޔޫގައި ތިބި މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

21 އޮކްޓޯބަރ 10:44

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމަށް ހުރިހާ އެންމެންގެ ސަމާލުކަން ހުއްޓިފައިވާއިރު، ހުކުމް އިއްވުން މިއަދު މެންދުރު 1:00 އަށް ސުޕްރީމް ކޯޓުގައި ތާވަލް ކުރިކަން ހާމަކުރުމާ އެކު، ޝަރީއަތަށް ވަނުމަށް ގިނަ ބަޔަކު ވަނީ ހެނދުނު 8:30 ން ފެށިގެން ކިޔޫ ހަދާފައި. މި މައްސަލާގައި މިހާތަނަށް ތިން އަޑުއެހުން ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފައި. އެ އިން ކޮންމެ އަޑުއެހުމަކަށް ވެސް ޝަރީއަތް ބާއްވާ ޗެމްބަރުގެ ޖާގަ އޮންނަ މިންވަރަކަށް މީހުން ވަދެ ފުރައިލާ. އެވްރެޖްކޮށް ޝަރީއަތް އަޑުއަހަން ވަދެފައި ވަނީ 40 ނުވަތަ 43 މީހުން.

21 އޮކްޓޯބަރ 10:39
21 އޮކްޓޯބަރ 10:39

މިއަދުގެ ޝަރީއަތަށް ވަނުމަށްޓަކައި ނަން ނޯޓުކުރުން އޮންނާނީ ހެނދުނު 10:30 އިން 12:30 އަށް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައި.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު 1:00 އަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެ އިންތިޚާބުގައި ބޮޑުތަނުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލައިގައި ސިއްރު ހެކިބަސް ނެގުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ދުވަހު ހުށަހެޅުއްވި ނަމަވެސް އަޑުއެހުންތައް ނިންމައިލީ ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަ އެވެ.

އެންމެ ފަހު އަޑުއެހުމުގައި. އެކަމާ މެދު ގޮތެއް ނިންމަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް އިއްތިފާގު ވެފައިވާ ކަމަށެވެ.

164 ކޮމެންޓް, 297 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 2%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދދދދދދ

22 October 2018

ކޯޓުތައް އޮތީ ކޮން ސޭޓެއްގެ ނުފޫޒުގެ ދަށުގަކަމާއި ހުކުމް ނެރެމުން ދަނީ "އަހަރުމެން" ކަން ނޭނގެނީ ކާކަށްތޯތޯތޯ؟

The name is already taken The name is available. Register?

ގެދާނޯމޮސް

21 October 2018

ރައީސް ޔާމިން ގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހި ކޮށް ކަމެއް ކުރަމުން ގެންދެވިނަމަ ވޯޓްވެސް ކާމިޔާބުކުރީސްކަން ކަށަވަރެވެ. މީ ޔާމިންގެ ސަރުކާރުގެ އިޚްލާސްތެރި ސިވިލްސާރވަންޓުން ގެ ނިންމުމެވެ،

The name is already taken The name is available. Register?

މިނިވަން

21 October 2018

ދެން އެންމެ އަވަހަށް އިސްލާހު ގެންނަންޖެހޭ ކަންތަށް ތިރީގައި އެވަނީ.1. ސަރުކަާރުން އިއުލާންކުރި ފުލެޓް ލިސްޓްގެ ހުރިހާ ކެޓަގަރީތަށް އުވާލާ އެންމެ ހާލުގައި އުޅޭމީހުންނަށް އެތަން ހަވާލު ކުރުން. އެއްވެސް ފޯމެއް ބާތިލު ނުކޮށް އޭގަ ހުރި މައުލޫމާތު ބޭނުން ކޮށްގެން. ދާއިމީ ލިސްޓް އިއުލާން ކުރުމުގެ ކުރީން. 2. ގޯތިތަށް ދޭނެ އުސޫލެ ގާއިމު ކުރުން. ވީ އެއްމެ ކުޑަ އަގުގަ.3. ކުންފުނިތަކުން ދޭފުލެޓްތަށްވެސް ސަރުކާރުންދޭ އަގުތަކަށް ފެއްތުން.4. ބީއެމްއެލް އިން ދޫކުރާ ހައުސިން ލޯންތަށް އެމް އެމް އޭ ގެ ލޯން ރެގިއުލޭޝަނާއި އެއްގޮތަށް އެތަން ހަމައަކަށް އެޅުވުން. އަދި ބެންކުގައި މިހާރުވެސް ހެދިފަ ސައިޓްގައި ގޮތަށް އަމަލު ކުރާތަނަކަށް ހެދުން. ( އެމްއެމްއޭގައި ވަނީ %.6 ގައި އެކަމަކު ދެނީީ 10 އަށް ވުރެ މަތީން

The name is already taken The name is available. Register?

ޝުކުރިއްޔާ ރައީސް

21 October 2018

ޔާމީން ސަރުކާރުގައި ކޯޓުތައް މިނިވަންވެފައިވާ ކަމުގެ ހެއްކެއް މިއީ.

The name is already taken The name is available. Register?

ދޮން އާމިރު

21 October 2018

ހުރިހާ ކަމެއް އަތުން ބީވީ............

The name is already taken The name is available. Register?

ވޮލަންޓިއަރު

21 October 2018

ކޮބާތަ ގަދަ ބަސް ބުނި އަދުރޭ އާއި ނިހާނު މިހާރު ހުންނާނީ ސައިޒު ރަގަޅަށް ފެނިފަ

The name is already taken The name is available. Register?

ބޮޑު ސުވާލު

21 October 2018

އަދުރޭ ކުރެން އަހާލަން ބޭނުން ވަނީ ރައީސް ޔާމީނާ އެކު އަދުރޭ ހުންނަވާނީ ކޮން ތަނަކު ތޯއެވެ؟ ހެހެ

The name is already taken The name is available. Register?

މަރޭމިތުރާ

21 October 2018

ކޮންހިތެއްތޯއޭ އުފާނުކުރަންވީ މޫސުމްބަހާރު ތަނަށް އައުމުން.... ކާކުކޮންހިތެއްތޯ ދެކޮޅުހަދަނީ ގައުމީ ނިޝާން ވިހުރޭގޮތުން.

The name is already taken The name is available. Register?

އަމީލް

21 October 2018

ފަހުން ކިޔާ މާލޫދު މާ މޮޅުވާނެ.

The name is already taken The name is available. Register?

އައްޑޫ ރަދުން

21 October 2018

އެންމެ ފުރަތަމަ ސްޕްރީމް ކޯޓުގެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދާ..

The name is already taken The name is available. Register?

‫މީވީގޮތޭ

21 October 2018

‫މިހާރު ހުންނާނީ ތިޔަ ހުކުމް ގަބޫލުކޮށްގެންނެވެ. ދެން މިރޭ ހިނދުކޮޅު އަންނަ ގަޑީގައި ސިފައިންނަށް ފުރާޅަށް އަރަން އަންގަފާނެ ކަމަށް ފަޑިޔާރުން ސަމާލުވެ ތިއްބަވައްޗެވެ. ތިޔަ ހުކުމަކީ ދިވެހިންނަށް ލިބުނު ކާމިޔާބެކެވެ. އަދި އަނިޔާވެރިންނަށް ހުރި ފިލާވަޅެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454