ކުރީގެ ރައީސް ނަޝީދާއި ހަސަނަށް އިބްރާގެ ގޮވާލުން: މިވަގުތު ޕާޓީ އޮފީހާ ދުރަށް ވަޑައިގަންނަވާ!

ޕްރައިމަރީ ނިމެންދެން އެމްޑީޕީގެ އޮފީހާ ދުރަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފަށް، އިބްރާހިމް އިސްމާއިލް (އިބްރާ) މިރޭ ގޮވާލައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ނަޝީދާއި ހަސަން ވެސް ވަނީ ޕްރައިމަރީއާ ކުރިމަތިލައްވައިފަ އެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ކުރެއްވި ޓްވީޓެއްގައި، ޕާޓީއާ ދުރަށް ވަޑައިގަތުމަށް ނަޝީދާއި ހަސަނަށް ގޮވާލެއްވީ "ލައްކަ ދުވަހު ޑިމޮކްރަސީއޭ ކީއްޖެ"އޭ ވިދާޅުވެފަ އެވެ.

"މިއަދު އަމަލީ ގޮތުން ނަމޫނާ ދެއްކެވުމަށްޓަކައި، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އާއި ޗެއާޕާސަން، ޕްރައިމަރީގައި ވާދަކުރައްވަންޏާ، އެކަން ނިމެންދެން ޕާޓީ އޮފީހުން ދުރަށް ވަޑައިގަތުމަށް ގޮވާލަން،" އިބްރާ ލިއުއްވި އެވެ.

މީގެ ކުރިން ވެސް މާލޭގެ މެމްބަރުކަން ކުރައްވާފައިވާ ނަޝީދު މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ މައްޗަންގޯޅީ މެދު ދާއިރާއަށެވެ.

މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު މަޖިލިސް އިންތިޚާބަކަށް ނިކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.