ދެ މިނިސްޓްރީ އަކަށް ނައިބުން އައްޔަން ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެ މިނިސްޓްރީ އަކަށް ހަތަރު ނައިބަކު މިއަދު އައްޔަން ކުރައްވައިފި އެވެ.


މިއީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓްރީތަކަށް އައްޔަން ކުރެއްވި ފުރަތަމަ ނައިބުންނެވެ.

ދެ މިނިސްޓްރީ އަކަށް އައްޔަން ކުރެއްވި ނައިބުން:

- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ޒުހުރުﷲ ސިޔާދު (ގ. ބަހާރީގެ)

- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އާޒިމް (ގ. މަތިހުރާ)

- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ޚާލިސް ޝަރީފް (ޏ. ފުވައްމުލަކު ދިގުވާނޑު، ސަވާ)

- ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އަޒްމީލް (މ. ޔުނިކޯން)

މީގެ އިތުރުން، އެންވަޔަރުމަންޓް މިނިސްޓްރީއަށް ހެންވޭރު ސުނާރު ޚަދީޖާ ނަސީމް މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ވެސް ވަނީ އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް، މިއަދު ވަނީ ތިން މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން ވެސް އައްޔަން ކުރައްވައިފަ އެވެ. އެއާ އެކު، މިހާތަނަށް އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. އޭގެ އިތުރުން ރައީސް އޮފީހަށް ވެސް ސްޓޭޓް މިނިސްޓަރުން އަދި ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ނުވަ ބޭފުޅަކު މިހާތަނަށް ވަނީ އައްޔަން ކުރައްވައިފަ އެވެ.

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.